އަތަމާ ޕްލާޒާގެ ވެރިޔާ އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލް ލަތީފަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގުޅުއްވައި އަވަގުރާނަ ގޮވާ އަޑު އިވޭ އޯޑިއޯއެއް ލީކުވެއްޖެއެވެ.

އަތަމާ ޕްލާޒާގެ އަބްދުލް ލަތީފްގެ ދަރަނީގެ މައްސަލައެއް ސާބިތުވެ އެ ދަރަނި ދެއްކުމަށް ޓަކައި އެ ގެ ވިއްކާލަން ފުރުސަތު ދިނުމުގެ އަމުރަކަށް އެދުމުން ކޯޓުން އެ އަމުރު ވަނީ ނެރެދީފައެވެ.

އެހެންވިޔަސް އެ ގެކޮޅު ބައްލަވައިގަނެ ޖާބިރު އޭނާގެ އާއިލާއާއެކު އެ ތަނުގައި ދިރިއުޅުއްވާތާ 11 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އިސްމާއީލް އަބްދުލް ލަތީފްގެ ދަރަންޏެއް ނުދެއްކުމުން ޖާބިރު ބައްލަވައިގަތް ގެކޮޅުން ނުނެރެވޭނެ ކަމަށް ވިދާޅުވެ ޖާބިރު މި މައްސަލަ ފުލުހަށް ވެސް ހުށަހަޅުއްވާފައިވެއެވެ.

މިއަދު ޖާބިރު އޭނާއަށް ގުޅުއްވައި ދައްކަވާފައި ހުރި ވާހަކަތަކެއްގެ ކޯލް ރެކޯޑިން ވަނީ މީސް މީޑިއާއަށް ލީކުކޮށްލައިފައެވެ. އެ އޯޑިއޯގައި ޖާބިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އަވަގުރާނަ ގޮވާފައިވާ އަޑު އިވެއެވެ. އަދި އިސްމާއީލް އަބްދުލް ލަތީފްއަކީ ހީލަތްތެރި ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވައެވެ.

އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި އިސްމާއީލް އަބްދުލް ލަތީފް ވިދާޅުވަނީ އެއީ ކޯޓުން އެ އަމުރު ނެރެފައިވާ ގޮތް ކަމަށާއި އެ ކަމުގައި އޭނާ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ކުރިހާ ވެސް ކަމަކީ ކޯޓުގެ އަމުރަށް އަމަލު ކުރުން ކަމަށެވެ.

ނުރުހުމުގައި ޖާބިރު ވިދާޅުވަނީ އިސްމާއީލް އަބްދުލް ލަތީފްގެ ދަރަންޏެއް އޮތުމަކީ ޖާބިރު އޭނާގެ އަތުން ބައްލަވައިގެންފައިވާ ގެކޮޅުން ޖާބިރާއި ޖާބިރުގެ ދުވަސްވީ މަންމަ ނެރެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރުވާނެ ކަމުގެ އިންޒާރު ދޭ ކަމަށާއި އެ ގެއިން ނުކުންނަން ޖެހޭ މީހަކީ އިސްމާއީލް އަބްދުލް ލަތީފް ކަމަށް ޖާބިރު ވިދާޅުވެއެވެ.

މި އޯޑިއޯއާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން ޖާބިރު ވިދާޅުވީ އެއީ ސައްޚަ އޯޑިއޯއެއް ކަމަށާއި އެ ގޮތަށް އޯޑިއޯ ލީކުކުރިޔަސް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ފަހަށް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހިތްހަމަނުޖެހުމުން އެ ގޮތަށް ވެސް ވާހަކަ ދެކެވޭނެ ކަމަށެވެ.

