މާލޭގެ ފިހާރައަކުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް ކަސްޓަމުން ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޫނިތައް ރާއްޖެއަށް އެތެރެކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ދޫނިވިއްކުމުގެ ވިޔަފާރިކުރާ ފިހާރައަކުންނެވެ. މި ދޫނިތައް ކަސްޓަމްސް އިން ހިފަހައްޓާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ދޫނިތަކަކަށް ވާތީއެވެ.

އެކި ސަބަބުތަކާއި ގުޅިގެން ރާއްޖެއަށް އެތެރެކުރުން މަނާ ދޫނިތައް ހިމެނޭއިރު ކަސްޓަމުން މިފަހަރު ހިފަހައްޓާފައިވާ ދޫނިތަކުގެ ތެރޭގައި ދުނިޔެއިން ނެތުމުގެ ބިރު ބޮޑުވެފައިވާ ލިސްޓުގައި ހިމެނޭ ދޫނިތައްވެސް ހިމެނެއެވެ.

އަގުބޮޑު އެތަކެއް ދޫނި ހިފަހައްޓާފައިވާއިރު 120 ދޫނި ފިޝަރީސް މިނިސްޓްރީގެ ކަރަންޓީން ފެސިލިޓީގައި އެބަތިއްބެވެ.

ރާއްޖެއަށް އެތެރެކުރި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ ދިހަ ދޫނި ވެސް ހިމެނެއެވެ.

މި ދޫނިތައް ރާއްޖެއަށް އެތެރެކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ގައެވެ. އެތެރެކުރުން މަނާ މިފަދަ ދޫނިތައް ކަސްޓަމްސް އިން ހިފަހައްޓައި އެއާޕޯޓްގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ކަރަންޓީނު ޔުނިޓުގެ ބެލުމުގެ ދަށަށް ގެންދެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދޫނި ވިއްކާ ފިހާރަތައް ހުރިއިރު މިއީ އާމްދަނީހޯދުމަށް ގިނަބަޔަކު ކުރާ ވިޔަފާރިއެކެވެ. އެންމެ އަގުބޮޑެތި ދޫނިތަކުން ފެށިގެން އަގުހެޔޮ ދޫނިތައްވެސް މިފަދަ ފިހާރަތަކުން ވިއްކައެވެ. އަދި ދޫނިތައް ބިސްއަޅުވައިގެން އާލާކޮށްގެން ވިއްކާކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ތިޔަ ދޫނި ތަކުގެ މައުލޫމާތު ހާމަ ކޮށްލަ ބަލާށެވެ. ނޫނީ ސިޔާސީ ވެރީންގެ ގެއަށް ހިނގައިދާނެ އެވެ.

    31
    1
  2. ސުމަން މިއާ

    ތި ދޫނިތަކަށް ވާގޮތެއް ބަލަން ބޭނުން.ސިޔާސީ ވެރިންގެ ގޭގެޔަށް ގެންދިޔައިމަ ކަމަކުނުދޭ.އޭތި ކަޑަ މަނާ ވެއްޖެއްޔާ އެންމެނަށް މަނާވާން ވާނެ.

    20
    1
  3. މާސްޓަރ

    ނޫނޭ. ރާއްޖެ ތެރޭ މީހަކު ދޫންޏެއް ހިފީ މަ އީޕީއޭއަށް މ މަނާކަ މމމމމމމމަކަށްވާނީ. މުޅި މާލޭގަ ފާޅުގައި ފިހާރަތަކުގައި ވިއްކަން ތީގެ ދޫނިތައް އެއޮތީ.

    17
    1
  4. މީވާ ސަރުކާރެއް

    ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް ކަސްޓަމުން ހިފަހައްޓައިފި އިންޑިޔާއިން އައްޑޫއަށް ބޭލި ހަތިޔާރުތައް ކަސްޓަމުން ނުހިފައްޓާ

  5. ނުރަބޯ

    ތި ހިފަހައްޓާ ދޫނިތައް ކޮންމެވެސް ބަަޔަކު އަޑިއަޑިން ކަޓުވާލާނެ އެއީ ޔަޤީން ކަމެއް

  6. އަލީ

    އެހެން ގައުމުތަކުނ ހުއްދަ ދޭ އިރު ރާއްޖެއިން ކޮން އުނދަގުލެއް ކުރާކައްތަ

  7. އަލިބެއްޔާ

    ދުނިޔޭގެ ބޮޑެތި ބިޔަ ޤައުމުތަކުގައި ތިޒާތައް ކަންތަކެއް ނުކުރޭ.. މިސާލަކަށް ތިމާވެށި ހިމާޔަތް ކުރަން މިޔަރު މަސް ނުކަނީ، ވެލާ މަސް ނުކަނީ.. ޖަޕާން، ޗައިނާ ބާޒާރުގަ އެންމެ ހިނގާ އެއްޗަކީ އެ އެއްޗެހި.. އަހަރުމެން މި ތިބެނީ ތިމާވެށި ހިމާޔަތް ކޮށްގެން.. ދޫނިވެސް ތި ހަމަ އެ ޒާތެއްގެ ކަމެއް.. އެހެން ޤައުމުތަކުގައި އެކަން އޯކޭ.. ރާއްޖެ މިި އޮންނަނީ އެންމެ ރަނގަޅު ވާން.. އެހެން މީހުން ނުބަލައޭ.. އަހަރުމެން ކިތަންމެ ވަރަކަށް ބޭނުންވިޔަސް ނުވާނެ ކަންކަން ހުންނާނެ.. ރައްޔިތުންނަށް ބަލާވެރިކަން ނުޖައްސާ ދޫނިތައް ދޫކޮއްލާ..