ފިނޭންސް މިނިސްޓްރީއަށް ވޮލަންޓިއާކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އެ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޓާނުންގެ ގޮތުގައި ހަމަސް ދުވަހު މަސައްކަތް ކޮށްދޭނެ ހަ މީހަކު ހޯދަން ބޭނުންވާ ކަމަށެވެ. އިންޓާނުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަސައްކަތް ކުރަން ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ފިނޭންސް މިނިސްޓްރީގައެވެ.

އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވަހަކު 165 ރުފިޔާ ލިބޭނެ ކަމަށާއި އެމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަތީ ސާނަވީ ތައުލީމު ހާސިލް ކޮށްފައިވާން ޖެހޭނެ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުން އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން މިނިސްޓްރީގެ ސެކްޝަންތަކުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. އެގޮތުން އިންޓާނުން ހޮވުމުގައި ގިނަ ވަގުތު މަސައްކަތްކު ރެވޭނެ ފަރާތްތަކަށް ބަލާނެ ކަމަށާއި ކޮމްޕިއުޓާއަށް އަހުލުވެރިވާ މިންވަރު އަދި ދިވެހި އަދި އިންގިރޭސި ބަހުން މުއާމަލާތު ކުރުމުގެ ހުނަރަށް ބަލާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީގެ އިންޓާނުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ލަދު

  2. ރަން ރީނދޫ

    މުވައްޒަފުން ނުގެންގުޅެވޭހާ ދަށަށް ސަރުކާރު ވެއްޓުނީ.

  3. ޒިންދު ބާދު

    އެއްވެސް ބަޔަކު ވޮލަނޓިއަރކޮށް މަސައކަތް ކުރާނެކަމެއްނެތެ.ވަކިބަޔަކު ދައުލަތުގެ ރުފިޔާ ހިތުހުރިގޮތަކަށް ނަގަނީ.އަނެއްބަޔަކު ވީ ހިލޭސާބަހަށް މަސައކަތްކުރަން.ކިހާ ތާހިރު.