މެއި މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން މި އަހަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އވެ.

އެޗްޕީއޭއިން އާންކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 294 މީހަކަށް ޑެންގީ ޖެހުނެވެ. އަދި އޭގެ ކުރިން މޭ މަހު 185 މީހަކަށް ޖެހުނެވެ.

އަދި އަރިދަފުސް ރޯގާވެސް މިދިޔަ މަހު ވަނީ ވަަރަށް ބޮޑަސް އިތުރުވެފައެވެ. މޭ މަހު 13.361 މީހަކަށް އަރިދަފުސް ރޯގާ ޖެހުނު އިރު މިދިޔަ މަހު 21،802 މީހަކަށް އަރިދަފުސް ރޯގާ ޖެހުނެވެ.

މެއި މަހު 1824 މީހަކު ބޭރަށް ހިންގާ ހޮޑުލި އިރު މިދިޔަ މަހު އެ ބަލި 2،376 މީހަކަށް ޖެހުނެވެ. މެއި މަހު ހަތަރު މީހަކަށް އިންފްލުއެންޒާ ޖެހުނު އިރު މިދިޔަ މަހު ހަ މީހަކަށް އިންފްލުއެންޒާ ޖެހުނެވެ.

މިދިޔަ މަހު ވައިރަލް ހުން އިތުރުވި ނަމަވެސް ފާނަ ބަސަންދާއި ލޮލު ރޯގާ ފަދަ ބަލިތައް އާާންމުކޮށް އުޅޭވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ރާއްޖޭގައި ރޯގާތައް އިތުރުވެފައިވާ އިރު ކޮވިޑް-19 މި ފަހުން ވަނީ އިތުރުވެފައެވެ.