އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވެރިކަމެއްގައި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ބޭރު ޤައުމުތަކުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޕާޓީން ހުށަހަޅައިފިއެވެ. އެޕާޓީން، މި ގޮތް ހެދުމަށް ނިންމާފައިވަނީ މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އެޕާޓީގެ ކޮންގްރެސް އަށް ހުށަހެޅި މެނިފެސްޓޯ ގައެވެ.
މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭ ގޮތް ހަދަނީ ޝަރުއީ ދާއިރާގެ ހުކުމްތަކަކީ ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ހެދުމަށެވެ. އަދި، މިކަން ކުރަނީ ރާއްޖޭގައި ޓީޗަރުންނާއި ޑޮކްޓަރުން އަދި އެނޫންވެސް ބޭރުގެ ފަރާތްތައް މަސައްކަތް ކުރާކަމަށް، މެނިފެސްޓޯ ހުށަހެޅި، ޤާނޫނީ ވަކީލު ހިސާން ޙުސައިން ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް، އެމްޑީޕީގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާއަށް އިތުރު ބަދަލުތަކެއް ގެނައުމަށްވަނީ ހުށަހަޅާފައެވެ. އެގޮތުން، ހުށަހަޅާފައިވާ އެއް ބަދަލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު ކުޑަ ކުރުމެވެ. އެގޮތުން، އެ ކޮމިޝަނުގެ ދައުރު ކުޑަ ކުރަން ހުށަހަޅާފައިވަނީ ތިން އަހަރަށެވެ.
ހަމައެހެންމެ، ޝަރުޢީ ދާއިރާގެ ބައެއް ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ދިވެހި ރާއްޖޭގެ ސުޕްރީމާ ކޯޓާ ވަކިން، އެކޯޓާ މިނިވަން ކޮށް ހިނގާ ތަނެއްކަމަށް ހަމަޖައްސަންވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި، ޝަރުޢީ ދާއިރާގައި އަލަށް ބައެއް މުއައްސަސާތައް ޤާއިމްކުރުމަށްވެސް ހުށަހަޅާފައިވެއެވެ. އެގޮތުން، ޤާނޫނީ ބާރު ލިބިގެންވާ ބާ ކައުންސިލަކާއި، ޕަބްލިކް ޑިފެންޑާސް އޮފީހެއް ހުޅުވުމަށް ހުށަހަޅާފައިވެއެވެ. މިފަދަ އޮފީހެއް ވެގެންދާނީ ވަކީލެއް އައްޔަން ކުރުމަށް މާލީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިވެދޭ ތަނަކަށެވެ.
އެޕާޓީގެ މެނިފެސްޓޯގެ ބައިތައް އާއްމުކޮށްފައިވާއިރު، އެޕާޓީގެ ޓިކެޓުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވެރިކަމަށް ކުރިމަތި ނުލެއްވުމަށްވަނީ ނިންމަވާފައެވެ.
އަހަރުނަނަށް އެނގޭ މިބައިގަނޑު އައިސްފިޔާ މިގައުމު އޮނާނީ އެހެންގައުމެއްގެ އަޅުވެތިކަމުގަކަން. ޢެކަމު ކީއްކުރާނީ މަދުބައިގަނޑެ މިމޮޔައިންގެ ފަހަތުގަ އެބަ އުޅޭވިއްޔާ. އިންޝާ ﷲ 2018 އަކީ %65 އިން ޔާމީންގެ ފަހަރެއް.
އަހަރުނަނަށް އެނގޭ މިބައިގަނޑު އައިސްފިޔާ މިގައުމު އޮނާނީ އެހެންގައުމެއްގެ އަޅުވެތިކަމުގަކަން. ޢެކަމު ކީއްކުރާނާ މަދުބައިގަނޑެ މިމޮޔައިންގެ ފަހަތުގަ އެބަ އުޅޭވިއްޔާ. އިންޝާ ﷲ 2018 އަކީ %65 އިން ރައީސް ޔާމީންގެ ފަހަރެއް
މިހާރުވެސް މާލީފުދުންތެރިކަން ނެތްމީހުންނަ ދައުލަތުން ވަކީލަކު ހަމަޖައްސަދޭ... ބޭރުގެ ފަޑިޔާރުން ގެންނަނީ ރާއްޖޭގަ ޑޮކުޓަރުން ޓީޗަރުން ތިބޭތީކަމަށް މިއަދު މެނިފެސްޓޯގަ ހާމަކުރީ... މާދަން ވެރިކަން ލިބުނީމަ އެމީހުންތިބޭތީ އެމީހުންގެ ދީނަށް އަޅުކަންކުރަން ފައްޅިވެސްއަޅާނީ.. ވިސްނާމިއީ ނުބާރޭވުމަކުން ރާވާ ނުބާރޭވުމެއް... ޑޮކްޓަރުންނާ ޓީޗަރުން ތިބޭތީ އެމީހުންނަށް ސެކެޔުރިޓީދޭން ބޭރުގެ ސިފައިންވެސް ގެންނާނީ... ދެން ނުވިސްނޭ ގަމާރު އިދިކޮޅުމީހުން ޒުންބާ ޖައްސާ....
