ރާއްޖޭގެ ވުޒާރާތާއް ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބައެއް އިސް ބޭފުޅުން މަނީލޯންޑާކޮށްގެން ވަގު ޑޮލަރު ރާއްޖެއަށް އެތެރެކުރަމުންދާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ކުރައްވައިފިއެވެ.

ޝިޔާމްގެ މި ތުހުމަތުތައް ކުރެއްވީ ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަނީ އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމެގެ ބިލްގެ ބަހުސްގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފްއަށް ދައުވާ ނުކުރަން ދައުލަތުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވާ ޕީޕީއެމް ނައިބް ރައީސްކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއްގައިވެސް ކުށްވެރި ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އެސްއޯއެފްގެ މައްސަލަ ނުބެލޭނީ ކީއްވެގެންތޯ އާއި ތަހުގީގު އިދަރާތައް ކޮބައިތޯ ފުލުފުލުފުގައި ޝިޔާމް ސުވާލު އުފެއްދެވިއެވެ. އެއަށް ފަހު ޝިޔާމް ކުރެއްވި ސަރުކާރުގެ ވުޒާރާތަކަށް ބޮޑެތި ތުހުމަތުތަކެކެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައްވެސް ބެލޭނެ އިދާރާއެއްވެސް ނެތް ކަމަށެވެ.

"ވުޒާރާ ވުޒާރާގައި ތިއްބެވި ބޭފުޅުން މަނީލޯންޑާ އެބަކުރޭ. ބޮޑެތި އަދަދުތަކުން ވަގު ޑޮލަރު އެބަ އަނބުރާ. މިކަންކަން ބަލާނެ ފަރާތެއް ނެތް. ވަޒީރުންވެގެން ބައި ހަދައިގެން ކުރާ ކަންތައް" ޝިޔާމް ވިދާޅުވިއެވެ.

އޭނާގެ ކަންބޮޑުވުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާއިރުވެސް އެކަން ބަލާނެ ބަޔަކު ނެތުމެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފުޅާނުވެގެން އުޅެނީ ގާނޫނެއް ނެތިގެން ނޫނެވެ. އެކަމުގައި މައްސަލައަކީ ދިވެހިންނަށް ފުރުސަތުތައް ތަނަވަސްވެފައި ނެތުމުން ކަމަށް ވިދާޅުވިއެވެ.

"ބިދޭސީން ހުރިހާ ވިޔަފާރިތަކެއްގައި. އެމީހުންގެ ނެޓްވޯކްތައް އެހާ ވަރުގަދަ. އެ ނެޓްވޯކްގެ ތެރެއިން ދިވެހިންނަށް ވިޔަފާރި ކުރެވޭނެ މަގުތައް ވަނީ ބަންދުވެފައި" ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދިވެހިންނަކީ ވަޒީފާގެ މާހައުލުގައި ކަންނެއް ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ފަހު ގާނޫނުތައް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

މި ބިލަށް ވާހަކަ ދެއްކި ގިނަ މެންބަރުންވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ބިދޭސީން ހިސާރުކޮށްފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ނުގެނެވެނީ ކީއްވެގެންތޯ މެންބަރުން ސުވާލު އުފެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގލޅ

    ނަސީދު ފެކ ކްޝަނުގެ މީހުން ތިބާވަތުގެ ކަން ކަން ކުރަން
    ފި ކުރާ ވާނެއެވެ.

    6
    1
  2. އަލްޖިބްރާ

    އެންމެ ފުރަތަމަ ކަލޭގެ ބޮލަށް ލައިގެން ތިދުވާ ޔާމީނު ސަރުކާރަށް ދައްކަންޖެހޭ ފައިސާތަށް ދައްކާށޭ ގޮވާބަލަ !

    2
    10
  3. އަބުދުﷲ

    ރަނގަޅު.!!! ތިކަން ހުއްޓުވަން ކުރަންޖެހޭކަމަކީ ސިޔާސީ މީހުން މުޅި އުމުރުގަ އަދާކުރި ވަޒީފާއާއި ހުއްދަގޮތުގަ ކުރި ވިޔަފާރިއާ މާލޫދު ސަލަވާތް ކިޔަވައިގެން އެއްޗަކާ ރީތިކަމުންނަމަވެސް ދިންމީހަކު އެނގިގެން ދިންފަެސާ ކަނޑާފަ ބާކީހުރި ފައިސާ ދައުލަތައް ނެގުމަށްފަހު ބާކީއަށް ވާވަރައް ބަރުމަސައްކަތާ އެކު ޖަލައްލުން.

    5
    1
  4. ަިައިބްރާހިމް ފަޔާޞް

    ކޮރަޕްޞަންގެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ އިސްލާމީ ޞަރިއްޔަތް ތަންފީޒް ކުރުން. ވައްކަން ކުރާ މީހާގެ އަތް ބުރިކުރަންވީ.