ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޝާހިދު ވިދާޅުވީ މިއާއެކު ދެ ގައުމުގެ މެދުގައި ސަގާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ. ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނީ އަންނަ ޖެނުއަރީން ފެށިގެންނެވެ.

ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ހަމައެއާއެކު އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ގައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    ޝާހިދޫ، އެންޓާޓިކާއަށް ވިސާއާއި ނުލާ ދެވޭގޮތް ހަދައި ދެއްވާ...