ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް ބާރު ލިބިދޭ ޖެންޑާ މިނިސްޓްރީގެ ސިއްރު ސިޓީއެއް އާންމުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ސޮއިކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަލީ ވަހީދުގެ މައްސަލަ އެ މިނިސްޓްރީއަށް ރަސްމީ ސިފައެއްގައި ލިބިފައި ނުވާ ކަމަށެވެ.

އެހެންވިޔަސް ސިޓީގައި ވަނީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި ބަޔަކު އެ ކަމެއް ހުށަހަޅުއްވީ ކަމުގައެވެ. އޭގައި އަލީ ވަހީދާއި ޝަކުވާ ކުރި ބަޔަކާ ވެސް މިހާތަނަށް ސުވާލު ކުރެވިފައި ނެތް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އޭރު އައިޝަތު ރަޝީދު ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ނަމަވެސް މި އަހަރުގެ މެއި މަހު އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރައްވައިފައެވެ. ލީކުވެފައިވާ ސިޓީއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ފޮނުވާފައިވާ ސިޓީއެކެވެ.

މިއީ ސައްޚަ ސިޓީއެއް ކަން އިތުބާރު ކުރެވޭ އެކި މަސްދަރުތަކުން "ވަގުތު" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

އަލީ ވަހީދު ފްރޭމްކޮށްފައިވާ ކަމަށް އޭނާއަށް ސީރިއަސް ތުހުމަތައް އަމާޒުވުމާ އެކު ވެސް ވިދާޅުވަމުން ގެންދެވިއެވެ. އެހެންވިޔަސް އޭނާ މަގާމުން ވަކިކޮށް، އެ މައްސަލައިގެ ތަހުގީގު ނިމި، ދައުވާތައް އުފުލި، ޝަރީއަތަށް ވެސް ހުށަހެޅުނެވެ.

އަލީ ވަހީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެނގިފައިވާ ގޮތުގައި އޭނާ އޮންނެވީ ނިރުބަވެރިން ލުމަށް އެ ގައުމުގައި ޚާއްސަކޮށްފައިވާ ޖަލު ގޮޅިއެއްގައެވެ. އެހެންވިޔަސް ޖަލުން ފޯނު ބޭނުން ކުރަން ދެވޭ ފުރުސަތުތަކުގައި އޭނާ ގެންދަވަނީ ސަރުކާރާއި ޕީޖީއަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓި ނަމަވެސް ބޭސްފަރުވާއަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އަލީ ވަހީދަށް އެ ހުއްދަ ދިނީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ހަތަރު މަސް ދުވަސް ހަމަވި ފަހުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ގެންދިއުމަށެވެ. އެކަމަކު އެ މައްސަލައާއި ޕާސްޕޯޓް ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގޮސް އެ ކޯޓުން އަލީ ވަހީދު ހާޒިރުވާން އެންގެވިއެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވިއެވެ. އިނގިރޭސި ފުލުހުން އަލީ ވަހީދު ހައްޔަރު ކޮށްފައި ވަނީ އޭގެ ފަހުން، ދިވެހި ނޫސްވެރިންނާ ބައްދަލު ކުރައްވަން ވެގެން ޕްރެސްއަށް ތައްޔާރު ވަނިކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސާތް

    ސަރުކާރުގެ ސިއްކަ ޖެހި ސިޓީޏް ތިޔައޮތީ ހާމަވެފައި ބޮޑު ފްރޭމްއެއްކަން. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އައްޔަ ބުނަމުންދިޔައީ ތިޔަހެން.

    7
    2
  2. ނާނަ

    ގުޅިގެން ހިންގި ޖަރީމާ ފަޅާ މިއޮތްއަރަނީ ހަމަ ފްރޭމްކޮށްއަލީ ބޭރުކޮށްލީ

    6
    1
  3. ޖައްބާރު

    މީގަ ކޮބަޔޯ ފްރޭމް ކުރި ކަމަށް ބާރު ލިބިފަ. އިބޫ އަށް ގުޅައިފާނެ ދޯ އެކުދިންވެސް. އޭނަ އެކުދިނަނާ ބައްދަލުވެސް ކުރިއެއްނު. ވަގުތު ނޫސްކަހަލަ މަގުބޫލު ނޫހެއް އެބަ ޖެހޭ މިކަހަލަ ތާކުންތާކު ނުޖެހޭ ހަބަރު ނުލިޔަން

    9
    9
  4. ސިލް

    އެއްވެސް ރަސްމީ ސިފައެއްގައި ބަކަޔު ބުނިބަހަކަށް މައްސަލަބެލުމެއްނެތި އެމީހުންނާއި ސުވާލުކުރުމެއްވެސްނެތި، ތަހުގީގުވެސްނުކޮށް އަލީ ވަކިކޮށްލީ. ހައްތަހާވެސް ސުވާލުއުފެދޭކަންކަން، މިހާރު ވަރަށް ސާފު ފްރޭމްކުރުމެއްކަން. އެހެންނޫންނަމަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާފަދައިން މިކަމުގައިވެސް އަމަލުކުރެވިފައިވާންޖެހޭ.

    6
    2
  5. އަލީ

    މިހާރު އުބޫ އަށް ސަނާކިޔާ އަންބާކިޔާ ވެރިކަމަށް ގެނައި އެންމެންނަށް އެގެމުން އެބަދޭ ނުންތޯ، މިއީ ޖައްބާރު ޚުދުމުޚުތާރު ވެރިކަމެއް ކުރައްވާ ވެރިއެއް އެއްކަން.
    2023 ނުދެއްވާތި، އުނގު އޮންނަ ފައްޓަރުބާ ވިއްކާލާ އަހަރަމެންގެ ޤައުމުވެސް ވިއްކާލާނެ.

    13
  6. Anonymous

    އަސްލު ސިޓީއެއްނު މީހުން ބަލަން ބޭނުންވާނީ.ލިޔުންތެރިއާބުނާ އެއްޗެއްނޫނެއްނު

  7. އަލީމޫސާ

    މީ ރޭވިގެން ހިންގޭ ކަމެއް. އައުޑް ޑޭޓްއަކަށް ސިޓީއެއް ލިއުނީދޯ. ބިރުފުޅުން އެބަޖެހޭ މިކަން އަބްރާލެވޭތޯ.

    1
    1