ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ ދައުވާތައް އުފުލާފައިވާ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާތާ ހަތަރު މަސް ދުވަސް ފަހުން އޭނާ ކޯޓަށް ހާޒިރު ކޮށްދިނުމަށް ސޮއި ކުރި އިގުރާރުގައި ބުނެފައި އޮތްގޮތައް އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދީފައި ވާނެ ކަމަށް އަސްހަދު ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ އަސްހަދަށް ފިޔަވަޅު އަޅަން ނިންމިކަން އަންގަން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ވާހަކަ ދައްކަމުންނެވެ.
ގާޒީ ހަސަން ސައީދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުކޮށްދީފިނަމަ އަސްހަދު އާއިމެދު ކޯޓުގެ ހުރުމަތް ރައްކާތެރިކޮށްދިނުމުގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން އެބައޮތްތޯ ގާޒީ އެއްސެވުމުން އަސްހަދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ދުވަސް ވުމުން އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދެވިފައި ކަމަށެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ވުމުން އަލީ ވަހީދު ވަބީ މިކޯޓަށް ހާޒިރު ކޮށްދެވިފައި. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި." އަސްހަދު ވިދާޅުވިއެވެ.
އަސްހަދު އެހެން ވިދާޅުވުމުން ގާޒީ ހަސަން ސައީދު ވަނީ އިގުރާރާއި ހިލާފު ވެވިފައިވާ ކަމަށް ގަބޫލު ކުރެވޭތޯ އަސްހަދު އާއި ސުވާލު ކޮށްފައެވެ. "ތިބޭފުޅާގެ ބަހަށް އިތުބާރު ކޮށްފައި ކޯޓުން އޭނާ ފުރުމަށް ހުއްދަ ދެވިފައި ވަނީ." ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.
ގާޒީ އެހެން ވިދާޅުވުމުން އަސްހަދު އަނެއްކާވެސް ވިދާޅުވީ "އަޅުގަނޑު އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދިނީމެއްނޫންތޯ؟" އެވެ.
އަސްހަދު އެހެން ވިދާޅުވުމުން ގާޒީ ވިދާޅުވީ އޮންލައިންކޮށް ކޯޓަށް ހާޒިރުވީ ކަމަށް ބަލައި ނުގަނެވޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރު ވެސް އެކަން ސާފު ކަމަށެވެ.
ގާޒީގެ ވާހަކަތަށް ފަހު އަސްހަދު ވިދާޅުވީ އޭނާ އިގުރާރުވި ގޮތަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ކޮށްދީފައި ވާނެ ކަމަށެވެ.
އަސްހަދުގެ ވާހަކަ ތަކުރާރު ކުރަން ފެށުމުން ގާޒީ ވިދާޅުވީ "72 ގަޑިއިރުގެ ތެރޭގައި (އަލީ ވަހީދު) ކޯޓަށް ހާޒިރުކޮށް ނުދީފިނަމަ ފިޔަވަޅު އަޅާނެކަން އަންގަން." ކަމަށެވެ.
އަސްހަދު އާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް އަޅާނެ ފިޔަވަޅެއް މިއަދު ވިދާޅެއް ނުވެއެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އަސްހަދު ކޯޓުން ދޭ ބަޔާނެއްގައި ސޮއި ކުރަން ޖެހޭނެކަން އެންގުމަށް ފަހުއެވެ.
އޭނާ ހައްޔަރު ކުރޭ. މިފަދަ މީހުން ޒިންމާ ނަގަން ޖެހޭކަން ގަބޫލް ކުރެވޭވަރު ހަދާލާ. އަދި އަންނިގެ ކޮށްކޮ ނާޒިމްސައްތާރު ވެސް ހައްޔަރުކުރޭ، އެއީ އޭނަވެސް ޖާމިނުވެ އަންނި ކުރިން ގެނެވިފަ ނެތިމަ. .
އަޑޭ ތިބުނީ ތެދެއް. އަޑޭވި އިޤްރާރުގަ އޮތްތޯ އަލީ ވަހީދު އަޑޭ ކޮނޑަށް ލައިގެން ކްރިމިނަލް ކޯޓަށް ހާޒުރު ކުރަން ސަރުތު ކޮށްފަ؟ ނޫނީ ދިވެހިރާއްޖޭގެ މާލޭގައި ހުރި ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން؟ ކޯޓަށް ހާޒިރު ކުރަނީ ޝަރީއަތަށް ދެއްތޯ؟ ޣާޒީގެ މޫނު ބަލާކަށް ނޫން ދެއްތޯ؟ އޮންލައިންކޮށްވެސް ކުރީ އަލީވަހީދާ ސުވާލު އޮންލައިން ފިލްމުކުޅުނީކީ ނޫން ދެއްތޯ؟
ގާޒީގެ ޒަމާން ތިޔަ ދިޔައީ
ތިކަލޭގެވެސް މި ސަރުކާރުން ފިލުވާނެ
މިސޮރުމެން ހަމަތަ؟
ހުރިހާ ނުބަޔެއް މާލެ ތެރޭ ގޭންގް ގުރޫޕް ތަކަށް ބައި އަޅައިގެން ލާރި އަޅާ ޖައްލާދު މީ!! މީނަ އަކީ މިސަރުކާރުގެ ބޮޑުން ގެ ބޯއި އެއް، މީ ރައްޔިތުން ހައްދަން ވެގެން ކުޅޭ ގޭމެއް!