އައްޑޫ ސިޓީގެ މީދު މަތިކިޅި ކައިރީގައި ދަނޑުވެރިކަންކުރާ ސަރަހައްދެއް ހަލާކުކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހަލާކުކޮށްފައިވަނީ އެ ރަށު މިނާ، ހައްވާ އަލި ދީދީގެ ދަނޑެވެ. ލޯނު ނަގައިގެން ދަނޑު ހައްދަމުން އަންނަ ހައްވަގެ ގާތް މީހަކު "ވަގުތު"އަށް ބުނީ އެކަން ކޮށްފައިވަނީ ސީދާ ކޮން ބައެއްކަމެއް ނޭގޭ ކަމަށެވެ.
އޭނާ ބުނީ ދަނޑުހަލާކު ކޮށްލީ މަގެއް ހަދަންށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަން އަންގާފައިނުވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން، އެއީ ކައުންސިލުން ހުއްދަދީގެން ކޮށްފައިވާ ކަމެއް ކަމަށް ދަނޑުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ. އާމްދަނީ ހޯދަމަށް ކުރަމުން އަންނަ މަސައްކަތަށް ގެއްލުން ދީފައިވާތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ހައްވަ އަންނަނީ ތައްޔާރުވަމުންނެވެ.
ދަނޑަށް ލިބުނު ގެއްލުންތައް :
- 250 ކެޔޮގަސް
- 80 ރުއް
- ރާނބާފަތް ދަނޑެއް
- 50 ސައްލި ރުއް
- 15 ކާށިކެޔޮ ގަސް
- 15 ރުއް
- އަނބު އަދި ގަސް
- ހެލަބެލި ގަސް
- 12 އުއްދަނޑި ގަސް
ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދުގައި މަގެއް ހަދަނީ ރަށު ތެރޭގައި ބޮޑުވާ ފެންގަނޑު ހިންދަން ހޮޅިވަޅުލަންށެވެ. އެ ހޮޅިން ބޭރުވާ ފެންދަނީ ރަށުގެ ކިޅިއަށެވެ. ކުރިން ނިންމާފައި އޮތީ ކަނޑަށް ހޮޅި ގުޅާ ގޮތަށެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ފެންގަނޑަކަށް ހޮޅި ގުޅާލާތީވެ އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީއައިއޭ ނަހަދާ ފެންހޮޅި އެޅުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު "ވަގުތު"އަށް ވިދާޅުވީ "އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް"އެވެ. ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މޭޔަރު ނުދެއްވައެވެ.
އައްޑޫ މޭޔަރު އެބުނާ ތަރައްޤީއަކީ ތިއީކަން ނޭގއ!
ރައްޔިތު މީހާޔަށް ހައްގުވާ މިންވަރު ހޯދައިދޭން ސޯލިބޭ އައީ ތިއޮތީ އެމީހުން އެބުނާ ހައްގުވާ މިންވަރު ދީފައި ކޮބާ އައްޑޫ މޭޔަރ ހޭވެރިކަން ވޭބާ
ގެއްލުމުގެ ލިސްޓް ހެދިމީހަކު ގޮވާގެންވެސް ކޯޓަށްދާންފެނޭ ، ހެހެހ