09:51

އުމުރުން ދުވަސްވީ މީހުންނަށް ފައިޒާގެ ތިން ވަނަ ވެކްސިނެއް ޖަހަން ހުއްދަދީފި.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިވަގުތު ކުރެވެން އޮތް ކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު 3.4 ބިލިއަން މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ. 2.5 ބިލިއަން މީހުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފިއެވެ. އެއީ ދުނިޔޭގެ އާބާދީއަށް ބަލާއިރު %32.8 މީހުންނެވެ.

ގިނަ ބަޔަކަށް ވެކްސިން ދެވިފައި ވާއިރު މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް ގިނަ ގައުމުތަކުގައި އަންނަނީ މަދުވަމުންނެވެ. އިއްޔެ ދުނިޔެ އިން ކޮވިޑަށް ފައްސިވީ 380000 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވެސް ދުނިޔެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑް ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 5900 އެވެ. އިއްޔެ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހަށް ފަހު ދުވާލަކު މަރުވާ މީހުންގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ވެކްސިން ގިނަ ބަޔަކަށް ދޭން ފެށުމުން ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އަދި ވެސް ބިރުވެރިކަން ބޮޑެވެ. ވެކްސިން ދެވެމުންދާ ސްޕީޑް ލަސްވުމުން ވެކްސިނަށް ނުގުޑާ ވަރުގެ ވޭރިއަންޓެއް އުފެދިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ސައިންސްވެރިންގެ މެދުގައި އެބައޮތެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެއީ އަނެއްކާވެސް ކުރި މަސައްކަތް ސުމަކުން ފަށަން ޖެހުނީއެވެ. އެހެންކަމުން ސައިންސްވެރިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދަނީ ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު