ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެލެކްސް އަހްމަދު ނަމުގައި ޓްވިޓާ އެކައުންޓެއް ހިންގަމުން އަންނަ ވާހަކަ ދެކެވޭތާ އަހަރުތަކެއް ފަހުން އެމަނިކުފާނު ވެސް ވަނީ ސިއްރު އެކައުންޓްގެ ފަހަތުގައި ހުރީ އެމަނިކުފާނު ކަމަށް ދާދި ފަހުން އެއްބަސްވެފައެވެ. އެލެކްސް އަހްމަދު އަދި މިހާރު އެމްއެން އަންއޮފިޝަލް ނަމުގައި ބޭނުން ކުރާ ޓްވިޓާ އެކައުންޓަކީ ނަޝީދު ބޭނުން ކުރައްވާ އެކައުންޓެއް ކަމަށް އެމަނިކުފާނު ވަނީ ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުން ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓްތަކަށް ބަލާފައި ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ ވެސް ނަޝީދުގެ އެކައުންޓެކެވެ. ހަސަން ކުރުސީ އަކީ ނަޝީދު ވަރަށް ކުރިއްސުރެ އެމަނިކުފާނުގެ ބައެއް ހިޔާލީ ވާހަކަތަކުގައި ބޭނުން ކުރެއްވި ނަމެކެވެ.

1999 ވަނަ އަހަރު އެ މަނިކުފާނު ޝާއިއުކުރެއްވި 60 ސަފުހާގެެ "ކޮންޓްރޮވާޝަލް" ވާހަކަ "ހިތާ ހިތުގެ ގުޅުން" ގައި ވެސް ހަސަން ކުރުސީ އުޅެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަސަން ކުރުސީގެ ގޮތުގައި ނަޝީދު ލިޔުއްވާފައި ވަނީ ނަޝީދަށް ދިމާވި ކަންކަމެވެ.

މިހާރު ވަރަށް ބޮޑަށް ސަމާލުކަން ލިބިފައިވާ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގެންދަނީ އާއްމުކޮށް ވާހަކަ ނުދެކެވޭ ބައެއް މައުލޫތަކަށް ވެސް ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުސަތު ދިނުމުގެ މައުލޫ ވެސް ހިމެނެއެވެ.

އޭގެ އިތުރުން އިންޑިއާގެ ދިފާއުގަ އާއި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް ގޮވާލައި މިއެކައުންޓުން ގެންދަނީ ތަކުރާރުކޮށް ޓްވީޓް ކުރަމުންނެވެ. ޓްވީޓްގެ ބަސްމަގު ހުންނަ ގޮތުން މިއީ ނަޝީދުގެ އެކައުންޓެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މިކަމަށް ބާރުލިބޭ އިތުރު ހެއްކެއް ނެތެވެ.

އެލެކްސް އަހްމަދުގެ އެކައުންޓް މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ. ނަމަވެސް ކުރިން ޓްވީޓް ކުރި ގޮތައް އެއެކައުންޓުން މިހާރު ޓްވީޓް ކުރަމުންނެއް ނުދެއެވެ.

އެލެކްސް އަހްމަދުގެ ނިވާފަތްގަނޑުގައި ހުރެ ނަޝީދު އެތައް ދުވަހެއް ވަންދެން ދެއްކި ވާހަކަތައް ހަސަން ކުރުސީގެ ނިވާފަތްގަނޑުގައި ހުރެވެސް ނުދައްކާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެމަނިކުފާނު ވަނީ އެލެކްސް އަހްމަދުގެ ނަމުގައި ވެސް ދިވެހިންނާއި ބީރައްޓެހި ކިތައްމެ ހިޔާލެއް ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އެލެކްސް ގަންޖާ

