ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވީ ޖޫން މަސް ތެރޭގައެވެ. އެ ޕްރޮޖްޓްގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ވަނީ ނިންމައިލާފައެވެ.

އެމްޓީސީސީން މައުލޫމާތުދިންގޮތުގައި، އެ މަޝްރޫއުގެ ދަށުން 1.8 މީޓަރުގެ ސަރަހައްދެއްގެ ބިންހިއްކާފައި ވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައި ވެއެވެ.

މި ޕްރޮޖެކްޓްގެ އަގު 8.9 މިލިއަން ރުފިޔާއަށް އަރައެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަަޝްރޫއުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ އެމްޓީސީސީން - ފޮޓޯ: އެމްޓީސީސީ

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވާއިރު، މާލޭ ރައްޔިތުންނަށް އެތަނުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް އަޅާށެވެ. އެހެން ނަމަވެސް މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރައީސް ސޯލިހް ވަނީ ގުޅިފަޅުގެ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ ލަފާ ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ކަމެއް ނުކޮށްދޭނެ ކަމުގެ ހެއްކަކީ ހިންނަވަރު މީހަކު ފުރަތަމަ އެމްޑީޕީގެ ރައީސް އަކަށް އެހުރީވެސް ނިކަން ރައީސް ޔާމީން ހޮވާބަލަ 2023 ގައި މާލޭ ރައްޔިތުންނަށް ކަމެއް ކުރަން ކެރެންޏާ ގުޅިފަޅާ ތިލަފަޅަށް ދެން ވާގޮތް ފެންނާނެ އޭރުން

    1
    1