މާގިރި ހޮޓަލުގައި ވެރިކަން ކުރާ އެމްޑީޕީގެ އިސް ސަފުގައި ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ މާގިރި ހޮޓަލުގައި އެމްޑީޕީގެ އިސް ބޭފުޅާ ރަމަޟާން މަހު ދުވާލު ކައިބޮއެ ވެސް ހެދިކަމަށެވެ. އޭނާ "ފްރޭމް ކުރީ." އެކަންކަމާއި ދެކޮޅު ހެދުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ, މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން އަންގައި، މިދިޔަ އަހަރުގެ ޖުލައި އަށް ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އޭނާ އަށް ގުޅުއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އެގޮތަށް އެންގެވުމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ރައީސަށް ވެސް ގުޅުއްވި ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ.
އަލީ ވަހީދު ވިދާޅުވީ ރައީސާ ގުޅުއްވި ވަގުތު އެމަނިކުފާނުގެ އަޑު ހުރި ގޮތުން ބެލެވެނީ ކީރިތި ކުރައްވަމުން ވާހަކަ ދެއްކެވިހެންނެވެ. ރައީސް ވިދާޅުވީ "އެ ކުދިން އައިސް ދެއްކި ވާހަކައިން ރަނގަޅީ މި ވަގުތު ދުރަށް ޖެހުނިއްޔާ" ކަމަށް އަލީ ވިދާޅުވި އެވެ.
ނުކުރާ ކަމެއްގެ ޒިންމާ ނަގައިގެން އިސްތިއުފާ ނުދޭނެ ކަމަށާއި ނަމަވެސް މަގާމުން ވަކިކުރިޔަސް މައްސަލައެއް ނެތްކަމަށް ދެންނެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. "އަޅުގަނޑު ދެންނެވިން ވަރަށް ބުރަކޮށް އިހުލާސްތެރިކޮށޭ މަސައްކަތް ކުރަމުންދަނީ. އެހެންވީމަ ކޮންކަމަކާތޯއޭ އަޅުގަނޑު އިސްތިއުފާ ދޭންވީ. އޮފީހުގައި ވެސް، އޮފީހުން ބޭރުގައި ވެސް އަޅުގަނޑުގެ ޒާތުގައި ވެސް ނޯންނާނެ (ޖިންސީ ގޯނާއެއް ކޮށްފައެއް.) މަނިކުފާނާ އެކު ވެސް ވަރަށް ގިނަ ދުވަހު މަޖިލީހުގައި މަސައްކަތްކުރީމަ އެކަން އެނގޭނެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، އޭނާ މާގިރީގައި އުޅުއްވި ކޮޓަރީގެ އިސްތަށިތައް ނަގައިގެން ޑީއެންއޭ ހެދި ކަމަށާއި އެކަމަކު އެއީ އޭނާގެ އިސްތަށި ނޫން ކަމަށެވެ. އެކަމުގެ ރިޕޯޓް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްޖިއްސުން ގުޅުން ހިންގާމީހުންނާ ގަދަކަމުން ފިރިހެނުން އޮރިޔާން ކުރާމީހުންނާ ކުޑަފިރިހެން ކުދިން ރޭޕުކޮށް މަރާމީހުން މިއޮށް އާބާދީ ކުޑަ ގައުމުގައި މިއީ ހާދަ ހިތާމަވެރި ކަންކަމޭ ދެރަވޭ މިކަންކަމާ
ނަން ބުނޭ، މީ ސީރިއަސް ކަމެއް، އެމީހެއްގެ މައްސަލަ ބެލެން ޖެހޭނެ
ބޭލޭނީ ޢަލީ ވަހީދުގެ ސޯޓު. ޖިންސީ ގޯނާ ނުކުރާކަމަކަށް ނުވާނެ.
މަ ގަބޫލުކުރަން ތިވާހަކަ ހިތުގެ އަޑިން. މާތް ﷲ ގަންދި ހުވާކޮށްފައި މިބުނަނީ، މި ސަރުކާރުގެ އެތެރެކޮއިލުން މަށައްވެސް ތި ދަޢުވަތު ލިބުނު.
