ކ.ތިލަފުށީގެ ފަރުގެ ސަރަހައްދުގައި ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ހުރި މިންވަރު ދެނެގަތުމަށްޓަކައި ބޭސްލައިން ދިރާސައެއް ފަރުމާކޮށް މި ދިރާސާ ކުރިއަށްގެންދިއުމުގެ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން އަނެއްކާވެސް ހުޅުވާލައިފިއެވެ.

ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އަކީ އިންސާނުންނާއި އަދި އެހެނިހެން ދިރުންތަކާއި ތިމާވެއްޓަށް ވެސް ގެއްލުންވާ ކެމިކަލްއެވެ.

އެންވާރްމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' ޕްރޮޖެކްޓްގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގެ ފަރުގެ ސަރަހައްދުގައި ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ހުރި މިންވަރު ދެނެގަތުމަށްޓަކައި ބޭސްލައިން ދިރާސައެއް ފަރުމާކޮށް މި ދިރާސާ ކުރިއަށްގެންދިއުމުގެ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމަށް، ގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

 

މި މަސައްކަތުގެ އިސްލާހުކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާންގައި ހިމަނާފައި ވެއެވެ. އަދި އެލިޔުން މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ހުށަހަޅާނީ 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، [email protected] އަށެވެ.

އިއުލާނުގައި ވިދާޅުވީ މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވާ ކަމަށާއި އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ދިރާސާގެ ނަތީޖާ: ތިލަފުށީ ކުނިގޮޑުން ނުކުންނަ ފަހަކީ އެތަނުގައި ހުރި ގޮމަކަސްތޫރިއާއި، ކުކުނާއި، ޒަބާދުގެ ވަސް!

  2. ސައިންޓިސްޓް

    ތިލަފުށީ ފަޅަކު ތިކަހަލަ އެއްޗެއް ނުހުންނާނެ، ހުންނާނީ ސެންޓާއި މާވަހަރު!

  3. ޛ

    ބުނެފަދޯ ދަނީ 🤣🤣

  4. ވަސްމީރު

    މާވަހަރާއި ކަސްތޫރިއާއި މިސްކް