ލ.ގަން ފޮނަދޫ ލިންކްރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލް ފުރޮޅާލީ ބާރު ސްޕީޑްގައި ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ވެހިކަލް ފުރޮޅާލިއިރު ވެހިކަލްގައި އިނީ އެންމެ ފުލުހެކެވެ. އެއީ ވެހިކަލް ދުއްވަން އިން ފުލުސް މީހާއެވެ.
ވެހިކަލް ދުއްވަން އިން ފުލުސް މީހާއަށް މިހާދިސާގައި އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެސަރަހައްދަށް ދިޔަ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފުލުހުންގެ ވެހިކަލް ފުރޮޅާލީ ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ބެންޑަކުން އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެކްސިޑެންޓްވިއިރު ވެހިކަލް ދުއްވަން އިން މީހާ އަށް ގެއްލުމެއް ނުލިބުނު ނަމަވެސް ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދަށް ދިޔަ މީހުން ބުނެއެވެ.
ފުލުހުންގެ ވެހިކަލްތައް ފުރޮޅާލުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގީ ވެސް ލ.އަތޮޅުގައެވެ. މިދިޔަ އަހަރު ލ.އަތޮޅު އިސްދޫގައި ފުލުހުން ދުއްވި ވެހިކަލެއް ފުރޮޅާލާފައި ވެއެވެ. އޭގެ ކުރިން 2017 ވަނަ އަހަރު ތ.އަތޮޅު ތިމަރަފުށީގައި ވެސް ފުލުހުންގެ ވެހިކަލެއް ފުރޮޅާލިއެވެ.
އެހެން މީހުންނަން ގަވާއިދާ ގާނޫނު ކިޔައިދީ އަމުރަށް ކިޔަވަންވުމަށް އަންގާ މީހުންގެ ހާލު މިހިރީ ދެން ގައުމު އިސްލާކުރާނީ ކިހެނެތް ؟
އާއްމު ރައްޔިތެއްނަމަ ލައިސަންސް ބާޠިލްކޮށް ލައްކަރުފިޔާއިން ޖޫރިމަނާކޮށް ވެހިކަލް ޓޯ ކުރާނެއެވެ. މި ފަހަރު ހަދާ
ގޮތެއް މިތިބީ ބަލަަން!!!!
ހެހެހެހެ....ފުލުހުން ފުލުފުލުން ފުލައް!
ހުރިހާ ކަމެއްގައި ނަމޫނާ ދައްކަން ޖެހޭ ފރާތްތަކުން އާދައިގެ މީހަކަށްވުރެ ބޮޑަށް ފަރުވާތެރިވާންވާނެ.
ފުލުސް މީހާ ވީމަ ބޮޑުބެންޑު ، އަޅުގަނޑު ވީމަ ޖޫރިމަނާ....
އޭ، ފުލުހުން ޖިޕުގަ މަހައް ދޭބެޔަ، ކިހާދެރަކަމެއްދެން މީ
އެހެންވީމާ ފުލުހުން އަތުންވެސް ވެހިކަލް އެއްޗެހި އެކްސިޑެންޓުވެ ފޮރޮޅާވެސް ލާތާ ދޯ؟ ޖޫރިމަނާއެއް އައިސް ދުއްވަން އިން މީހާގެ ލައިސަންސް ބާޠިލުވާނެބާ؟ އާއްމު ރައްޔިތު މީހާއަށް އޮންނަ އުސޫލު އޮންނާނެބާ.
ފުލުހުންގެ ވެހިކަލަށް އެރުނީމަ މިބައިގަނޑު ހީވަނީ ދުވިޔެރަންވެގެން އުޅޭހެން. ބްރިޖްމަތީގަވެސް ދުއްވަނީ ހަމަ އެހެން. ހީވަނީ ރާއްޖެހިފަން އަރާތިބި ބަރަކާ ކުރިމަތިލާން އުޅޭހެން. އަދި އަންހެންކުދިން ތިބިއްޔާ ވ ފޯރިހުންނާނެ ފޮނިދައްކަން
ފުލުހެއްނު؟ ދެން ތީގަ ކުށްވެރި ވާނީ ކާރު. އާއްމު ރައްޔިތެއްނަމަ މިހާރު އޮންނާނީ އުމުރުދުވަހު މަސައްކަތް ކޮށްގެންވެސް އަދާނުކުރެވޭ ވަރުގެ ޖުރިމާނާއަކާއެކު އަދި ބާރަށް ދުއްވީތީ ހުކުމްވެސް އައިސްފަ
ފޮނަދޫ ލިންކްރޯޑް؟؟
މިކަމުގަ ފުލުސްމީހާގެ ކުށެއްނެއް، މައްސަލަޔަކީ ތާކުންތާކު ނުޖެހޭ ގޮތަށް އަމާބުނީތީ ފަރަށްދާ ގޮތަށް މަގުތަށް ހަދާފަ ހުރުން، ހުރިހާ ރަށެއްގެ މަގުތަށްވެސް ހުރީ އެހާ ފޭކުކޮށް ހަދާފަ.