ދެން ތިޔަ ކިހިނެތް ހެދީ
އެމްޑީޕީތަ؟ ރާ ބޮއިގެން ކޮންމެ ފަދަ ނުބައިކަމެއް ކުރަންވެސް ފަހަކަށް ނުޖެހޭނެ. ގުދޯ ގުދޯ ނުގޮވާ ދެން ސޯލިހު އިސްތިއުފާދޭންވީނު. 35މިލިއަނަށް ވުރެ މާގިނައިން ސޯލިހު ގެންދިޔަކަމަށް ބުނަނީ. އަނެކަކު ގެންދިޔައީ ފައިސާތައް ދިޔާ ކޮށްގެން ކަމަށް ވަނީ. ޕީޖީ އަޒުހަރުން ކިޔެވިޔަސް ބަރާބަރަށް ރާބޯކަމަށްވެސް ތުހުމަތު ކޮއްފި.
އެއްމެނަށްވެސް އެނގޭ މަތިފަޑި އެއީ "ފްރީޑޮމް" ކުދިންކަން، ދެން ބުއީމަ އުޅޭނެ ގޮތްވެސް އެނގޭނެ ދޯ؟ ވެރިކަން ވެއްޓުން ރޭވެސް ނެރުން އެއްޗެހިން އެކަން ހާމަވޭ.
މީ އަޅެފަހެ ސަދޫމްތަ ؟؟
މި ބައިގަނޑުގެ ސަބަބުން ކޯފާއެއް ނާންނަކަންވެސް ރަނގަޅެއްނު..
މަ ހީކުރަނީ މިސަރުކާރު މީހުން ވައްކަމާ އަނިޔާއާ އެކަނިކަމަށް ކުރަނީ
ލާދީނީ އެމް ޑީ ޕީ ފަޟީޙަތްވެ ނިމިއްޖެ ނުބާ ނުލަފާ ޖާހިލު ހަރާންކޯރު ވަގު އިންޑިއާއަށް ޤައުމު ވިއްކާލި ޚާއިނު ބައިގަނޑު
އެއްޖިންސުތެރޭ އައްޑޫ ހިތަދޫ ދޮން ބޮޑު ފިރިހެނަކު ހިމެނޭތޯ؟
ނުވަތަ ބ އަތޮޅު މީހަކު ހިމެނޭތޯ ؟
މާގިރި ރީބުރޭންޑުވާންވީ ތިނަމަށް...
އިސްތައްޓޭނުކިޔާ
އަހަރެމެން ތިބޭނީ ހަނު.
އިބޫ ގެ ސްޓައިލާ މެދު ވިސްނާލަބަ
ޢަލީ ތިވިދާޅުވެލައްވާކަމެއް ނުހިގުމަށްވުރެ ހިނގުންގާތް އެއީ ފެންނަ ލާދީނީ ހިގަމުންދާ ލާދީނިކަންކަމުނަނާ ލާދީނީ ފިކުރުގެމީހުން ހިމާޔަތްކުރެވޭތީ ނަމަވެސް ސުވާލުއުފެދެނީ ދީނާޚިލާފު ތިހާބޮޑު ނުބައިކަމެއް ހިންގާފައިވާއިރު ކީއްވެހޭ މިހާދުވަހު ސިއްރުކޮށަފަބޭއްވީ އެއީ ޢަލީވަހީދަށްމިނިސްޓަރުކަން ނުލިބިދާނެތީތޯއޭ އެހެންކަމަށް ވާނަމަ ވައްކަންކުރިމީހެކޭ އެކަންއެނގި ނުއަންގާހުރިފަރާތަށް ވަނީކިހިނެތްތޯ ނުބައިކަމެއްކުރިމީހެކޭ އެކަމަށް ހިތްވަރުދިންމީހެކޭ އެކަމުގައި ބައިވެރިވިފަރާތަކީ ކިހިނެތްވާ ފަރާތެއްތޯ ނޭގިއޮތީމަ ސާފުކޮށްލަން ދަންނަވާލީ ތިކަން ހިގައިމީހާގިނަދުވަސްވެފައިވާއިރު އެއީ ހިންގާފައިވާ ނުބައިޢަމަލެއްކަމަށް ހާމަކުރެއްވީ މިނިސްޓަރުކަން ގެއްލުނީމަތޯ މަގާމުގައި ޢަލީވަހީދު ހުންނެވިނަމަ އެއީ ނުބައިޢަމަލަކަށް ނުވާނެތޯ؟
އިތުބާރު ކުރަން ވީ، ކޮންފަރާތަކަށްބާ އޭ ހިތައް އަރަނީ...