15:58
ގާނޫނީ ވަކީލް ޖަމީލް: މި މައްސަލައިގެ ތެރޭގައި ފާހަގަ ކުރެވުނީ ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ކުރުމުގައި ގާނޫނުއަސާސީއާ ހިލާފު ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެގެން ރައީސް ޔާމީންއާ ދެކޮޅަށް ހިންގާފައިވާ ތަހުގީގެއް ކަން. މިއީ ޔާމީން އަށް އަމާޒުކޮށް ޑިޒައިންކޮށްގެން ހިންގާފައިވާ ތަހުގީގެއް.
15:56
ގާނޫނީ ވަކީލް ޖަމީލް: ރައީސް ޔާމީންގެ މައުސީމިއްޔަތު އޮތް ކަން އަޅުގަނޑުމެންނަށް ޔަގީންކަން އޮތް. އެކަމާ މެދުގައި ޝައްކު ނުކުރަން. މިއީ ގައުމިއްޔަތުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތާ ދިމާކޮށް އައި ވަރަށް ރަނގަޅު ހުކުމެއް ގޮތުގައި ފާހަގަ ކުރާނީ.
15:54
ވަކީލުންގެ ޕްރެސް ކޮންފަރެންސް ފަށައިފި.
15:51
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ބައްދަލުވުން މިރޭ ނުބާއްވާ ގޮތަށް ނިންމައިފި.
15:16
މިނިވަން ވުމުން ވެސް ޔާމީނަށް ސެކިއުރިޓީއެއް ނުދިން.
Minivan Vumunves Yaamin Ah Security Nudhin https://t.co/SdYXBQmCEI
— Vaguthu Online (@VaguthuOnline) November 30, 2021
15:09
ސާބިތުކޮށްދެއްވީ ގަޓު ރައީސް ކަން!
Saabith Kohdhehvee Gatu Raees Kan https://t.co/wrwmZ1oNtU
— Vaguthu Online (@VaguthuOnline) November 30, 2021
14:28
ރައީސް ޔާމީނަށް ރަތް ދޫލައިގެ މަރުހަބާއެއް.
Raees Yaamin Ah Raiyy Dhoolaige Maruhabaa Eh https://t.co/2EyYGRAt7G
— Vaguthu Online (@VaguthuOnline) November 30, 2021
14:21
14:15
ޔާމީން ކާރުކޮޅުުން ފައިބައިވަޑައިގެންނެވީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމައްޗަށް. މިހާރު ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުން ގެއަށް ވަޑައިގަންނަވަނީ ހިންގަވާފައި.
14:02
ގެއަށް ވަޑައިގަތުމަށް ޔާމީން ސުޕްރީމް ކޯޓުން ނިކުންނަވައިފި.
13:42
ޔާމީން އަދިވެސް ހުންނެވީ ސުޕްރީމް ކޯޓުގައި. ބެލެވޭ ގޮތުގައި އެމަނިކުފާނު ކޯޓުން ނިކުންނެވުން ލަސްވަނީ ބަޔާންތަކުގައި ސޮއި ކުރުން ކުރިއަށް ގެންދާތީ.
13:38
13:32
13:21
13:10
13:09
13:09
13:08
13:08
13:07
13:06
13:05
ޕީޕީއެމް ސަޕޯޓަރުން މިހާރު ތިބީ ޔާމީން ދިރިއުޅުއްވާ ގޭގެ ދޮރުމަތީގައި ގައުމީ ދިދަ ހިފައިގެން.
13:03
13:01
ޔާމީން މިނިވަންވުމާއިއެކު ސަޕޯޓަރުންގެ ލޮލުން ކަރުނަ.
Yaamin Minivanvumaai Eku Suportarun Ge Lolun Karuna https://t.co/RPJr0wUaOO
— Vaguthu Online (@VaguthuOnline) November 30, 2021
12:55
ޔާމީންގެ ގެކޮޅު ކައިރީގައި ރަތް ދޫލަ އަޅައިފި.
12:54
ޕީޕީއެމް އޮފީސް ކައިރީގައި ގުރުއާންގެ އަޑު އިވެމުންދާ ކަމަށް އެތަނުގައި ތިބި ނޫސްވެރިން ބުނޭ.
12:47
ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ޕާޓީގެ އޮފީސް ކައިރި އަށް ދަނީ ޖަމާވަމުން.
12:47
12:44
12:23
ސުޕްރީމް ކޯޓުން ޔާމީން މިނިވަންކޮށްފި.
BREAKING NEWS: Supreme Court In Yaamin Minivankoffi https://t.co/JzlNDhUkVJ
— Vaguthu Online (@VaguthuOnline) November 30, 2021
12:19
ފަނޑިޔާރު މަހާޒް: ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށް އަހުރެންނަށް ފެނޭ.
