ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގަމުން ގެންދިއުން ހުއްޓާލައި، އެމިނިސްޓްރީގެ އިހްތިސޯސް އިން ފުލުހުން ވަކިކުރިކަން އަންގައިފިއެވެ.
ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ އަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ވަކިކުރީ މާޗް 27 ގައި ކަމަށް ސިޓީގައި ވިދާޅުވެފައި ވީނަމަވެސް ސިޓީ ފޮނުވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ފުލުހުންގެ މުއައްސަސާ އަކީ އެއްވެސް ވަޒީރަކު ޒިންމާ ވާން ނުޖެހޭ މުއައްސަސާއެއްގެ ގޮތުގައި ހެދުން ގާނޫނު އަސާސީ އާއި ހިލާފު ކަމަށް ބައެއް ވަކީލުން ވިދާޅުވެއެވެ. އެއީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެމާއްދާގައި އިތުރަށް ބުނެފައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ޙަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރިކަން ސަރުކާރުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ. ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ފުލުހުން ވަކިކުރިކަން އަންގައި ފޮނުވި ކަމަށް ބުނެ ދައުރު ކުރަމުންދާ ސިޓީ އާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އާއި ސުވާލު ކުރުމުން ވިދާޅުވީ އަދި ސިޓީ އާއި ގުޅޭ ގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެމިސްޓްރީގެ ބަހެއް މިކަމާއި ގުޅޭ ގޮތުން އަދި ނުލިބެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި މިނިސްޓްރީތަކުގެ މަސައްކަތްތައް ބަޔާން ކުރާ ބައިން ހޯމް މިނިސްޓްރީ ވަނީ އުނިކޮށްފައެވެ. ހަމައެކަނި ހޯމް މިނިސްޓްރީގެ މަސައްކަތްތައް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ނެތް ސަބަބެއް ސާފެއް ނުވެއެވެ. ކުރިއެކޭ އެއްގޮތައް އެހެން ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްތައް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ވެސް ފެންނަން އެބަހުއްޓެވެ.
ތިއީ ވަރަށް ރަގަޅު ނިންމުމެއް..
އޯކޭ ދެން ހުރިހާ މިނިސްޓްރީ އެއް ވެސް އުވާޅާ
27 މާރޗް 2021 އިން ފެށިގެން ހޯމްމިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުން ވަކި ކޮށްފައި ވާކަމަށް ވާނަމަ އެތާރީހުގެ ފަހުން ފުލުހުންނަށް ދީފައިވާ މަގާމުގެ ކުރިއެރުން ސައްހަ ވާނެތޯ
ހހހެހހެހެެހެ ސޭކު އިމްރާންނަށް ބޮޑުލަނޑެއް.
ﷲ ގެދީން އޮޅުވާލީމަ ތިލިބެނީ.
މީވާ ސަރުކާރެއް... ވަރަށް ސަލާން.
ދިރުބާންކޮޅު އެއްގަމައް އެހެލައި އަދާލަތު ޕާޓީ ޖަހާތަލަު ޕާޓީއަކަށްވެ ނިމިއްޖެ
ކުއްތާތައް ހޭރި ހޭރި އޮއްވާ ވެރިމީހާ އެކަނި މަގުމައްޗައް ދޫކޮއްލައި ގާފިލާ ރައްކާވެއްޖެއެވެ.
ސޯލިހުގެ މިނިންމުމަކީ ޤާނޫނު އަސާސީގެ 242 ވަނަ މާއްދާއާ ހިލާފު ނިންމުމެއް. ޤާނޫނު އަސާސީ މުގުރާލުމުގެ އަމަލެއް ހިންގާފަ މިވަނީ.
ނަންވާނީ އުތުރުކޮރެއާ
ސޯލިހް ގެ ފަހު މަރުހަލާ ޑިކްޓޭޓަރަކައް ވުމުގެ.
އިމްރާން ބޭރުކޮށްލާނެ ގޮތެއް ނެތިގެން އެއުޅެނީ.
