ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުވި މެސެޖެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުއްވި މައްސަލަ ބައްލަވައި ދެއްވުން އެދިވަޑައިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުލް ސައްތާރު ހުށަހަޅުއްވައިފިއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭގައި ނާޒިމްގެ ފޯނުން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުއްވި މެސެޖްތަކެއް ޝުޖާއު ޓްވިޓާގައި ލީކް ކޮށްފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދިފައެވެ.

ނާޒިމް ވަކާލާތު ކުރައްވާ ބައެއް މައްސަލަތައް ވަކި ފަނޑިޔާރުންތަކަކަށް ހަވާލުނުކޮށްދެއްވުމަށް އެދިވަޑައިގެން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް އޭނާ ކުރައްވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓެއް ޝުޖާއު ޓްވީޓާގައި އާންމުކުރައްވައި އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމުގައި ސިފަކުރެއްވިއެވެ.

އެ ކަމަށް ރައްދު ދެއްވައި ނާޒިމް ގިނަ ޓްވީޓްތަކެއް ކުރެއްވިއެވެ. ނާޒިމް ވިދާޅުވާ ގޮތުގައި، ހައި ކޯޓުގައި އޭނާ ވަކާލާތު ކުރައްވާ ކޮންމެ މައްސަލައެއް އަބަދުވެސް ދެ ފަނޑިޔާރަކަށް ދެއްވާ ކަން ފާހަގަ ކުރެވޭތީ އެހެން ބަޔަކަށް ދެއްވަން އެދިވަޑައިގަތީއެވެ.

ހައި ކޯޓުގެ ހިންގެވުމާ ޝުޖާއު ހަވާލުވެވަޑައިގެން ހުންނެވިއިރު ވެސް އެ ގޮތަށް އަމަލު ކުރައްވާ ކަމަށާއި މައްސަލަތަކަށް ޝުޖާއު ނުފޫޒު ފޯރުވާ ކަމުގައި ވެސް ނާޒިމް ތުހުމަތު ކުރައްވައެވެ. ޝުޖާއު ވަނީ ޓީވީ ޕްރޮގްރާމަކަށް އަރައިވަޑައިގެން ވާހަކަ ދައްކަވަން ނާޒިމަށް ދައުވަތު ދެއްވައިފައެވެ.

ޝުޖާއު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް ޝުޖާއު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ޝުޖާއު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދު ކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލު ކުރައްވައި އެ މީހުންގެ ވޯޓު ލިބިއްޖެނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެ ކަމުގެ މަޝްވަރާ ކުރައްވާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ޝުޖާއު ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

ދާދި ފަހުން ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބައެއް ވަކީލުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި، އޭނާ ޖޭއެސްސީއަށް ހާޒިރުކޮށް ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށްގެން އުޅުނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ފަށައިގެން އުޅުއްވަނިކޮށް އެ ޝަރީއަތަށް ޖޭއެސްސީން ނުފޫޒު ފޯރުވަން ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސސސ

    އަދިވެސް ފަނޑިޔާރުގެ މައްސަލަ ބަލަންވީ، މެެސެޖް ފޮނުވި ބޭފުޅާގެ މައްސަލަ ބަލާނެ ކަމެއް ނެތް ދޯ. ފަނޑިޔާރުންނަށް ނުފޫޒު ފޮރުންވުން ހުއްޓާލައްވާ ނާޒިމް ސައްތާރު. އަދި ބާ ކައުންސިލަށް ނާޒިމް ސައްތާރުގެ ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލް ކުުރުމަށްވެސް ގޮވާލަން

    42
    • ވިސްނާލުމަށް އެދެމޭ

      ބާކަ އުންސިލަކީ ބާވެ ތަފާސްވެފަ އޮތްތަނެ.. އެ އީ މަ އުމޫނުހަމީދު ވަޒީފާގެ ބޭނުމުގަ އުފަ އްދާފަ އޮތްތަނެ.. އޭނަޔަށް ރޔާމީނާ ޕޕމގެ މަ އްސަލަފެންނާނެ ..ވަރަށް ހަސަދަވެރި މީހެ އް އެ އީ.. ސަރުކާރުގެ ޕަޕެޓެ...ދެންހުރީވެސް އޭގެމީހެ އަނާރާ..