"އެއީ ހަމަ އަޅުގަނޑުގެ އަޑު، އަޅުގަނޑުގެ މަންމަ ގޭގަ އޮއްވައި އަދި އަޅުގަނޑު މާލޭގައި ނެތިސް، އަޅުގަނޑުމެން 11 އަހަރުވަން ދެން އުޅުނު ގެއިން ނުކުންނަން އެހެން އައިސް ބުނީމަ ހިތުގަ ވެސް ޖެހޭނެ، އަޅުގަނޑާއެކު އޭނާ ވެފައި އޮތް އެގްރިމަންޓްތައް އެ އޮތީއޭ،" ޖާބިރު ވިދާޅުވިއެވެ.

ފުލުހަށް ޖާބިރު ހުށަހެޅި މައްސަލާގައި އެތައް ކަމެއް ފާހަގަކޮށްފައިވެއެވެ. އެއް ކަމަކަށް މީގެ ކުރިން ހިނގި ޝަރީއަތެއްގައި ބޭންކަށް ދައްކަން ޖެހޭ ފައިސާއާއެކު ޖުމުލަ 14 މިލިއަން ރުފިޔާގެ އަގު ޖާބިރު އިސްމާއީލް އަބްދުލް ލަތީފަށް ދެއްވި ކަން އޭނާ ބުނެފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.

ޖާބިރު ވިދާޅުވާ ގޮތުން ދެ މީހުންގެ ދެމެދުގައިވެފައިވާ އެއްބަސްވުމާ އެއް ގޮތަށް މިހާތަނަށް ވެސް ޖާބިރުގެ ނަން މައްޗަށް އެ ގެ ބަދަލު ނުކޮށް އިސްމާއީލް އަބްދުލް ލަތީފް ބޭއްވުމަކީ މަކަރާއި ހިލާތުގެ އަމަލެއް ކަން ސާފުވާ ކަމަށެވެ.

އިސްމާއީލް އަބްދުލް ލަތީފްގެ އެހެން ދަރަންޏެއް ނުދައްކާ އޮވެ އަދި އެ ގެކޮޅު ޖާބިރުގެ ނަމަށް ބަދަލު ނުކޮށް އޮތީ އެ ދަރަނީގެ ފައިސާ އެ ގެކޮޅު ވިއްކައިގެން ހޯދަން ވެގެން މާ ކުރިން ރާވައިގެން ކަމަށް ޖާބިރު ވިދާޅުވެއެވެ.

އެހެންކަމުން މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށާއި، ގާނޫނީމަގުން އަބްދުއްލަތީފަށް ފިޔަވަޅުއެޅުމަށް ޖާބިރު ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބުއްޅަބޭ

    ޖާބިރުގެ އަޑުތޯ ތިއީ ޔަގީންކުރުމުގެ ގޮތުން އަމިއްލަ މީހަކާ ހަވާލުކޮށްގެން ވޮއިސސ ސް އެނެލި ސިސް އެއް ހަދަންފެނޭ!

  2. ތިމަންނަ

    މިކަލޭގެ މިއީ " ދަޓްމޭން ދަޓްމޭން" ގޮތަށް އުޅޭ މީހެއްކަމަށް ފެނޭ ، އަނބި ގޮއްޔެއަށް ތިކަން ކުރީގައި އަންގާލި ނަ މަ ، ހަމަ ގައިމުވެސް ތިޔާ ހެނެއް ނުވީސް......

    19
    1
  3. Anonymous

    ފަނޑިޔާރުންވެސް މިގޮތަށް ބުނެލިނަމަ ދޯ

    25
    1
  4. ކޮރަލް

    އެއްފެންވަރެއްގެ މީހަކާ ޖެހުނީމަ ހިފަހައްޓާ ނުލެވުނީ އެވެ.

    13
  5. މަންޑެ

    އިއްޒައްތެރި މެންބަރުން ގެ ބަހުރުވަ ހުންނަގޮތްމީ ދެން ސަރުކާރުގެ އެކިއިދާރާތަކުގެ ބޭބޭ ފުޅުންގެ ހާލަތު ހުންނާނީ ކިހިނެތްބާއޭ ހިތައްއަރާ

    13
  6. ވައިކިންގ

    ޖާބިރު ބޯޅައީ. އެ ގެ ޖެހޭނެ މާކުރީގަވެސް ޖާބިރުގެ ނަމަށް ރަޖިސްޓްރީ ކުރަން.