    މުނާފިޤު

    33
    1
  2. މޫސަ

    ވައްކަން ނުކުރާނެ އެއްވެސް އެއްޗެއްނޯންނާނެ އެެހެންނުވާނީ މިގައުމުގެ އުފެދުނު މުލުވަގަކީ އެއީވީއްޔާ އެހެންވީމާ މީނާ ކޮންމެއެއްޗަކުންވެސް އަދި ކޮންމެ ކަމަކުންވެސް ކުރާނި ވައްކަން ފަސްމާރި

    30
  3. ސަހުލާ އަލީ

    ހިތްވަރެއް ނެތް ހިޔަޅެއް މިނޫނީ ހަމަގައިމު ނުދެކެމޭ
    ހިތްތަކުގެ ވެރިޔާއަށް ޖެހިފައިމިވާ ހާލަކީ މާޔޫސްކަމެއް ކަމުގައި ހަމަނުވޭ

    ތިރިތިރިން އުދުހުނަސް ކާޅުބާޒަކަށްނުވާނޭ ބުނީމާ ރުޅިނިވައްޗޭ
    ތިހިރަ މަނީހެއިސްޓް މާސްކުގައި ފޮރުވިފައިވަނީ ހަމަ އަމިއްލަ އެދުމޭ

    ބަލާވެރިކަން ރަށްބު ޖައްސާނެތޭ އާފިލުންނަށް
    ނަށާބަޔަކަށްވެއޭ ރޭދުވާ އއޮޅުވާލިޔަސް އެމީހުންނަށް

    32
  4. ސީ ކުރުސީ

    އެ ހަސަން ކުރުސީ ހުރީ މިހާރު ވެރި ކަމުގައި

    16
    1
  5. ސަސި

    މި ކަލޭގެ ކޮއްފަ ނުކުރާނެ ކަމެއް ނޭންގޭނެ، ނަސީދު، އަންނި، އެލެކްސް، ކުރިސީ އަކީ ވެސް ހހހއެކެއް

    23
  6. Anonymous

    ހިތުހުރި ވަރަކަށް ބަވާލަބަލަ. އޭރުން އެގޭނެ ވގ އެކައުންޓަކީވެސް...... އްކަން

    20
  7. ސަމީރު

    ތިކަހަލަ ކޮންމެ ނުބައި ކަމެއް ގެ ފަހަތުގެ އޭނަ ހުންނާނެ!

    27
  8. ކަތްދައިދި

    ތިކަލޭގެ ވެރި ކަމުގަވެސް އުޅުނު ނޫންތޯ ބަނގުރަލާ އޫރުމަސް އާއްމުން ދިރިއުޅޭ ރަށްްރަށުގަ ވިއްކަން ވެގެން. އޭރު އެންމެބޮޑަށް ދެކޮޅުހެދި ކަލޭގެ އިމްރާން މިހާރު އެކަމަށް ތާއީދު ކުުރާނެ. ދެން އެންމެ އަވަހަށް ތިޔަ އެކަޢުންޓުންް ޓްވީޓްކުރާނީ އަލްމާނީ ވެރިކަމެއް މިރާޢްޖެއަށް ބޭނުންވާހަކަ.
    އެއީ އެކކަލޭގެ ޑެންމާރކްގަވެސް ދެއްކި ވާހަކަ . ދައްކަަވަން ހުރި ކަމެއް ދައްކަވާފަ މަރުގަންނަވާނީ

    15
  9. ޙަަަހަ

    ތީނުލަފާމީހެއް ، އޭނަކަމެއް ބޭނުންވެގެން ކޮށްފަނުކުރާނެކަމެއް ނޯންނާނެޔޭ ބުންޏެއްނު ، އަދިވެސް ދިވެހިންނަށް ވިސްނޭކަށްނުވޭތަ ، ނޫނީ ފައިސާއާއި ޖާހުގެ ދަހިވެތިކަމުގައި މީނާނޫންގޮތެއް ނެތީބާ