  2. މިސާލު ބްރޯ

    ކޮންމެ ތަކަކަށް މައްސަލަ ހުށަހެޅި ކަމުގައި ވިޔަސް ނާޒިމު ސައްތާރު ނުފޫޒު ނުފޯރުވާ ކަމަކަށް ނުވާނެއެވެ. ނާ×ިމު ސައްތާރުމެންގެ ކަށީގައި ހިފާފަ ތިހިރަ ނާ ތަހުޒީބު އާދަތަކާހެދި މިޤައުމުގައި އެހެން މީހުނަށް އުޅެން ދަތިވެއްޖެއެވެ. އެއްވެސް ސިފައެއްގައި ކޯރޓްގެ މުވައައްޒިފުންނަށް ތިކަހަލަ މެސެޖް ފޮނުވައުމަކީ ބޮޑު ޖުރުމެކެވެ.

    17
  3. ނުރަބޯ

    ތިމާގެ ނުބައި ނުލަފާ ޖައްބާރު ކަމާ ގޮތްނެތް ކަން ބޭޒާރު ވީމާވެސް އަދިވެސް ފުއްޕަނީތަ…؟

    17
  4. އަލް އިންސާފު

    ފުރަތަމަ ބަލަން ޖެހެނީ ތިޔަ ނާޒިމު ސައްތާރު ކޯރޓް ތަކަށް ނުފޫޒު ފަރުވާ މައްސަލަ ދެއްތޯ؟

    17
  5. ނިއުމާ

    ނާޒިމަކަށް ނޭނގޭނެ މައްސަލަ ބަލަންވާ ފަނޑިޔާރުންނެއް. ފުރަތަމަ ފަނޑިޔާރުގެއަށް ކެނެރީ އާއިލާއިން ނުފޫޒު ފޯރުވާ މައްސަލަ ބަލަންވީ. އިދާރީ މުވައްޒަފުންނަށް މެސެޖުކޮށް، ދުއްތުރާކޮށް ފުރައްސާރަކުރަންޏާ އެމައްސަލަވެސް ބަލަން ޖެހޭނެ. ލައިސެންސް ބާތިލްކުރަންވީ ހަމަ. ކެނެރީ އަންނި އާއި ހިސާނު ޖޭއެސްސީގަ ތިބެގެން ފަނޑިޔާރުގެ ބޭނުންގޮތަކަށް ބަދަލުކޮށްފަ އެއޮތީ. އެވަރުންވެސް ނުފުދިގެން ވަކިވަކި މައްސަލަތައް ބަލަން ތިމާ ރިޝްވަތުދޭ ފަނޑިޔާރުންނަށް ހަވާލުކުރަން މިއަންގަނީ؟

    15
  6. އިންޞާފު

    ނާޒިމު ސައްތާރަކީ ވެސް އޭނާގެ ބްރޯހެން ހިފިނުހުރެގެން އުޅޭ މީހެކެވެ. ކޯރޓް ތަކުގެ އިދާރީ ހިންގުމަށްވެސް ނުފޫޒު ފޯރުވަނީއެވެ. ޝަރީޢަތަށް ފަހެ ނުފޫޒު ނުފޯރުވައި ހުންނާނެ ހެއްޔެވެ.؟ ތިފަދަ ލޯޔަރުންނާއެކު މިޤައުމުގައި ރޫލް އޮފް ދަ ލޯ ހިނގާނީ ދެން ފަހެ ކިހިނެތް ހެއްޔެވެ؟

    16
  7. މިގޭ

    ހުސްވަގުން

    14
    1
  8. ރަން ރީނދޫ

    ސޯޓް ބޭލުނީމަ،އަތް އަޅައިގެން ވިޔަސް އޮރިޔާން ނިވާ ކުރެވޭތޯ ބަލާ ނާޒިމު. މީނާ މައްސަލަ ހުށަހެޅުމުން އެބަ އެނގޭ މީނާގެ ނުފޫޒު އެތާ އޮތް ވަރު.