ފ. ނިލަންދޫގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަނިޔާވި އަންހެނަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

މިއަދު ހެނދުނު ހިނގާދިޔަ އެކްސިޑެންޓާއި ގުޅިގެން އިތުރު ފަރުވާއަށް ގެނެސްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "ވަގުތަށް" ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:45 އެހާކަންހާއިރު ކަމަށާއި އެކްސިޑެންޓް ހިނގި ވަގުތު ފުލުސް މީހާ ދިޔައީ ޔުނިފޯމު ލައިގެން ކަމަށެވެ.

"އެގަޑީ ދޮށީ އުމުރުގެ މީހަކާއި ޒުވާން އުމުރުގެ އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން އެކްސިޑެންޓްވީ. ފުދޭވަރަކަށް ބާރަށް އެކުއްޖާއަށް ދުއްވިފައި ވަނީ" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، މި އެކްސިޑެންޓްގައި ޒުވާން ކުއްޖާއަށް މާބޮޑެތި އަނިޔާތަކެއް ނުވާ ކަމަށާއި ބޭސް ފަރުވާ ކުރުމަށްފަހު އެކުއްޖާ ދޫކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ދޮށީ އުމުރުގެ އެ އަންހެން މީހާގެ ބޯ ފަޅައިގެން ގޮސް ގޯސްކޮށް ވާހަކަ ދައްކާތީ އިތުރު ފަރުވާ ކުރަން ޖެހޭތީ މިއަދު މެންދުރު ފަހު މާލެ ފޮނުވާފައިވާ ކަމަށެވެ.

"ރަށުގެ ސީއެމްބިއުލާންސްގައި ކަނޑު ގަދަކޮށް އޮންނާތީ ނުދެވޭނެތީ އެމްއެންޑީއެފް ސީއެމްބިއުލާންސްގައި 2:45 އެހާކަންހާއިރު މާލެ ފޮނުވާލެވުނީ" އަލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ތިވެސް އާއްމު ރައްޔިތެއްގެ ސައިކަލުން ތިބުނާ ފުލުހެއްގެ ގައިކޮޅު ގައި ޖެހި އަނިޔާ ލިބުނުނަމަ ރައްޔިތުމީހާގެ މުޅި އުމުރު ނިމުނީ.

  2. ހިމް

    ދުއްވިފައި ވަނީއެއް ނޫން، ދުއްވާފައި ވަނީ. ކަނޑައެޅިގެން ގަސްތުގައި ބާރަށް ދުއްވުމުންވެސް ކައުންސިލް ރައީސް މިއުޅެނީ ނޭނގި ބާރަށް ދުއްވުނީ ކަމަށް ހަދަން ތޯ؟

  3. ބަކަރިމަސް

    މި މީހުން ރައްޔިތުން ޖޫރިމަނާ ކުރޭ ބާރަށް ދުއްވީމަ.. މި މީހުން ހެޔޮ އުދުހިފަ ސައިކަލުގަ އުޅުނަސް.. މި މައްސަލަ ނުބަލަނީ ކީއްވެ

  4. ފާފު

    ތިޔަ ރަށު މީހެއްގެ އިސްތައްޓަކު ރިއްސާލިޔަސް ތި ކިޔާ ސީ އެމްބިއުލާންސް ތައް ރެޑީ ކޮއްދޭނެ އެކަމު ތި އަތޮޅު އެހެން ރަށެއްގެ މީހަކު ކިތަންމެ ހާލު ދެރަވިޔަސް އަވަސްކޮށެއް ނުދޭނެ.