މާލެ ސަރަހައްދުގައި އިންފްލުއެންޒާ އަށް ފައްސިވާ އަދަދު ގިނަވެފައިވާ ކަަމަށާއި، ސެޕްޓެމްބަރު މަހުގެ މިހާތަނަށް އިންފްލުއެންޒާ އަށް ޓެސްޓު ކުރި 209 މީހުންގެ ތެރެއިން 68 ސުންކު އިންފްލުއެންޒާ އޭ އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތެރޭގައި އޭ، ބީ އަދި ސީ ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނޭ އިންފްލުއެންޒާ އޭ އަށް 68 މީހަކު ފައްސިވެފައިވާއިރު، އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ.

މި ބަލި ޖެހިގެން މީގެ ކުރިން ރާއްޖޭގައި ބަޔަކު ނިޔާވެސް ވެފައި ވެއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެެއްގައި ވަނީ މާލެ ސަރަހައްދުގައި މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. މިގޮތުން މި މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ވޭދަަނަ ރިޕޯޓްކޮށްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެެެއް ދިނުމަށް އެދިފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑް-19 ފަދަިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައްކަމުން، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލލ

    އިންފުލުއެންޒާ އާއި ކޮވިޑް އާއި ހުރީ ކޮންތަފާތެއްބާ؟

  2. މަރީ

    ތިހުރިހާ ވައްތަރެއްވެސް ފެތުރޭނެ އަދިވެސް ހުއްޓުމެއްނެތި އިންްއާއިން މީހުންގެނޭ

  3. ނަމަނަމަ

    އިންފްލުއެންޒާއޭ؟ އެއީ ކޯންޗެއް؟ 2020 ގެ ފަހުން ތިޔަބުނާ އެއްޗަކަށް ކިޔަނީ ކޮވިޑު

    4
    1
  4. ޖެރީ

    ރާއްޖޭގަ ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ތިރިކުރާ ދެ ގޮތް:

    1- ޓެސްޓު ކުރުން މަދުކުރުން.
    2- ބައްޔަށް އެހެން ނަމެއް ދިނުން.