ވަރަށްބޮޑު ތެދެއްތިބުނީ
މަދުކޮއްބަލަ މެޗް ނިމެންދެން
ކަލޭމެންނަކީ ތީ އެއްވެސް ހަރުދަނާކަމެއްތިބި ބައެއްނޫން...ރާއްޖޭގެ ކޯޓްތަކަށް ބޭރުމީހުން..ސިފައިންނަށް ބޭރުމީހުން ޕޮލިހުންނަށް ބޭރުމީހުން ރައީސް އޮފީހުގަ ބޭރުމީހުން...މީގެއިން އެނގޭ އެއްޗަކީ ދިވެހި ގައުމުދެކެ ލޯބިވާ ބައެއްނޫންކަން ތީ...ތިއުޅެނީ ބޭރުމީހުންގެ އަވާއިގަޖެހިގެން އަމިއްލަ ފައިދާޔަށް ގައުމު ވިއްކާލަން!
އޭރުންދޯ މިގައުމުގަ އިސްލާމްދީންއާ ހިލާފް ހުކުމްތައް އިއްވޭނީ އަންނިބޭނުންވަނީ މިގައުމުން އިސްލާމްދީން ފޮހެލަން ގައުމުދެކެ ލޯބިވާ މީހުން މިކަންތައްތަކާާދޭތެރޭ ވިސްނަން....
ތިޔަބާއިމީހުންނަށް ވެރިކަމަށް އާދެވެއްޖެ ނަމަ ރާއްޖޭގައި ހަމަގައިމުވެސް ފައްޅި ތަރައްގީކުރާނެކަން ކަށަވަރު އެއިރު މިގައުމުގައި އޮްންނާނީ ބުދުދީން ޔަޤީން ކަށަވަރު
މިއަންނި އަކާ އެމްޑީޕީގެ ބަލާވެރިކަމުން މިގައުމަށް މިންޖެއްދެން ނެތީތަ. ބޮޑު ނޮހޮރުއްޕާނެއް ބޭރުގައުމުތަކަށް ހިޖުރަކޮށްބަލަ އެމްޑީޕީ ބައިގަނޑު އޭރުން ބޭރު ފަނޑިޔާރުންނާ ފައްޅިތަކާ ރަލާ ހުރިހާ އެއްޗެއްވެސް ލިބޭނެއްނު ކޮންމެހެން ރާއްޖެއަށް ގެންނަނީ ކީއްކުރަން. ޕްލީސް އަންނި ދައްޖާލު ލީވް އަސް ބީ
މިއީ ދިވެހިރާއްޖެ ، ކޮންމެ ބަޔަކުވެސް މޮޅުވާހަކަ ދައްކާނެ އެކަމަކު ވެރިކަން ލިބުމުން ރައްޔަތުން މަތިން ހަދުމަނެތި ފައިސާގެ މަތިން ހަދާންވާންފަށާނެ...
މިބައިގަނޑަށް މިރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ
ހާދަ ބިރުބޮޑޭ. ރައްޔިތުން މިކމާމެދު ވިސްނާ.
އެހެންތަ؟ އެމްޑީޕީއަށް މަގޭ ވޯޓު ޙަރާމްކުރެ!
ހައްހާ .... 100 ޕަސެންޓް ކުރިސްތިޔަން ދީނަށް ރާއްޖެ ވެއްދުމުގެ ކޮޅުމަތި ކުދިންނޭ އެމްޑީޕީ އަށް ވޯޓް ނުދޭތި އިސްލާމްދީނަށް ވޯޓްދީ އެއީ އެންމެންގެ ވާޖިބެއް.
ހަބަރު ތަށް ބުނާގޮތުގައި ލަންޑަނުގެ އިސްފާދިރިއަކު މިހާރު އަންނަނީ ރާއްޖޭގެ ކޯޓް ތަކުގައި މަސައްކަތް ކުރުމުގެ ޓުރެއިނިންގ އެއް ހަދަމުން މިއީ މުޖައްރިބު ވާހަކައެއް ތޯތޯ ވާހަކައެއްނޫން ވަގުތު ނޫހުން މި ކޮމެންޓު ނުޖަހާނެކަންވެސް އެނގޭ.
ހަނދާނާއި ތާރިީހައް ޓަކައި ބުނެލަން އަންނިގެ ވެރިކަމުގައި މުލީއާގެއަށް އެޑްރެސް ކޮށް ރާފުޅިތަށް ފޮނުވަނީ އިނގިރޭސި ވިލާތުގެ ފާދިރީން ވިސްނާ ފިކުރުކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ.
ދެން އަޔްޖަހާ.
ހަބޭސް ނިންމުމެއްތީ ދިވެހިންނަށް އެނގޭނީ ލާރިބަނޑުއަޅައިގެން ގޮނޑިހޫނުކުރަން
އެމްޑީޕީގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާއަށް ޓީޗަރުންނާއި ޑޮކްޓަރުން ހެއްވާކަމެއްދޯ