ކަނޑަށް އެޅުނު ކަޅު ތެޔޮތަކެއް ރަސްފަންނުގެ މޫދުގެ ސަރަހައްދާއި ހަމައަށް ގޮސްފައިވާތީ، އެ ސަރަހައްދުގެ މޫދަށް އެރުން މަނާކޮށްފިއެވެ.

މީގެ ދެ ގަޑިއެއްހާ އިރު ކުރިން ބައެއް ފަރާތްތަކުން މީސް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ރަސްފަނުގެ ރާޅު ޖަހާ ސަރަހައްދަށް ކަޅުތެޔޮ ޖަމާވެފައި ހުރި މަންޒަރެވެ.

މިހާރު ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރަސްފަންނު މޫދު ސަރަހައްދަށް ކަޅު ތެޔޮ އެޅިފައި -ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުުތު"އަށް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން ފުލުހުން އެ ރަސްފަންނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުނީ މިއަދު 18:10 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރަސްފަންނު މޫދު ސަރަހައްދަށް ކަޅު ތެޔޮ އެޅިފައި -ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެ ސަރަހައްދަށް ތެޔޮ ވަދެފައި ވަނީ ކިހިނެެއްކަން ސާފް ނުވާއިރު، އެތަން ސާފްކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ހަނާ ވިދާޅުވީ، ރަސްފަންނުގެ މޫދަށު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ސާފް ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާރާ

    ތިޔަ އޮތީ ކަޅު ތެޔޮ އަޅާފަކަމަށް ހީވަނީ. ހާދަ ބައިވަރެކޭ

    10
  2. ސޮއި

    ކީސްކުނޑި ތެޔޮހުރި ތަނށް މޫދަށް އަޅާލީމާ ފަސޭހަކަމޢިެކު ސާފްކޮށްލެވޭނެ. ޢެގޮތަށް އަޅާއިރު އިންޗިއެއް ނުވަތަ ބައި އިންޗި ހުންނަ ވަރުގެ ކުނޑި އެޅުމުން މޫދުން ތެލުގެ ތެރެއިނން ގޮސް ބީޗަށް ލައްގާއިރު ގިނަ އަދަދެއްގެ ތެޔޮ ލަކުޑިއަށް ދަމައިގަންްނާނެ.
    ޢެއްމެ ރަނގަޅުވާނީ ޕައިން ވުޑް.

    16
  3. މާލޭ ރައްޔިތުން

    މުއިއްޒޫ.. ވ.ތާޙިރެއްނު! މިއީތޯ ރައްޔިތުންނަށް މޭޔަރުކަން ކޮށްދޭގޮތަކީ... ވެމްކޯ އޮފީހަށް ކުނިއަޅާ އެތާ މުއައްޒަފުންނަށް ގެއްލުންދީ ރަސްފަންނަށް ކަޅުތެޔޮއަޅީމަ ގެއްލުންވަނީ ދިވެހި ރައްޔިތުންނަށާ ދިވެހި ދަޢުލަތަށް. މުއިއްޒުއަށާ ޕީޕީއެމްއަށް ގެއްލުންނުވެދާނެ.

    1
    5
  4. ސސ

    ރާއްޖެއިންވެސް ތެޔުފެނުނީ ނުންތޯ ކަންޑު އަޑީގަ ހުރިތެޔު ހޫނުގަދަވެ މޫސުމަށް އަންނަ ބަދަލާއިއެކު ނުނެގި ހުއްޓާ މައްޗަށް އެރީ ތެޔުނަގަން މާ ފަސޭހަގޮތެއް ނުންތޯ އަވަހަށް ތެޔުނަގަންވީ މޫދުން !

    3
    1
  5. ﷲ އަކްބަރް

    ތިޔައެޅި ބަޔަކު އިންޑިއާގެ ސަޓެލައިޓު ތަކުން ނޭންގޭތަ؟ ތިއެޅި ބަޔަކު ހޯދާ ހޭއަރާވަރަށް ޖޫރިމަނާ ކުރާތި!