ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް އަތާރް މުޚްތާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްގުރްނައިން އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޕާކިސްތާނު ސަފީރު، ކުރެއްވި އިހްތިރާމް ޒިޔާރަތުގައި ކައުންސިލް ހިންގުމަށް ދިމާވެފައިވާ ދަތިތަކާއި އަދި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ދެމެދުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މުއިއްޒު، މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފަހުން ސިޓީ ކައުންސިލްގެ ހިންގުން ހަރުދާނާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަން ހޯދޭނެ މަގު ފަހިކުރުމަށް ތުުރުކީއަށް ރަސްމީ ދަތުރުފުޅެއް މުއިއްޒު ވަނީ ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ތުުރުކީގެ ކައުންސިލްތަކުން ވަނީ މާލެ ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިއްބެވިކަން ހާމަކޮށްފައެވެ.

މުއިއްޒު ވިދާޅުވާ ގޮތުން ނަމަ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭ މިންވަރު އަދިވެސް ކުޑައެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތައް މަޑުޖެހިފައި އޮތްކަންވެސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިތާ ބު

    އައްޗާ ހޭ@ ބުރާ ނެހީހޭ@ ޑރ މޭޔަރު ހަމާރާ ހޭ އައްޗާ ހޭ

  2. ނޫރު

    މިޒަމާނު މަސައްކަތްކުރެވޭނީ ގުޅިގެން ، ޑރ. މުއިއްޒް ަފަހަތަށް ނުބައްލަވާނެ، ޤައުމީ މަސައްކަތާއިގެންކުރިއަށް.