ރިޔާސީ ކެންޑިޑޭޓު ދޫކޮށްލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެމަނިކުފާނަށް ފުރުސަތު ފަހިވެގެންދާނެ ގޮތަށް ބާއްވަން ޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގުރެސް އަށް އުކުޅަހަށް ވަޑައިގެން ޝާހިދު ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތި ނުލެއްވުމަކީ ލިބޭ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދަށް ފުރުސަތު އޮތުން މުހިއްމު ކަމަށެވެ.

"ނަޝީދު ފަހަތަށް ޖެހިވަޑައިގެންނެވުމަކީ ހިތާމައެއް. ނަމަވެސް އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެންނެވުމުން ދެން އަންނަން ޖެހޭނީ އިތުރު ވާދަވެރިކަމެއް ނެތި އާދެވޭ ވަރުގެ ކެންޑިޑޭޓެއް" ޝާހިދު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ނަން އެންމެ ފުރަތަމަ ހުށަހަޅައި ފަހަތް ޖެހިވަޑައިގެންނެވީ އެހެން ވެގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާތީ ޕާޓީގެ އެއްބައިވަންތަކަށް ހިފެހެއްޓުމުގެ މަޤުޞަދުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ އަށް ތާއިދު ކުރުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އަށް ތާއިދު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި ނަމަވެސް ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އިބޫ އަދި ފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް އެންމެ ބޮޑަށް ޚަބަރު ފެތުރިފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނީ އިބޫ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަށް ފަހު އިއްޔެ ހެނދުނު އިދިކޮޅު މަޖިލިސް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަރުގޮނު

  ތިޔަ ޕާޓީއަށް އެޅޭ ހުރިހާވެސް ހުރަހެއް އެޅެނީ ނަޝީދާ ހެދި. ނަޝީދު ނޫން މީހަކު ނެތީތަ ޝާހިދު؟؟؟؟ ފުރަތަމަ ނަޝީދު މިނިވަން ވޭތޯ ޕާޓީން އުޅެބަލަ. އެއުޅުއްވަނީ ކަކުންޏަކަށް ވެގެން ހަރުގައި ފިލައިގެން.

 2. ހުސޭނުބޭ

  މިއީ ކޮންކަހަލަ ދޮޅުގަމާރެއް! ނަޝީދަށް ފުރުސަތެއް ނެތޭ ބުނީ ކާކު! ކޮން ގާނޫނެއް އެގޮތަށް އޮތީ! 13 އަހަރުގެ ޖަލު ހުކުމް ފުރިހަމަކޮށްފައި ޤާނޫނީ ޝަރުޠުތައް ފުރިހަމަކޮށްގެން ވާދަކުރަން އާދޭ!

 3. އާބިދާ

  ކުރިންވެސް ކަލޭ ފުރުޞަތު ދިނިންދޯ އޭނައަށް، ހެހެހެ ބޯގޯސް

 4. ޒުހުރީ

  ކަލޭތީ ވަރަށް ގަދަބަސް ބުނާމީހެއް، ހަރާމުން ހަރާން މީގެކުރިން ކަލެއަށް ވިކަމެއް