22:03
އަދަދު ދަށަށް: މިއަދު ފައްސިވީ 86 މީހުން.
BREAKING NEWS:Adhadhu Dhashah: Miadhu Fassivee 86 Meehun https://t.co/osNtZ9ZNiz
— Vaguthu Online (@VaguthuOnline) September 16, 2021
19:28
ފްރާންސުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ނުޖަހާނަމަ، ސަސްޕެންޑް ކުރާނެ ކަމަށް ބުނުމުން ގިނަ މުވައްޒަފުންތަކެއް ނުރުހުން ފާޅުކޮށްފި
France Ge Sih'hee Hidhumaiytherin Banduhai Hoonukamuge Halhuthaaleh Kuranyhttps://t.co/hFglVdxCHw
— Vaguthu Online (@VaguthuOnline) September 16, 2021
17:43
ގދ. ތިނަދޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ
BREAKING: Covid Gai Thinadhoo In Ithuru Meehaku Niyaa Vehjjehttps://t.co/M8H33OmbGo
— Vaguthu Online (@VaguthuOnline) September 16, 2021
17:39
ގދ. ގައްދޫގެ މުޖުތަމައު ތެރެއިން ދުވަސްކޮޅެއް ފަހުން ކޮވިޑްގެ ވޭދަނައެއް ފެނިއްޖެ
BREAKING | Anmu Haalathah Genaithaa 14 Dhuvas Fahun Gadhdhoo Ge Mujuthamau Therein Covid Fenijjehttps://t.co/Ekv602K3R2
— Vaguthu Online (@VaguthuOnline) September 16, 2021
15:27
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިނަށް ފަހު އަންހެނުންނަށް މައްސަރުކަން ދިމާވުމުގައި އުނދަގޫތަކާއި ކުރިމަތިލާންޖެހޭކަމުގެ ޝަކުވާތައް ކޮށްފި
Covid Vaccine Ah Fahu Massarukan Dhimaavumugai Undhagoothah Vumuge Shakuvaahttps://t.co/2wFY9MrSDy
— Vaguthu Online (@VaguthuOnline) September 16, 2021
11:19
ޗައިނާގެ ފޫޖިއަން ޕްރޮވިންސުގެ އައްސޭރީގައި އޮންނަ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޒިއާމެން އިން ކޮވިޑްގެ ދެ ވޭދަނަ ފެނި އެ ޕްރޮވިންސް ފުރަބަންދުކޮށްފި.
Covid 2 Case Feni China Ge Fathuruverikamuge Bodu Manzileh Bandhukohfi https://t.co/KBCINraNhi
— Vaguthu Online (@VaguthuOnline) September 16, 2021
އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން މާލެ އާއި އަދި އަތޮޅުތެރެއިން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހުގެ ފުރަތަމަ 15 ދުވަހު މާލެ އިން ކޮވިޑަށް ފައްސިވި މީހުންނަށްވުރެ ސެޕްޓެމްބަރ މަހުގެ ފުރަތަމަ 15 ދުވަހު މާލެ އިން ފައްސިވި މީހުންގެ އަދަދު ދެގުނަ މައްޗަށެވެ.
އޮގަސްޓް މަހުގެ ފުރަތަމަ 15 ދުވަސް ތެރޭގައި މާލެ އިން ފައްސިވީ 365 މީހުންނެވެ. ސެޕްޓެމްބަރ މަހުގެ ފުރަތަމަ 15 ދުވަސް ތެރޭގައި މާލެ އިން ވަނީ 669 މީހުން ފައްސިވެފައެވެ.
ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2050 އަށް އަރާފައެވެ. އޭގެތެރެއިން 1179 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 202 މީހުން ފައްސިވެފައެވެ.
މިހާރު ރާއްޖޭގައި 1832 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 21 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ފާއިތުވި ދިހަ ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ދުވަހެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 83162 އަށް އަރައެވެ. އޭގެތެރެއިން 81090 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން 227 މީހަކު ރާއްޖެ އިން ވަނީ ނިޔާވެފައެވެ.
ކޮވިޑުން ދިފާއުވުމަށް މިހާތަނަށް 389821 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެޑޯޒް 326154 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ.
BREAKING NEWS: 23 Dhuvas Fahun Adhadhu Dhashah: Miadhu Fassivee 92 Meehun https://t.co/XYUznPW5Ev
— Vaguthu Online (@VaguthuOnline) September 15, 2021
ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.