މާލޭގެ ބޮޑު ސަރަހަދަކުން މިއަދު ކަރަންޓް ކެނޑިއްޖެ އެވެ.

މިއަދު ހެނދުނު 08:00 ކަންހާއިރު ކަރަންޓް ކެނޑުނުގޮތައް އަދިވެސް ގިނަ ސަރަހަދުތަކަށް ކަރަންޓެއް ނުލިބެއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ގިނަ އޮފީސްތަކުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފައެވެ. ބައެއް އޮފީސްތަކުގެ މަސައްކަތްތައް ނުފެށި، އަދި ހިދުމަތް ހޯދަން އޮފީސްތަކަށް ދިޔަ މީހުންނަށް ވެސް ހިދުމަތް ނުލިބި އޮފީސްތަކުގެ ބޭރުގައި ތިބި މަންޒަރު ފެނުނެވެ.

އަދި ބައެއް ކްލިނިކްތަކުން ވެސް ހިދުމަތް ނުލިބި ގިނަ ބަޔަކު ކްލިނިކްތަކުގެ ބޭރުގައި ވެސް ތިބި މަންޒަރު ފެނުނެވެ.

މާލެ އިން ކަރަންޓް ކެނޑުނު ސަބަބެއް ސްޓެލްކޯ އިން ނުބުނެއެވެ.

މާލެ އިން ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސްޓެލްކޯ އިން ބޮޑު މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އެއީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ އާއި މާލޭގެ ކަރަންޓް ގުޅާލުމުގެ މަޝްރޫއުއެވެ. އެމަޝްރޫއުގެ މަސައްކަތް ނިމި މިހާރު ހުޅުމާލެ އިން ވެސް މާލެ އަށް ކަރަންޓް ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަހުލާ

    ހެޔޮ

  2. ދޮދީ

    މާލެ އިން ކަރަންޓް ކެނޑުނު ސަބަބެއް ސްޓެލްކޯ އިން ނުބުނެ ކީއްކުރަން ތިޔަ އުޅެނީ؟

  3. ކާފަ

    ތިވާނީ ރިޔާސީ ވައުދު ފުޅަކަށް

  4. އުގުރި

    އެއީ ޔާމީނު ސަރުކާރުގެ ކަމަކުން ދިމާވި މައްސަލައެއް މިހާރު މި ހައްލު ކުރަނީ.

    2
    1