ޖަޕާން ސަރުކާރުން ޕޮލިޓެލްނިކްއަށް ޑިޖިޓަލް ސާމާނު ހަދިޔާކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުން ހަދިޔާކުރި ޑިޖިޓަލް ސާމާނު އެ މިނިސްޓްރީއާ ހަވާލުކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) ގެ ފަރާތުން ކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްސްގެ އީ-ލާނިން ސްޓޭޝަންތަކަށް ލިބުނު މި ތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ ގއ. ގައްދޫގައި ހުންނަ ރީޖަނަލް ކެމްޕަސް އަށާއި ސ. ހިތަދޫގައި ހުންނަ ރީޖަނަލް ކެމްޕަސް އަށެވެ. އަދި މާލޭގައި ހުންނަ ކެމްޕަސް އަށް ވެސް މިތަކެތި ދޭނެ ކަމަށް ބުނެފައި ވެއެވެ.

ޕޮލިޓެކްނިކް ގައި 900 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ. ޖަޕާން ސަރުކާރުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތައް، ވެބްކެމްސް، މައިކްރޯފޮންސް، އަދި ސަޕޯޓިން ސޮފްޓްވެއާތައް ހިމެނެއެވެ. ކޮވިޑް-19 ގެ ސަބަބުން ކިޔެވުން އޮންލައިންކޮށް ކުރިޔަށްދާއިރު އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސަބަބުން ދަރިވަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ހާލަތުގައި އޮންލައިންކޮށް ކިޔެވުން ކުރިޔަށްގެންދާއިރު ޖަޕާނު ސަރުކާރުގެ އެހީގައި ލިބުނު މިތަކެތީގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފައި އޮންލައިންކޮށް ކިޔެވުމުގެ ކަންކަން ކުރިޔަށްވުރެ ރަނގަޅަށް ކުރިޔަށް ގެންދާނެ ކަމަށް ޕޮލިޓެކްނިކް އިން ބުނެއެވެ.

ޕޮލިޓެކްނިކުން ކުރިޔަށް ގެންދާ ކޯސްތަކުގެ ތެރޭގައި، ގެސްޓް ހައުސް މެނޭޖްމަންޓް، މެރިން އިންޖީނިއަރިން، ސްމޯލް ބިޒްނަސް މެނޭޖްމަންޓް، އިލެކްޓްރިޝަން، ބޯޓް ބިލްޑިން އަދި ވުޑް ކާވިން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބޫ

    ޕޮލިޓެކްނިކުން މެރިން އިންޖީނު ކަމަށްބަލަނީ އިންބޯޑް އެކަނި. ރާއްޖޭގައި މަސައްކަތެއް ކުރަން ލިބެން އޮތީ އައުޓްބޯޑް. އެތަނުގައި ކިޔަވައިދޭންތިބިމީހުނަށް އައުޓްބޯޑް ނޭގޭތީ އެ ނުކިޔަވަދޭ. މިއީ ވަރަށް ހިތާމަ ހުރިކަމެއް. ހަމަ އެކަނި ޔަންމާ ކިޔަވައިދިނަކަސް އެވަރަކަށް އެމްޓީސީސީގައި ވަޒީފާއެއް ނެތް