ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން އެ ކޯޓުން މިރޭ އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/02/SC (ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާބެހޭ) ސަރކިއުލަރއާ އެއްގޮތްވާ ގޮތުގެމަތިން އުއްތަމަ ފަނޑިޔާރަށް ކަމަށެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ހަމަޖައްސާފައި އޮތީ އެ ކޯޓަށް ފޮނުވާ ސިޓީތައް ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރުމަށެވެ. އެގޮތަށް ހަމަޖެއްސީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ ސައީދު ހައްޔަރުކުރުމާ ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މިހާރު އައްޔަންކޮށްފައިވަނީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.