އަދި ކިރިޔާ ތިރަގަޅު ވަނީ އިމްރާނަށް ރާކަނި މަސް އަދި އެ ކެވެންއުޅެނީ މހާރު ތުރުތުރު އަޅައަޅަ ހުންނާނެ
ފުލުހުންގެ އިދާރާ ހިންގަން ތިންފަރާތެވާނެ އެ އީ ކެނެރީގެ ދީފުރަންމާގެ އިންޑިޔާ ސަފީރު މިތިންފަރާތުން ކޮންބަ އެ އްކަން ކަޑަނޭޅިގެން އަދި އެ އުޅެނީ...މަބުރޫކު ބަލަމުންދަނީ ޖަވާބު ސާފު..
27 މާރޗް 2021 އިންފެށިގެން ނިމުމަކަށް ގެނަސްފައިވާކަމަށް ބުނާއިރު އެތާރީޚުން ފެށިގެން 14 އޮކްޓޯބަރ 2021 އާއި މިދޭތެރޭ އިމްރާން ސޮއިކޮށް ބޮޑެތި އެތައް ނިންމުމެއް ނިންމާފައި އެބަހުރި! އެކަންކަން ގަނޫނާ ޚިލާފަށް ނިންމާފައިވާކަމަށް ބެލެވޭނެނޫންބާ؟ އެނިންމުންތައް ބާޠިލްވާނެކަމަށް ފެންނަނީ!
އޭ ބަލަ އިމްރާނޫ
އެއީ އައްދިްޔޯ އޭ ނުގޮވަ ކަލޭ ބޭރުކުރަން އެޅި ފިޔަވަޅެއް.
މިސަރުކާރުގެ ރުހުން ކަލެޔަށް ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް.
ދެ ރައީސުން ޕާޓީ ކުރަން ގެންނަ މަސްތުވާތަކެތި އަތުލަންޏާ ވާނީ ތިޔަހެން. އެހެންޏާ 100 އިން 200 އިން ވިއްޔާ މި ނަގަނީ. އެކަށް ނުނަގާނަމަވެސްތާ ޕޮލިހުންނަށް ކޮމާންޑު ކުރަން ބެހެއްޓޭނީ.
އިމްރާނުގެ ކިބައިން އިމްރާންކަން ނޫން ހުރިހައި އެއްޗެއް ނަގަނީތަ؟ އޯކޭ ހަމަ
ކުރީގެ ގާނޫނުގައިވެސް އަދި މިހާރުގެ ގާނޫނުގައިވެސް ވަޒީރަކު ހުންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވޭ. އަދި ފުލުހުންގެ މުވައްސަސާ ވަކިވި ދުވަހުންފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައި ވަނީ ފުލުހުންގެ މުވައްސަސާ ހިންގާނީ ހޯމްމިނިސްޓްރީގެ ދަށުން ކަމަށް. އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް ޕޮލިސް ހިންގަމުންދަނީ ހޯމްމިނިސްޓަރުގެ ދަށުން. ކުއްލިއަކަށް ހޯމްމިނިސްޓްރީއިން ފުލުހުން ވަކިކުރުމުން މިހާރު ފުލުހުންގެ ފަރާތުން ޖަވާބުދާރީ ވާނެ މިނިސްޓަރެއްނެތް.
މިހާރު ބޮޑަށް ބެލެވެނީ ފުލުހުން ރައީސް އޮފީހުގެ ދަށަށް ގެންގޮސް ރައީސް އޮފީހުގެ މިނިސްޓަރަކު ބާރުނެތްގޮތަށް ބަހައްޓާފައި ހުންނަގޮތް ހަދާނެހެން.
ސޭކު ޢިމްރާނޫ! ތިބޭފުޅާއަކީ ގޭދޮށު ސަންގަށްހަދާ އަލިބެޔަށް މާކޯދޭހެން މަޤާމެއް ދީފަ ތިހުރީ ތިބޭފުޅާގެ އަނގަ ބަންދުކުރަން. މިހާވަރުންދާއިރުވެސް އެއްޗެއް ނުވިސްނޭތީ މަ ޙައިރާންވަން!
ކެޔޮގަނޑު ކަނޑާލާފި. ދެން ގަހުގެ ބޭނުމެއްނެތް.