އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާ އިތުރު 500 މެމްބަރުން ގުޅިފައިވާ ކަމަށް އެ ޕާޓިން މިއަދު ބުނެފިއެވެ.

އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ތެރެއިން 500 މެންބަރުންގެ ފޯމް ރެޖިސްޓަރ ކުރުމަށް އިލެކްޝަން ކޮމިޝަނަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅުން ދަނީ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއަށްވެސް މެންބަރުން އިތުުރު ކުރުމަށް މާލެ އާއި އަޮތަޅު ތެރޭގައިވެސް އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ހއ. އަތޮޅުގެ ރަށްރަށަށް ދަތުރު ކުރައްވާފައެވެ. އެ ދަތުރުގެ ތެރެއިން ބައެއް ކައުންސިލްތަކުގެ ބޭފުޅުންވެސް އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ.

އިދިކޮޅުން އެއިރު ބުނީ، އެ ދަތުރަކީ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށާއި އެ އަތޮޅުގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ކުރަމުންގެންދިޔަ ދަތުރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު