ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރަށް ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ދެކުމަކީ އިޤުތިސޯދީ އަދި މާލީ ގޮތުން ބަލާއިރު ހިޔާލީ ފޮލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދަރަނީގެ އަދަދު ބޮޑުވާ މައްސަލައަކީ ހުރިހާ އެންމެންނަށްވެސް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރާ އެ ފައިސާ ދެއްކުމަށް "ފުރޮޅޭ ވަގުތުތަކުގައި ދައުލަތުގެ ހަޒާނާގައި ސަރުކާރުގައި އެ މިންވަރަށް ފައިސާ ހުރުމަށް" ކަމަށް ވިދާޅުވިއެވެ.

ދައުލަތުން ނަގާފައިވާ ލޯންތަކަށް އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭތީ އެ އަދަދަށް ބަޖެޓްގައި ފައިސާ ހިމަނާފައިވެ އެވެ.

"އެ ފައިސާ ދައްކަން ޖެހޭ މުއްދަތުތަކުގައި އެ މިންވަރަށް ޓްރެޝަރީގައި ފައިސާ ބެހެއްޓުމުގެ އަންދާޒާއެއް މި ބަޖެޓުން އެބަ ފެނޭ. އަޅުގަނޑަށް ފެންނަ ގޮތުގައި އެ މިންވަރަށް އެ ފައިސާ ހުންނާނެ"

އެމަނިކުފާނު ވިދަޅުވީ މިދިޔަ އަހަރު ކުރެވިފައި ހުރި ހަރަދުތަކުގެ ތެރޭގައި ލަފާކުރެވޭ ގޮތުގައި މި އަންނަ އަހަރު އަދާކުރަން ޖެހޭ ދަރަނި ބޮންޑެއްގެ އެއްބައި މި އަހަރު އަދާކޮށްފައިވާއިރު އަންނަ އަހަރު އެ ހަރަދު ހިނގާނެ ގޮތް ބަޖެޓުގައި ފާހަގަވެފައިވާ ކަމަށެވެ.

ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން ވަނީ ވަރަށް ތަފްސީލީ ރިޕޯޓެއް ހަދާފައެވެ.

"މަޖިލީހުން ދެކެނީ ދަރަނީ ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް. ހަމަ ކަށަވަރުން ރިޕޯޓްގައި ބުނަނީ 2.9 ބިލިއަން ނުދައްކާ ގޮތަކަށް ކަންކަން ހިންގުން އެއީ ބޭނުންތެރިކަމެއް"

އެ 2.9 ބިލިއަނާ 2022 ވަނަ އަހަރު ދައްކަން ޖެހޭ މިންވަރު އަދި 2023 ގައި ދައްކަން ޖެހޭ މިންވަރު އިތުރުވޭ އެ ފައިސާ މި ދެ އަހަރު ނުދައްކާ އިތުރު ގްރޭސް ޕީރިއަޑެއް ހޯދުމާއި ޑެޗް ރީސްޓްރަކްޗަރިންގެ ބަހުރުވައިން ނަމަ ހެއާ ކަޓެއް ނުވަތަ ޖުމްލަ އަދަދަށް އުނިކަމެއް ގެނައުމާއި އިންޓްރެސްޓް ރޭޓަށް ކުޑަ ބަދަލެއް ގެނައުމަށް ގެނައުން.

ނަޝީދު ވިދާޅުވީ ދައުލަތަށް ދިމާވާނެ އެންމެ ބޮޑު ބުރައަކީ، ދަރަނި އަނބުރާ ދެއްކުމުގެ ފައިސާއެއް ނުލިބުން ކަމަށެވެ.

އެހެންކަމުން އެހެން އާމްދަނީ ވަރަށް ބޮޑުތައް އިތުރުވެގެން ނޫނީ ދަރަނި ދައްކަން ފުރިހަމައެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އެ ފަދަ ބޮޑު ބަދަލެއް އާމްދަނީއަށް އަންނާނެ ކަމަށް ދެކުން އެއީ އިގްތިސާދީ މާލީގޮތުން ދެކޭ ގޮތުގައި ހިޔާލީ ފޮލާއެއް"

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލަގިރި

    އެހެންވެތޯ 800 މިލިއަން ލޯން ހޯދައިގެން ވިިލިމާލެ ބްރިޖްއަޅަނީ..ބަޖެޓް ފޫބައްދަން ނޫޓް އުތުރެނީތޯ ބްރިޖް ދަށުން.. ފޫނުބެދޭ މީހުން ލައިގެން ފޫނުބެދޭ ކަންކަން ކުރަންވީމަ ވާނެގޮތް ވިސްނާ. އަލީ ހާޝިމްއާއި އަމީރު ރަންގަޅުވާނީ އަކިރި ގުނަން ފުއްޓަރަށް ބާލަން. ނަޝީދު ފަންޑުނަގާ ޖަމިއްޔާ ކޮރަލް އެދެމީހުންނާވީ ހަވާލުކުރަން

  2. ހުސޭނުބޭ

    އެކަމަކު މީނައެއްނު ޔާމީނު ސަރުކާރުގައި ދަރަނި ބޮޑުވެގެން ރެވިތެޔޮލައިގެން އުޅުނީ! މިހާރު މި ގޮވަނީ ފަޅޮލޭ!

  3. ގުލްޝަން ކިނާރާ

    ވަޓް އެވާރ އެލެކްސް. ބަޓް ސްޓިލް ނޯގޯތި ނޯވޯޓް.
    # ކެހިވެރި ފަތިސް

  4. އަހުމަދު

    ދެންވެސް ނަޝީދައް ވޯޓު ދޭތި. ގައުމު ހަލާކުވިޔަސް. ބޯހަލާކު

  5. ޣގ

    ހިލޭ އެހީގެ ގޮތުގަ އިންޑިއާއިން ދިން ފައިސާ އެއްފަހަރާ ދައްކަންޖެހުނުގޮތް އަހާލިނަމަ.

  6. ޔާމީން

    ރަގަޅު ވާހަކަ ދައްކަންވެސް އެނގޭ ބޭފުޅެއް..

    1
    1
  7. ޢާޅިމް

    އިންޑިއާއިން ވެސް ހަމަ ނެގީ ދަރަންޏެ އެވެސް ދައްކަންޖެހޭނެ. އަބަދު ޗައިނާއިން ނުނެއްޓިގެންދޯ