ޗައިނާ ސަރުކާރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ޝާހިދު ޗައިނާ އަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކަމެއް ނުވަތަ އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމެއް ސާފެއް ނުވެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު އަމިއްލަފުޅު ޓްވިޓާ އެކައުންޓުންނާއި އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޗައިނާއަށް އަންގާރަ ދުވަހު ފުރާވަޑައިގެންފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ދެގައުމުން އިސްކަންދޭ ކަންތައްތަކާއި، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން، މޫސުމީ ބަދަލުތަކާއި ކާރިސާތަކާއި އދ. އަށް ގެންނަ އައު ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝާހިދު ޗައިނާ އަށް ވަޑައިގަންނަވާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފައެވެ. ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ޗައިނާ އާއި ގާތް ގުޅުމެއް ބޭއްވުމުގެ ބަދަލުގައި އިންޑިއާ އާއި ގުޅުން ބަދަހިކުރުމެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިހާރު ވެސް ހުންނެވީ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ލުޓޭރުންގެ ސަރުކާރު

  އެދިޔައީ ސަލާންޖަ ހަން..ފައިސާ ހޯދަންވީމަ ޗައިނާ ގައުމު ބަނޑުދަށުލާފަ އިންޑިޔާގެ..

  11
  1
 2. މުފައްކިރު

  ޙަޔާތް ކުޑަ އިންސާނެއް.

  10
  1
  • ނަން

   އިންސާނެއް ކަމާ ވެސް ޝައްކު ވޭ

 3. ޙަސަން

  ކޮށްފަ ހުރި ޓުޥިޓުން އެބައގޭ އެއްނު ކޮން ހައިސިއްޔަތަކުން ކަން އެއީ. ކޮންމެ ޥާހަކައެއް ވެސް މިޖެހެނީ ސަމްސަލައް ލައިދޭންތަ..

 4. Anonymous

  ކާޕެޓްކަލޭގެ ލަދެއްނުގަނޭތަ އަދާނުކުރާ މަގާމުން މުސާރަނަގަން، ؟؟؟މީނައަކީ މިގައުމުގެ ފޮރެން މިނިސްޓަރޯ؟؟

 5. ކޮމެންޓު

  އދ ގެ ރައީސް ކޮންތާކުބާވީ ތިޔަ ދަތުރު ކުރާއިރު. އޭނަ ހޯދަ ބަލަ

 6. އަހުމަދު

  ތީ ދެން މިހާރު މިތާކަށް ބޭނުން މީހެއް ނޫނެންނު!

 7. ހުސޭނުބޭ

  ޗައިނާ މީހުން ވަރަށް ސަމާލުވާތި! ގޭ ދޮރުމަތީގައި އޮންނަ ފައިފުއްސާއި ސިޓިންރޫމްގައި އޮންނަ ކާޕެޓް ފޮރުވަން ހަދާންބަހައްޓާތި!

 8. ލަންކާ

  މިސަރުކާރުގައި ހުންނެވި އެންމެ ގާބިލް މިނިސްޓާރ، އަސްލު ހުންނަވަން ޖެހޭނި ރައީސްކަމުގައި، މިއަދާހަމަޔަށް ކުރީއްޔާ ކުރިކަމެއް ކުރީ މިނިސްޓާރ