އދ.ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތަހްގީގު، ލ.އަތޮޅުގައި ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ގެއްލިފައިވާ ކަމަށް ބުނާ މަރިޔަމް ޝިމާގެ ތަހްގީގަށް ވީގޮތަށް އާތްވަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިމާ ގެއްލުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިތުރު މީހަކާއިއެކު ޑިންގީއެއްގައި ލ.ކައްދޫން ފުރައިގެން ލ.މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ޝިމާ ގެއްލުނީ އޭނާގެ ރަހުމަތްތެރިޔަކާއިއެކު ދަތުރު ކުރަމުން ދަނިކޮށެވެ. އިބްރާހިމް ފަޒީލް ނަމަކަށް ކިޔާ އެޒުވާނާ އާއި ފުލުހުން ސުވާލު ކުރި ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި އޭނާގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޝިމާގެ މަރާއި ގުޅޭ ގޮތުން އާއިލާ އާއި ރަހުމަތްތެރިން ފަޒީލާއި ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރެއެވެ. އެތުހުމަތުތަކަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަނގެތީގައި މަރާލި މަހްމޫދުގެ މަރުގައި ބައިވެރިވަނީ އެންމެ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަހްމޫދުގެ އާއިލާ އިން ވަނީ އެންމެ މީހަކަށް މަހްމޫދު މަރާލުމަށް ފަހު ދުރުގައި ހުރި ވަޅަކަށް ހަށިގަނޑު ވައްޓައިލެވިދާނެ ކަމަށް ގަބޫނުކުރެވޭ ކަމަށް ބުނެފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހްމޫދު މަރާލީ ސާލިމް އެކަނިކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ސަބަބުތަކާއި މެދު ފުލުހުން އިތުރަށް ސަމާލުވެ ތަހްގީގު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. "މަހްމޫދުގެ ތަހްގީގު ޝިމާގެ ތަހްގީގަށް ވީގޮތަށް އާތްވަށް އަރައިގެން ނުދާނެކަމަށް އުއްމީދު ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައި ހުރިނަމަވެސް މަހްމޫދަށް ބިދޭސީ މީހާ ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަހުލާ

    މަހްމޫދުގެ މައްސަލަ މިއީ އަޖައިބެއްކަހަލަ ކަމެއް.
    ތިބުނާ ބަންގާޅުމީހާ އާއި މަހްމޫދުގެ އާއިލާ އެއްވެސް މީހަކާއި ގުޅުމެއް އޮވޭބާ ؟

  2. މަ ހުވެއި

    ޝިމާގެ މައްސަލައިގައި ތުހުމަތުކުރާ ފަޒީލަކީ ޑްރަގުގެ ބޮޑެއް. ޑްރަގުގެ ތެރޭ އުޅޭ މީހުންނަކީ ފުލުހުންނާއި ސަރުކާރުގެ ބޮޑުންނާ ގޯތް ގުޅުން އޮންނަ ބައެއް. އެހެންވީމާ، އެމައްސަލަ ބަލާނީ ކޮން ގޮތަކުން. ފުރަތަމަ ކަމަކަށް އޭނާގެ އިންސާނީ ހައްގު. ހުރިހާ ކަމެއް ކާލާނެ. އެއީ ހުޅަނގުން ކުއްވެރިން ދިފާޢު ކުރަން ނަގާ ކަނޑި. އެކަމަކު އެމީހުންނަކީ ދުނިޔޭގެ އެންމެ ބޮޑަތި ޖަރީމާ ހިންގާ މުޖުރިމުން.