ދުވަސްވީ މައްސަލައެއް ސެކްޝަންގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި ގާޒީ އަލީ ނަސީރު މަގާމު މެޖިސްޓްރޭޓެއްގެ މަގާމަށް ދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ޢަލީ ނަޞީރު އެ ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ޙުކުމްކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުލޫއަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤުގައިވަނީ ސާބިތުވެފައި ކަމަށެވެ.
ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފު އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ޢަލީ ނަޞީރުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމުގައި ތަޚްޤީޤުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ ދަށުން، ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް މިއަދު ވަނީ ނިންމާފައި ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ސެކްޝަނުން މައްސަލަތައް ހުސްކުރުމަށް މައްސަލަ ބޭރުކޮށްލި ގާޒީއާއި މެދު ފިޔަވަޅު އަޅަން ޖޭއެސްސީ އިން ނިންމިއިރު ސިވިލް ކޯޓުގެ ބައެއް ގާޒީން މާއަވަހަށް މައްސަލަތަކުގައި ގޮތެއް ނިންމުމަށް އެކިކަންކަން ކުރާކަމުގެ ޝަކުވާތަކެއް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކޮށްފައި ވެއެވެ.
ހަމަ އައްޔަ ޕްރެސްއަށްއަރާ ޖޭ.އެސް.ސީ ބަދަލުކުރަންޖެހޭ އޭ ބުނާއިރަށް ޖޭ.އެސް.ސީ ވެސް ވަރަށް ބާރު ސްޕީޑްގައި މައްސަލަބަލާ ރައްޔިތުންގެ އިތުބާުހޯދުމުގެ މަސައްކަތްފަށައިފިއެވެ.
މިއަށް ކިޔަނީ ނުފޫޒު ފޯރުވުން. ދެން ކޮންކަމެއްތޯ.
ނާޒިމް ޢަބްދުއްސާރު ވަކީލުކަންކުރި މައްސަލައެއް އޭނާޔާ ދެކޮޅަށް ނިމުނީމާ ކޮންމެވެސް އެއްޗެއް ކިޔާ ފަނޑިޔާރު ބޭރުކޮށްލަނީ.
މިއީ ނާޒިމް ސައްތާރު ކޮޅަށް މައްސަލަ ނުނިމޭތީ ގާޒީނަށް ދޭ ލަގާ ބަލަ ކޯޓަށް ކިޔާ ކިޔާ ދެފަރާތުން ހާޒިރު ނުވީމާ ދެން ޖެހޭނީ މައްސަލަ ބޭރުކޮށްލާށޭ ހިޝާން ކޮމިޝަނަށް ބާރު ދެއްކޭނީ ދެން ދެއަހަރު ހުރިހާ ބާރެއް ފިލާ ދާނެ ގާޒީން ހިއްވަރު ކުރޭ ޢަލީ އަކީ ރަނގަޅު ގާޒީއެއްކަން ކޯޓް ހުރިހާ މުވައްޒަފުން ދަންނާނެ އަލީ ކެތް ކުރައްވާ ކާމިޔާބު ވަނީ ކެތް ތެރިންނާއި އެކު
ވަޒީފާ މިއަދު ދައްކޮއްފަ މާދަމާ މަތިކުރުމަކީ އޭނަ އެކުރި ކުށައް އަދަބު ދެވުމެއްނޫން ވަޒީފާއިން ވަކިކޮއްފަ 10 ވަރަކައް އަހަރުގެ ޖަލުހުކުމެއް އަންނަން ޖެހޭނެ.