ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން ގާއިމުކުރި 50 އަހަރުގެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރު މާލެ އާއި ދެކުނުގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފެންވަރު ރަނގަޅު ބަސްތަކެއް ގެންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އާއި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

އަދި އެމްޓީސީސީން މަސައްކަތް ކުރަނީ އަންނަ އަހަރު އެ ސަރަހައްދުތަކުގެ ބަސް ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި އަންނަ އަހަރު ނިމުމުގެ ކުރިން ބަސް ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކޮށް ރަނގަޅު ފެންވަރެއްގެ ބަސްތަކެއް ގެނެސް ބަސްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ދަތުރު ކުރެވޭނެ ނިޒާމު ހަމަޖައްސަން." އާޒިމް ވިދާޅުވިއެވެ.

މީގެކުރިން، ބަސް ދުއްވުމުގެ ކަންކަން އެމްޓީސީސީން ކުރަނީ ހުޅުމާލޭގައި އެކަންޏެވެ.

އެކަމަކު، މިހާރު މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން 50 އަހަރުގެ އެއްބަސްވުމެއް ވަނީ ހަދައިފައެވެ. މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގައި ބަސް ދުއްވުމުގެ މަސައްކަތާ އެމްޓީސީސީ މިހާރު ވަނީ ހަވާލުވެފައެވެ.

އާޒިމް ވިދާޅުވި ގޮތުގައި، އެމްޓީސީސީއާ ބަސްތައް ހަވާލު ކުރި އިރު ގިނަ ބަސްތަކެއް ހަލާކުވެފައި ހުރި ހުރި، ބަސްތައް ބަހައްޓާނެ ތަނެއް ވެސް ނެތް ކަމަށެވެ.

އަދި ބަސްތައް މަރާމާތު ކުރާނެ ތަނެއް ވެސް ހެދިފައި ނެތް ކަން އާޒިމް ފާހަގަކުރެއްވިއެވެ.

"އެމްޓީސީސީއާ ހަވާލު ކުރެވުނު އިރު، ބަސްތައް ހިންގުމުގެ ނިޒާމެއް ނެތް. އެ ނިޒާމު ހަރުދަނާ ކުރުމަށް ވަގުތު ނަގާނެ،" އާޒިމް ވިދާޅުވިއެވެ.

އެ ކޮންޓްރެކްޓްގެ ދަށުން އާ ބަސްތައް ގެނެސް ފެރީތައް ރަނގަޅުކޮށް، ބަސްތައް މަރާމާތު ކުރާ ތަންތަން ހެދުމަށް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޓީސީސީގެ ޑޯކްޔާޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ވެސް ވަގުތު ނަގާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިހާރު ހުރި ފެންވަރުން އެހެން ފެންވަރަކަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް." ޑޮކްޔާޑް ތަރައްގީ ކުރުމާ ބެހޭ ގޮތުން އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޝުކުރު.

  ބަހުގެ ފެންވަރު ދަށްވެގެން ނޫން މިއުޅެނީ. ހުޅުމާލެ މާލެ ދަތުރު ކުރާ ބަސްތަށް ގަޑި އަށް ނާންނާތީ އެއްމެ ބޮޑު މައްސަލަ އަކީ. ވިއްސާރަވެއްޖެ ނަމަ ބަލާނެކަމެއް ނެތް ހެދުނުގަޑީގަ ބަސް ނާންނާނެ. ބަސް ނައިސްގެން ރަޔިތުމީ ހާ އަށް ލިބޭ ގެއްލުމުގަ ޒިއްމާވާނެ މީގަކުވެސް ނެތް. އޮފީހަށްް ގަޑި ޖެހެނީ، ސްކޫލަށްް ގަޑި ޖެހެނީ، ގެޔަށް ، ބަދިގެޔަށަ، ފާޚާނާތަށް މިހެން ގޮސް އަމުދުން އެގްޒާ އެއް އޮންނަ ނަމަ ބަހަށް މަޑު ކުރަން ހެޔޮ ނުވާނެ. މީ ފުރަތަމަ ރަންގަޅު ކުރަންވީ ކަމަކީ. އިތުބާރު ހިފޭ އެއްޗަކަށް ހަދަންވީ.

