ޖިންސީ ގޯނާ އާއި ދެކޮޅަށް އައްޑޫސިޓީގައި މިހާރު ކުރަމުން އަންނަ މުޒާހަރާގައި އެކަމުގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އާއްމުން އެއްވެއްޖެއެވެ.

"ހައްޔަރުކުރޭ" ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރުއެވެ. އައްޑޫގެ ގިނަ ބަޔަކު ނުކުމެ ކުރާ މިމުޒާހަރާއަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތަކުން ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ބާއްވާ މުޒާހަރާއެވެ.

މި މުޒާހަރާގައި އައްޑޫގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާ އެސިޓީގެ ސިޓީ ސްކޮއާ ކައިރިން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބައެއް ފުލުހުންނާއި ބައްދަލުކޮށް އެކަމުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އެސިޓީގެ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވުމަށްފަހު، މިހާރު މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަުތު ކުރެވޭ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފުލުސް މީހާގެ ކައިރިއަށް އާއްމުން އެއްވެގެން--ފޮޓޯ: މީސްމީޑިއާ

އެސަރަހައްދަށް އާއްމުން އެއްވެފައިވާއިރު، ފުލުހުން ވެސް މިހާރު އެގޭ ކައިރީ އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފުލުސް މީހާގެ ކައިރިއަށް އާއްމުން އެއްވެގެން--ފޮޓޯ: މީސްމީޑިއާ

ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައިވާ އާއްމުންގެ ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރު ވަގުތުން ވަގުތަށް ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮއި

    އައްޑޫ މީހުންނަށް ހައްގުވާ މިންވަރަކީ ތިއީތަ ؟
    ޢިންސާފް ބަލަހައްޓަންް ތިބި މީހުން އަނބިިދަރިން ބޮލަށް އަރާއިރުވެަް އެކަން ބެލޭނެ ގޮތެއް، ބަލާނެ މީހަކު ނެތް