ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމީ ޖާޒީގައި ހުންނަވައިގެން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މިރޭ ހިތްވަރު ދެއްވައިފިއެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އެމަނިކުފާނު ގައުމީ ޓީމަށް ހިތްވަރުދެއްވާފައި ވަނީ ސިފައިންގެ ސެކިއުރިޓީ ބޮޑުތަކުރުފާނު މަގުން ބަހުގައި ގައުމީ ޓީމް ކުޅުންތެރިން ފަރިތަކުރުންތަކަށް ދިޔަ މަގުމަތީގައެވެ.
އެވަގުތުކޮޅުގެ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެނިގެން ދަނީ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެން ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާ މަންޒަރެެވެ. އަދި ކުޅުންތެރިން ވެސް ޔާމީނަށް އަތުގެ އިޝާރާތް ސަލާމް ކުރެއްވި މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެެވެ. އަދި ކުޅުންތެރިންގެ މޫނުމަތިން އެވަގުތު ހިނިތުންވެފައިވާ މަންޒަރު ފެނިގެން ދެއެވެ.
ރައީސް ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވާ މަރުހަބާ ދެންނެވުން. އެމަނިކުފާނު ހުރީ ގައުމީ ޓީމާއެއްކޮށް.🇲🇻 pic.twitter.com/OxyscoWgpt
— Centurion (@King_Cen12) October 12, 2021
މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނީ ތިން މެޗެވެ. ފުރަތަމަ މެޗްގައި ނޭޕަލްއާ ކުޅޭ ރާއްޖެ ބަލިވީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. ދެވަނައަށް ބަންގްލަދޭޝްއާ އެކު ކުޅުނު މެޗުން ރާއްޖެ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ނުކުތީ އަވަށްޓެރި ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މާދަމާރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.
ސަބަހޭ ރައީސް ޔަމީން ސަބަހޭ ގައުމީޓީމް އިންޑިޔާ އިންޑިޔާ އައުޓް ސަބަހޭގައުމީޓީމް އިންޑިޔާ އައުޓު ކޮލާ
މިއީ ދިވެހިންދެކެ އިންތިހާޔަށް ލޯބިވާ ދިވެހިންނަށް ކުރިއެރުމާ ކާމިޔާބަށް އެދޭ އޯގާތެރި ރައީސެއް ، ޔާ ﷲ އަދުއްވުންގެ ކެހިވެރި ރޭވުންތަކުން އަދި އެވެރިންގެ އަނިޔާވެރިކަމުން ރައީސް ޔާމީނު މިންޖުކުރައްވާދޭވެ އާމީން
ގައުމީ ޓީމް އިންޑިއާ ބަލިކުރާ މަންޒަަރު ބަލަން މަށާއި އަދި ޔާންޓެ މިތިބީ ކެތް މަދުވެފައި.
އިރާދަކުރެއްވިއްޔާ މިއީ ދިވެހިންގެ ފަހަރު.
ރައީސް ޔަމީނަކީ ފިސާރި ލީޑަރެއް. ދިވެހިގައުމީޓީމްދެކެ އަދި ދިވެހިންދެކެ އިންތިހާއަށް ލޯބިވާ ލީޑަރެއް. މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ގައުމީޓީމް މާދަމާ އިންޑިޔާ ބޮޑުތަނުން ބަލިކޮށް ފައިނަލަށް ގެންދާނެ. އިންޝާ ﷲ
ސަޅި
ގަވުމީ ޓީމާ ދިމާލަށް އެތަނުން ދެ ރިން ޑޮލަރ ބޮޑި ވައްޓާލިނަމަ.
ޔާމީނަކީ ޤައުމީ ޤައުމީ ބަޠުލެކެވެ. "ފުރަތަމަ ޤައުމު" ޝީޢާރުގެ ދަރިއެކެވެ. ދިވެހިވަންތަ ޝަޚުސިއްޔަތެކެވެ. ހިތްވަރު ގަދަ ލީޑަރެކެވެ. ބިރުން ފިލައިގެން ރައްކާ ނުވާނެ ފަރުދެކެވެ. މައްސޫލިއްޔަތުން އެކަހެރި ނުވާނެ ވެރިއެކެވެ.
ދައުލަތް ލޫޓުވާލައިފަ ހުރި ބޮޑު ވަގަކަށް ދިވެހި ޤައުމީ ޓީމުގެ ނަމުގައި ތިބިބަޔަކު ތިކުރި ހަޑުބުޑުދާރު އަމަލުގެ ސަބަބުން ތިޔަ ޓީމާއި ދޭތެރޭ ވަރަށް ނަފްރަތުވެއްޖެ. ބައްސާމު ރާވައިގެން ހިންޖި ޖަރީމާއެއްތީ.
ކަލޯ. އަހަރެމެން މާ ނަފްރަތުކުރޭ ކަލެޔާ ދެންވެސް ތިބި ރީނދޫ ބޮޓުންނާ ދީނާ ގައުމު ވިއްކާލަން ތިބި ހަޑި މުޑުދާރު ބައެއްގެ ފަހަތުން އަތް ޖަހަމުން ނަށާތީ. މިފަހަރު ދެން އިންޑިޔާއަށް ސަޕޯޓުކޮށްލާ އިންޑިއާ ޕާޓީ ކުދިންކޮޅު.
ނުހައްގުން ކަސްތޮޅުއަޅުއްވާފައިވާއިރުވެސް ހިތްވަރުދެއްވުމުންއެގެނީ ތިއީ ދިވެހިގައުމަށް ހެޔޮއެދި
ލައްވާދިވެހިދަރިންދެކެ ލޯބިވެލައްވާ ފުރިހަަމަގަޓްހުރި ދިވެހިދަރިއެއްކަން ބޮޑުޚަރަދެއްކުރައްވައިގެން
މެޗްބައްލަވަން ދަނޑަށްވަޑައިގަތުމުގެ ބޭނުމަކީ ކޮބައިތޯ ؟ ޔަށްޔިތުންގެލޮލުގައި އަނދުންއެޅުއްވުންތޯ މިއީ ބޭނުންވާގޮތެއްނޫން ބޭނުންވަނީ ދަތިހާލުގައިވެސް ހިތްވަރުދެއްވުން މިކަން ރ ޔާމީން ކުރެއްވީތީ ފަށްފަށުން ޝުކުރުދަންނަވަން ތިއީ ނަމޫނާ ބޭފުޅެއް ޔާﷲ ޢެމަނިކުފާނަށް ބައެއްގެ ރޭވުމަކުން ލިބިލައްވާނުހައްގު އަދަބުން ވަރަށްއަވަހަށް ސަލާމަތްކުރައްވާށި