  19
 2. ޙގ

  ފެންވަރު ރަގަޅު ބަސް މިހާރުވެސް ހުންނަނީ. ޜަގަޅު ކުރަންވީ ބަސް ރޫޓްތަކާއި ބަހުގަ ދާތަނަކަށް ދާން ހޭދަވާ ވަގުތު ކުޑަ ވާނެ ފަދަ އިންތިޒާމްއެއް. ޙުޅުމާލެއިން މާލެއަށް ދާން 45 މިނެޓްވީމަ އެއީ ބޮޑުވަރެއް ދެއްތޯ؟

  20
  • ހަސަނާ

   ވެސްޓުޕާކުން ބަހައްއަރާ މާބަޑު އަންހެނާވެސް ހުޅުމާލެ އެންމެފަހުގެ ބަސްތޮޕުއައް ފޭބެނީ 1 ގަޑިއިރުން..

 3. އަބްދޫ

  މާލެޔަކު ތިޔަބަސް ދުއްވާނެކަމެއްނެތް. އައްޑޫ ފެދޫއާ ހިތަދުއަދެމެދު ދަތުރަށް ބަސްތައް އޯކޭ. ލ ގަމުން ފެށިގެން ގުޅިފާ ހުރި ރަށްތަކަށް ބަސް އޯކޭ. މާލެ ފުނިޖެހި ސައިކަލް ދުއްވާލެވެން ނެތް އިރު މަގުފުރޭވަރުގެ ބަހެއް ބޭނުނބނުވޭ. މިހާރު ހުރި ބަހުން ހުޅުމާލެއާ މާލެއާދެމެދު ފުދޭވަރުވޭ.

  3
  2
 4. އއ

  ފޭސް 2 އިން މާލެ އަށް ޑައިރެކްޓް ބަސް ބާއްވަން ނުވޭތޯ. 3 މަސް މިވަނީ ރައްޔިތުންތަކެއް ބިކަވެފައި. އެެއްބަހުން އަނެއްބަހަށް ބަދަކުކޮށްކޮށް ތި ތިއްބަވަނީ އެއްވެސް ފިކުރެއްނެތި. ފޭސް 2 ގައި އުޅޭ ރައްޔިތުން ދަތުރެއް ކުރުމަށް 4 ގަޑި އިރު ދެކޮޅަށް ހޭދަކުރަންޖެހޭ. ފޭސް 2 ގެ ބަހުން ފޭސް 1 ގެ ބަހަށް ގޮސް ދެން މާލެއަށް ދިއުމަށްޓަކާ ބަސް ހޯދުމަށް ސްޓޮޕްގައި ގިނައިރު ތަކެއް ހޭދަކުރަންޖެހޭ. އެއްބަހާ އަނެއްބަހާ ވަގުތުގެ ގޮތުން ދިމަލެއް ނުވޭ.
  ފޭސް 2 ގެ ބަސް ކެޓީމަ 40 ރުފިޔާ ދީފައި ފޭސް 1 އަށް ގޮސް އަނެއްކާ މާލެ ދާ ބަހާ ދިމާނުވުމުން 75 ރުފިޔާ ދީފައި ޓެކްސީއެއްގައި ދާން މިޖެހެނީ.. މާލޭގެ ކޮންމެ ހިސާބަކަށް ޓެކްސީ އެއްގައި 25 ރުފިޔާއަށް ދެވޭ.. އެކަމަކު ފޭސް 2 އިން ފޭސް 1 އަށް ދާން މި ނަގަނީ 40 ރުފިޔާ.
  މިއީ ބޮޑު ވަރެއް. ތަނުގެ ކުއްޔަކީ 8500ރ. ދަތުރުކުރުމަށް 3960 ރ މަހެއްގެ މަށްޗަށް ޓެކްސީގައިއެއްގައި ދާނަމަ ޚަރަދުވާނެ.
  ފޭސް 2 އިން މިދާ ބަސްތައް ފޭސް 1 ގެ އެކި ބަސްސްޓޮޕްތަކަށް މަޑުކުރޭ. މާލެ އަށް ދާން ބޭނުންވެގެން ބަހަށް މި އަރަނީ. ސްކޫލަށް ދާ ކުދިންނާއި ވަޒީފާއަށް ފަރާތްތައް. ސާވޭއެއް ކުރުމެއްނެތި ސިވިލްސަރވެންޓުން އެއްތަނަކަށް ޖަމާކޮށް އެކަމުން ނުކުމެދާނޭ ނަތީޖާއަށް ނުވިސްނާ..ދަތުރު ފަތުރުކުރުމުގެ މައްސަލައަށް ހައްލެއް ނުލިބޭ.. ވެރިން މިކަންތައްތައް ގާތުން ބަލަންއެބަޖެހޭ..

