ރާއްޖެ، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އޮތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބިގެންދާ އިތުރު ބާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްގެންދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއްކަމަށާއި، އެހެންކަމުން އެކަމަށް ވިސްނައިގެން ދިވެހި ސަރުކާރުން އިންވެސްޓްމަންޓް މާހައުލު ތަރައްގީކުރުމަށް އިތުރު ފިޔަވަޅު އަޅުއްވާނެކަަމަށެެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން އިގްތިސޯދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކިދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި، ރާއްޖޭގެ މުޖުތަމައުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމަށެވެ.
އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020 ގައި ހުށަހެޅުއްވި ތީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ޕްރައިވެޓް ސެކްޓަރ ތަރައްގީކުރުމަކީ މި ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑަރގެ މައި އެއް ތަނބުކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭގެތެރޭގައި ތިމާވެށި ތަރައްގީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ހަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ، ދެފުއްފެންނާނެހެން، ބަދަލުނުވާނެގޮތަށް، އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ މި ވަގުތުގެ މީޑިއަމް-ޓަރމް އަމާޒަކީ ހަރުދަނާ އުސޫލެއްގެ މަތިން އިޖާދީކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަންއަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ހިދުމަތް ދިނުމަށް މަގުފަހިކުރުންކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އުމްރާނީ ތަރައްގީއާ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން އައު އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އެކި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ މާހައުލުވެސް ފެންނަންހުރި ގޮތެއްގައި ކުރިއަރައިގޮސްފައިވާކަމަށް ވިދާޅުވެފައެވެ.
ތިބާރުމަތީގައި އިންޑިޔަ އަތް އަޅުވައިގެން އޮތްކަމެއް މިބުރާންތީންނަކައް ހަމަނޭނގެނީވާބާވައޭ މަގޭހިތައްއެބައަރާ
އެބާރުވެރިކަން ތަބަކަށްލާފަ އިންޑިއާއަށްވެދުންތިޔަކުރީ ކިހާވަރެއްގެކަޓެއްލިބޭތީތޯ؟ ބާރުވެރިކަންދެމެހެއްޓޭނީ ކުރީގަވެސްއުޅުނުގޮތަށް ހުރިހާފަރާތަކާއެކުގުޅުންތައްބަދަހިކޮށް ވަކިބަޔެއްގެއުނގަށްނުވެއްޓި ޤައުމުގެމަސްލަހަތުއިސްކޮށްގެން!
މަ ހީކުރީ އިންޑިޔާ ކަނޑުގެ މެދުގަ ރާއްޖެ އޮތީމަ އެއްފަރާތަކަށް ޖައްސާލަން އުޅެނީކަމަށް…