ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހޯރަފުށި އެއާޕޯޓު ރަންވޭ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

އެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. އެ ބޮޑުހިލަތައް ސައިޓަށް ގެންގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެެވެ.

މިދިޔަ ޖޫން މަހު އެމްޓީސީސީއާ ހަވާލުކުރި އެ ޕްރޮޖެކްޓްގެ ދަށުން އެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ

މިއީ 90.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 360 ދުވަހެވެ.