    14
  10. ގަންޖާ

    ގަރުނުގެ ބޮޑު އަބޫޖަހުލު ފާޅުވަނީ! މުސްލިމުންގެ ބިންތަކުން ކުރިންވެސް މި ކަހަަލަ ޔަހޫދީ ޖާހިލުން ފާޅުވީ! ދެންވެސް އެކަންވާނީ އެހެން! އޭރު މީސްތަކުން ވަރަށް ޖާހިލުކަންމަތީ ޢިލްމެއް ޙިލްމެއްނެތް! މިއަދު ތަންދޮރުދަނެ ޖާހިިލުންގިނަވެ މި ފަދަ ނުބައި ބޮޑެތި މުނާފިގުންނަށް ބައިއަތު ހިފުމަކީ ފަހު ޒަމާން އަތުވެއްޖެ ކަމުގެ ބޮޑުވެެގެންވާ ޢަލާމާތެއް!

    15
  11. ހުސޭނުބޭ

    މީނަ ވަރަށް މޮޅު ވަގު އެކަުންޓްތައް ހިންގަން! މީސްމީހުނަށް އޮޅުވާލައިގެން ފައިސާ ހޯދާ ވަގު އެކައުންޓެއް ނުހިންގާތަ އަނެއްކާ!

    13
  12. Anonymous

    އެލެކްސް އަށްވުރެ އިބޫ މާ މަކަރު އެހެންވެ ކިނބޫ ކަރުނަ އެހާގިނައީ ބުއްޅަ ކުޑަ މަޖުނޫން ވައްތަރު ގަދަވެފަ އަބަދު ނައިސްވެފަހުންނާތީ ގަޅި ގޮތެއްހުންނާތީ ހީހީފައި މޮޔަގޮވަނީ އަސްލު އިބޫ ގެ ނަންމަތީ ވެރިކަން އެކުރަނީ އަންހެން ގޭންގެއް ދިވެހިން ދެން ބާރަށް ހީހީފައި އަތްޖަހާ

    10
  13. ޢަލީ

    މީނަގެ ނަން ބޮކްސިއްޔާ އަށް ބަދަލުކުރަންވީ

    13
  14. ޢަލީބުރިސިޔާނާ

    މީނަގެ ނަން ބޮކްސިއްޔާ އަށް ބަދަލުކުރަންވީ

    11
  15. Anonymous

    އޭނަގެނަން ސައްތާރު ބޯކިބާ ކިޔަންވީނު

    11
  16. Anonymous

    އޭނަ ކޮންމެ ނަމެއްގައި ނިކުތަސް އެނގޭނެ

    14
  17. މަށެއްނޫނޭ

    ކޮންމެ އެކައުންޓަކުން ޓްވީޓް ކުރިޔަސް ހެޔޮ އަދިފަހުން އަމިއްލައައް ތިޔަޓްވީޓް އެކައުންޓާ ހަވާލުވާނެ އެއްވެސް މީހަކު އަޅާނުލީމަ ބުނާނެ ތީމަށޭ މަށަކީ………

  18. ބުރުސީ

    ނޫން ހަމަ އެއްކަމެއްވެސް ނެތީއޭ ވަގުކަލޭގެ.

  19. ލެއްގިބަބުރު

    ސައްކެޔޮގަހުމަކުނު ކިޔާބަލަ

  20. އަހުމަދު

    ފިނޑި މީހެކޭ

  21. Anonymous

    ދިވެހި ގައުމުގެ ހަލާކޭ ޖެހިއްޔާ ވަރަށް ރަނގަޅުވާނެ.

  22. ކޮރު ސީ

    ވަގަކަށް ރައީސްކަން ލިބުނަސް ވާނީ ވަގަކަށެވެ. ކޮރު މީހަކު ސީ ލިޔަސް އެޔަކަށް ކޮރު ސީ އެކޭ ނުކިޔާނެއެވެ. އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާ ތަނުގައި ލަނޑަޔާ ވާނީ ލަނޑަޔާއެވެ.