  • ހަސަނާ

   ވެގެންއުޅޭގޮތަކީ އިބުރާހީމު އޮތީބުނެފަނޫންތޯ ފޭސް2 ގަހުރީ ކޮތަރުކޮއްޓޭ އެތަނައްވަދެފަ އެއްވެސްމީހަކު އެތާކު ނުތިބޭނޭ ބުނެފަ އޮޅުވާލައިގެން އެތައްތުރާތަކެއްޖެއްސީމަވެސް ލިބުނު ފުލެޓު ގެ ފިނިޝިން ރައްޔިތުމީހާ އަމިއްލައައްކޮ ގެންވެސް އެތަނައްވަނީމަ އަދިވެސްކުރެވެންއޮތްޖެއްސުމެއް އެކުރަނީ ކުލީވިޔަފާރި ކުރާ އައުވާނުންރުއްސަނަން..

 5. އާސްމާން

  އެހެންވެގެންދޯ ފެންވަރު ރަނގަޅުބަސް ގެންނަވާހަކަ އެބުނީ އޭރުން ދާނީ އުދުހިފަ އެހެންވީމާ ލަހެއްނުވާނެ ވާހްވާހްވާ

 6. ޙަސަނާ

  މީނައައް މަހާޖައްރާފުވެސް ކަމަކުނުދޭ ބަސްތައްވެސް މީނައާހަވާލުވީމަހާލަކުވެފަ ކުރިން15 މިނެޓުންކުރި ބަސްދަތުރުތައް 20 މިނެޓައްބަދަލުކޮއް ރައްޔިތުންނައްޖެއްސީ ދުއްޕާން ލުއިފަސޭހަޔައްހަދާފަ އިން ބަސްދަތުރުކުރާ އެޕުގެވެސް ފަސޭހައެއްރައްޔިތަކައްނުލިބޭ 30 މިނެޓުވެސް ހޭދަކުރަންޖެހޭ މަސް ސޮޓޭސަންގަ މީނަގެ ބެލުމުގެދަށައްކަންކަންނުދިޔައްޔާ ރައްޔިތުންނާ މާރަގަޅުވާނެ މީނަހީކުރަނީ މީ މާމޮޅުމީހެއްކަމައް ބަސްތަކުގަވެސް ދިވެހިރައްޔިތުންތިބެނީ ނިކަމެތިވެފަ ބޮދުންރަސްކަންކުރަނީ ބަހުގަވެސް..

 7. އާދޭސް

  150 ހެކްޓަރަށް ވުރެ ބޮޑު ކޮންމެ ރަަށަކަށްމެ މިހާރުވެސް ބަސް ގެނެސް ދުއްވަބަލަ ކައުންސިލްތަކުން! މިވަރުވާނީ ވިއްސަކަށް ރަށް ކިރިޔާ! މާކަ ބައިވަރެއްވެސް ނޫންތާ! މިއަށްވުރެ ކުޑަނަމަ ހިނގާފަވެސް ދެވޭނެ! ބައިސްކަލު ދުެއްވާމީހުނަށް އެލަވަންސެއްވެސް ދީ! އެއިރަށް ސައިކަލްތަށް މަދުވެ ހިތަށްފިނިކަންލިބޭނެ! މާލެހެން ރަށްރަށް ހަލާކުނުކުރޭ! އާދޭސްކޮށްފަ!