އިންޑިއާގެ ޕޫނާގައި ކުރިއަށް ދިޔަ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް ނިޔާވި ދިވެހި ސިފައިނެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްޠާންގެ ޖަނާޒާގެ ކަންކަން އަސްކަރީ ޝަރަފުގައި ބާއްވައިފިއެވެ.

ސުލްޠާންގެ ހަށިގަނޑު މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ ގެނެސް ވަޅުލާފައި ވަނީ މަޣްރިބް ނަމާދަށް ފަހު އެވެ. އޭނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ސުލްތާންގެ ޖަަނާޒާގެ ތެރެއިން

ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) ގައެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޠާން ނިޔާވީ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ދުވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އޭނާގެ މަރުގެ ތަހުގީގު ކުރުމަށް ކުރިން ނިންމާފައި އޮތީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެގޮތުން އެކަޑަމީގެ ބަޔާނުގައި ބުނީ ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑިމީގެ ތަމްރީނުގެ ތެރެއިން ސުލްތާން ނަގާފައިވާ ފޮޓޯއެއް

"ކެޑޭޓްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ." އެންޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސުލްޠާންގެ ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެެއެވެ.

ސުލްޠާންގެ ހަށިގަނޑު މާލެ ގެނައީ މިއަދު މެންދުރު 12:43 ހާއިރެވެ.

ކުރިން އޮތީ ސުލްތާންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެެވެ. ނަމަވެސް މިއަދު އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާންގެ ޕޯސްޓްމޯޓަމް ހަދާފައިނުވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދާފައި ނުވަނީ އާއިލާގެ އެދުމުގެ މަތިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުއްބާ

    ސާބަސް އިނގޭ އެމްއެންޑީއެފައް. ތިވަރުކަމެއްވެސް ރީތިގޮތަކައް ކޮއްލާކައް ނޭގޭދޯ.

    2
    2
    • މާޓް

      ކަލޯ ދެން ކިހިނެއް މިކަން ކުރިއަށް ގެންދަންވީ.. ވީ އެންމެ ރަނގަޅަށް އެމް.އެން.ޑީ.އެފުން އެކަން ކުރިއަށް ގެންގޮއްސަ އެއޮތީ. ގޮތް ނުކިޔާ މަޑުން ހުންނަގަ.

      1
      1
  2. Anonymous

    ކިތަންމެ ޝަރަފުގައި ވަޅުލިޔަސް ހެޔޮކަންކަން ކޮއްފައި ނުފައި ނުވާ ކަމުގައި ވަނީ ނަަމަ ނެތް ފައިދާއެއް..

    1
    2
    • Anonymous

      އެމީހެއް ކުރާ ހެޔޮކަމެއްގެ ސަވާބާއި ދަރުމަ ހުރީ އެމީހަކަށް،، ހެޔޮކަންކުރިތޯ ނުކުރޭތޯ އެއީ ތިޔަ ބޭފުޅާ އަށް އެގެން ޖެހޭނެ ކަމެއްނޫން، ތިމާ އާޙިރަތަށްޓަކައި ތައްޔާރުވުން އެންމެ ރަނގަޅު ގޮތަކީ،