މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) ގެ ޒައީމަކަށް އެ ޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފިއެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ތެރޭގައި އުފެއްދި އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން އޮތީ ކަނޑައަޅާފައެވެ. ޕާޓީގެ ކޮންގްރެސް ޖަލްސާއަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ބާއްވަންޖެހޭ ޖަލްސާއެކެވެ.

ނަމަވެސް ޖަލްސާ ނުބޭއްވި ލަސްވީ ކޮވިޑް-19ގެ ސަބަބުން ކަމަށް އެމްއާރުއެމްއިން ބުނެއެވެ. އަދި ޖަލްސާ ބޭއްވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދީފައިވާކަން ޕާޓީއިން ފާހަގަކުރެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމްއާރްއެމްގެ ޒައީމްގެ މަގާމަށް ކުރިމަތިލެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ކޮންގްރެސްއަށްފަހު އެ ޕާޓީއިންވެސް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެއެވެ.

އެނގިފައިވާ ގޮތުން އެމްއާރުއެމްގެ އަމާޒަކީ 2023 ގެ ރިޔާސީ ރޭހަށް ނުކުތެމެވެ. މިކަން އެ ޕާޓީއިން މިހާތަނަށް ދޮގުކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަހުމަދު

  ބޯހަލާކު

  24
 2. ޢަބްދުﷲ

  އެމްއާރްއެމްގެ ޒައީމްގެ މަގާމަށް މައުމޫން ކުރިމަތިލައްވައިފި

  2 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 15, 2021 )

  ވަރަށް ފަނީ ތިމަންނާ އީ ތިމަންނާއެއް ނޫނޭ ބުނުން ކަހަލަ ކަމެއް ތިޔައީ .

  ދެން ޤާސިމުވެސް ބުނާނެ ޖުމުހޫރީ ޕާޓީގެ ލީޑަރ ކަމަށް ތިމަން ކުރި މަތި ލައި ފީމެވެ.

 3. 2023މާޝާﷲ

  އަންތަރީސް ވެއްޖެ. ޒައީމަކަށް މަނިކުފާނު ރައީސަކަށް މަނިކުފާނު ދޮށީ ފިރިހެން ދަރިފުޅު ޕާޓީގެ އިއްތިފާގުން ވަނީ ހޮވިފައެވެ. ދެންއިތުރު ފޯމެއް ހުށަހަޅުއްވާކަށް ނުޖެހެވެ. ދިވެހިންނެއް ތިޔަކަމަކާ ހިތްބުރަކަމެއްނެތެވެ. އެހެންކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި 2023 ގެ ރައީސުލްޖުމްހޫރިއްޔާއަކަށް ވުމުގެ ހައްސިއްޔަތުން މަގާމާއި ޙަވާލުވެލައްވާށެވެ. ދިވެހިން މިތިބީ ތިޔަ ޒައީމުގެ ފަހަތްޕުޅުގައެވެ، 2013 ން 2018 ވެރިކަން ކުރެއްވި ބޭފުޅާ ކަންކަންކުރައްވާ ހަލުވިމިނުން އަޅުގަނޑުމެން ބޯއަބުރާގަނެއެވެ. އަޅުގަނޑުމެން ބޭނުންވަނީ 1978 ން 2008 އަށް އަދި 2018 ން 2023 އަށް ވެރިކަން ކުރެއްވި ފިނަހަކަ ސްޕީޑެވެ.

  10
  2
 4. ހަސަނާ

  ތިޔައުޅެނީ ކޮންޑުރާއެއް ކުޅެންތަ ބަފައި ކުރިމަތިލައި ދަރިސް ކުރިމަތި ލައިފައި! ކަލޭގެގޮތް ރައްޔިތުންނަށްއިގޭ!

  24
 5. ދަރަނި ދަންތުރަ

  މިހާރުވެސް މާދަމާވެސް ޒައީމު ، އެކަމަކު މިހާރު ތިޔައީ މިގައުމު ހަލާކުގެ ތެރެޔަށް ވައްޓާލި ޒައީމް ރީނދޫ ގުރޫޕާ ގުޅިގެން ، މިއަދު މައުމޫނަސް އިސްލާމްދީން ވެސް މުހިއްމެއްނޫން

  35
  1
 6. ހުސޭނުބޭ

  އެއީ މައުމޫނު ނޫން އެހެން މީހުންނަށް ޙަރާމްވެގެންވާ މަގާމެއްދޯ!

  12
 7. މަސްއޫދު

  ޔޭ ކޯންސާ ޑުރާމާހޭ!

  12
 8. ހޮވޭމީހާ

  ބަލަ ކުރިމަތިލާކައް ނުޖެހޭނެނޫންތޯ އޮޓޮމެޓިކުން ހޮވިފަނޫންތޯ ހުންނާނީ ދެންހަމަ ޙަބަރަކައް ހަދައިގެން ފަލަސުރުޙީޔައް ލާވަރުކަމެއްތޯ

  10
 9. ޑަމް

  ހަހަހަހަ ހަހަހަހަ

 10. އަލީ

  އަހަރެމެންނަށް ހެޔޮ ކަލޭތިޔަ ޕާޓީގެރައީސަކަސް ޒަޢީމަކަސް ރަސްގެފާނަކަސް ކޮއްމެނަމެއް ކިއަސް ބެއްޔާތިއުޅެނީ ދުނިޔެންމޮޔަވެގެން!! ތިތާކޮޅަށްވެސްނުހުރެވިގެންތިޔާއުޅެނީ!!

  • ޒާރާ

   ޢެބުނާހެން މިހާރު ޒުވާނުންނަށް ފުރުޞަތު ދީފަ އެއްފަރާތަށް ޖެހި ހުންނަންވީ. ހަމައެކަނި ލަފާދޭ މީހެއްގެ ގޮތުގައި

 11. ޙހހހ

  ކިހާބޮޑުކަމެއް ، މައުމޫން ފޯމްލީމަ އެއާއެކުވެސް ފޮޓޯ ނަންގަވަންޖެހޭތަ ،

 12. ލލ

  ޤަބީލާގެ ބޮޑަކަށް ހުންނާނީ ހަމަ އެޤަބީލާގެ ބޮޑު މީހާ ނުންތޯ ؟

 13. މުރާލި ޒިމް

  އެމް.އާރ.އެމް ގެ ޒައީމަކަށް މައުމޫނު
  އެމް.އާރ.އެމް ގެ ނައިބު ޒައީމަކަށް ނަސްރީނާ
  އެމް.އާރ.އެމް ގެ ރައީސަކަށް ފާރިސް
  އެމް.އާރ.އެމް ގެ ނައިބު ރައީސަކަށް ޔުމްނާ އަށް

 14. ބަދަވި

  އެމް އާރް އެމްގެ ޒުވާނުންގެ ރައީސް ކަމަށް ކުރިމަތިލާން މަށައްފެންނަނީ

 15. ސައިމާ

  ދިވެހިރާއްޖޭގައި ސިޔާސީގޮތުން އަދިވެސް އެންމެ ކުރީގައި އުޅުއްވަނީ ރައީސް މައުމޫނެވެ. ބައެއްމީހުންނަށް މިކަން ގަބޫލު ނުކުރެވުނަސް މީގެ ޙަޤީޤަތް ވަރަށް ސާފެވެ. ފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. އޭގެފަހުން ޕީޕީއެމްއެވެ. އޭގެފަހުން އެމްއާރުއެމް އެވެ.

  1
  5
 16. ެގަލޮޅު

  މިހާރު އުޅުއްވަނީ މީހަކު ލައްވާ ފޮތެއް ލިޔުއްވަން މަސްހޫރު ވާން އަބަދުވެސް އުޅެނީ ކުުރިން ރޮއިސްޓަން އެލިސްލައްވަާ އެނގިރެޭސި ބަހުން ފަހުން ރަންތިރީސް އަހަރު ކިޔާފައި ސީނާ ޒާހިރު ލައްވާ މިފަހަރު ރާއްޖޭގެ ލިޔުން ތެރިއެއް ލައްވާ ބުނުއްވާ ގޮތަށް އަކުރުން އަކުރަށް

 17. ލޮލީ

  ބޮޑުކާފު