    18
    1
  7. އުސްމާނުބެ

    ތީއޮޅުމަކައްވާނީ ، އިއްޒަތްތެރި ނެބްވަރުން އެހެން ނޫޅުއްވާނެ..... ތީހަމަ ބޮޑު އޮޅުވާލުމެއް، ހިހިިހިހިހިހިހިހި

  8. އަސީލް

    މީނާއަކީ މުޅިން ބުއްދި ސަލާމަތުން ހުރިމީހެއް ނޫންކަން ރައްޔިތުންނައް ކަށަވަރުވެފައިވާއިރު.. މަޖިލީހުގެ މެމްބަރަކައް ހުރުމައް ބޭނުންވާ ޝަރުތު މީނާގެ މިހާރަކު ފުރިހަމައެއްނޫން. ވީމާ މަގާމުން ދުރުކުރަންޖެހޭ.

    22
    4
  9. ބަރުގޮނު

    ބޮޑު ޚިޔާނާތެއް ގެ މަސްއަލައެއްގައި އުޅޭ މީހަކު އަތުން އެތައް މިލިޔަނެއްގެ ފައިސާ ދީފައި ގެއެއް ގަނެ ، ތިމާ ޤާނޫނީ ވަކީލާއަކާ ކާވެނިކޮށްގެން ހުރެމެ ، ގަތް ގެޔާބެހޭ ލިޔުންތައް ނުނިންމާ ހުރި މީހެއްގެ ކަޑުކޮސްކަން ވަރަށްބޮޑު. ވާނެ އެއްޗެއް ވީމާ އަވަގުރާނަ ގޮވާފައި ފޯނު ކުރިޔަކަސް ލިބޭނެ ޙައްލެއް ނެތް.

    14
    1
  10. އަސްލު އަސްލު

    ޖާބިރު މީހަކަށް އައުގުރާނަ ގޮވުމަކީ ޚަބަރެއް ނޫނެވެ. ޚަބަރަކަށްވާނީ އެހެން މީހަކު ޖާބިރު ދިމާލަށް އައުގުރާނަ ގޮވީމައެވެ. ކުއްތާއެއް ވައްވައް ޖެހިއަސް އެއީ ޚަބަރެއް ނޫނެވެ.

  11. އަތާމާ

    ޖާބިޅޫ.. ދުނިޔެމަތީ ހޭވެރިކަން ގެއްލިގެން ހުރި ތެޅިބޭލިބޭލި ދާއިމައް ކަރަޕްޝަނާއި ވައްކަމާއި ހީލަތްހެދުމުގައި ފާފަތައްމަތީ ހުރެވިދާނެކަމުގެ ހުވަފެން ދެކެނީތޯ. ރައްބެއް ނެތްކަމުގައި ދެކިގެން ތިމާ ކުރާ ހަރާމް ކަންކަމަކީ ތިމާއަށް ލިބޭ އިއްޒަތެއްކަމުގައި ދެކެ ފަލީހަތްވެގެން ހުރެވިދާނެކަމައް ހީކުރަނީތޯ.

  12. ނަސީ

    މީނާއައް މީނާ އޮޅިގެން ގެން މިއުޅެނީ ސަރުކާރުން އެބަޖެހޭ މިވަރުގެ މީހުން ސައިޒްކުރަން މީދެން ފުކެއް ބޮނޑުވަރު މެންބަރުކަމުން މީނާ އެބަޖެހޭ ބާލަން ބޯހަމަ ނުޖެހޭމީހުން އެތަޅުމަގައިނުތިބެވޭނެ

  13. Nirolhu

    Meena indhegen ulhey qaanooni vakylaa in fahun mynaa kuraa ehvves kameh qaanooni gothun sahha noon kamah bunaathi adu ivey. Eygen kudaminvareh thiyaa fennany. Adhi othy kuriyah hen heevany.