12:18
ފަނޑިޔާރު މަހާޒް: ޔާމީންގެ މައްޗަށް ތަހްގީގު ހިންގައި ދައުވާ އުފުލާފައި ވަނީ ގާނޫނާއި އެއްގޮތައް ކަމަށް ހައިކޯޓުން ނިންމި ނިންމުންތަކަށް އަހަރެން ތާއިދު ކުރަން.
12:12
ފަނޑިޔާރު މަހާޒް: ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި ސިޓީގައި ސާފުކޮށް ބުނެފައި ނެތް.
12:12
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ހިންގުމުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައި ދެ ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް، ސުޕްރީމް ކޯޓުގެ މަރުހަލާގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ.
BREAKING: Mahaaz'ge Rauyu: Adeeb'ai Ziyathuge Hekibahah Buradhaneh Nudheveyne! https://t.co/RKurAvKKfu
— Vaguthu Online (@VaguthuOnline) November 30, 2021
12:06
އިސްލާމިކް ބޭންކްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަން ޔަގީން ނުކުރެވޭ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ.
BREAKING: Mahaaz'ge Rauyu: Yameen'ah Libunee Dhaulathuge Faisaakan Yageen'eh Noon! https://t.co/lByw4XEmTM
— Vaguthu Online (@VaguthuOnline) November 30, 2021
11:59
ފަނޑިޔާރު މަހާޒް: ވޮޑަމުލާގެ ފައިސާ ނުލިބިގެން ޔާމީން ގުޅިކަމަށް ބާރުލިބޭ ހެއްކެއް ހުށަހަޅާފައެއް ނެތް. އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަނެއް ދެވޭނެ އެހެން ހެއްކެއް ނެތި އެމީހުންގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ނޫން.
11:54
ފަނޑިޔާރު މަހާޒް: މުއައްވިޒް ދޮގު ހެދިކަން ސާބިތުވާކަމަކަށް އަހުރެން ނުދެކެން.
11:53
ފަނޑިޔާރު މަހާޒް: އަދީބާއި ޒިޔަތުގެ ހެކިބަހާއި ގުޅެނީ ކޮން ސަފައީ ހެކިތަކެއް ކަމެއް ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތައް ހައިކޯޓުން ރިއާޔަތް ކޮށްފައެއް ނެތް. އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުލިބޭނެ ގޮތެއް ދައުލަތައް ސާފުކޮށެއް ނުދެވޭ.
11:47
ފަނޑިޔާރު މަހާޒް: ޔާމިންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަން ސާބިތުނުވާ ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވޭ. ހައިކޯޓުން ނިންމީ އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް. ވޮޑަމުލާގެ ފައިސާކަން ސާބިތުކުރުމަށް މަސައްކަތްކޮށް ދައުލަތުން ހެކި ހުށަހަޅާފައިވޭ. ޗެކް ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި ނަމްބަރު ދިމާނުވާކަން ފާހަގަ ކުރެވޭ. އެހެންވެ ކްރިމިނަލް ކޯޓުން ލިޔެކިޔުން ހޯދިފައިވޭ. މިފުށުއެރުމަކީ ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ފާހަގަ ވާން ޖެހޭ ފުށުއެރުމެއް. އެސްއޯއެފް އަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާފެއް ނުވޭ. އެކަން ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކައިން އެނގޭ. އެއީ ދައުލަތައް ލިބެން ޖެހޭ ފައިސާކަން ސާބިތެއް ނުވޭ. މިނުކުތާގައި ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެން. މިއީ ދައުލަތައް ލިބެން ޖެހޭ ފައިސާކަމާއި މެދު ވަނީ ބޮޑު ސުވާލެއް އުފެދިފައި.
11:31
ފަނޑިޔާރު މަހާޒް: މަނީ ލޯންޑްރިންގެ ކުށާއި ގުޅިފައިވާ ކުށް ސާބިތުވާން ޖެހޭނެ ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވޭ. މަނީ ލޯންޑްރިންގެ ކުށާއި ގުޅިފައިވާ ކުށް ސާބިތުވާން ޖެހޭނެ ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަމަށް ބުނާ ބުނުމަށް އަހަރެން އެއްބަހެއް ނުވަން.
11:30
11:23
11:18
ފަނޑިޔާރު މަހާޒް: ގާނޫނުގައި ބުނާ ޖަލު ހުކުމުގެ އެންމެ ކުޑަ މިންވަރު ކަނޑައަޅާފައި ޖޫރިމަނާ އެންމެ ބޮޑު އަދަދުން ކަމަށް ކަނޑައެޅި ސަބަބެއް ފަނޑިޔާރުން ފާހަގަ ކޮށްފައެއް ނެތް. ޖޫރިމަނާގެ އަދަދު މަތިކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް އަހުރެން ދެކެން. އެހެންކަމުން މިނުކުތާގައި ހައިކޯޓުގެ ނިންމުން ގާނޫނާއި ހިލާފު.
11:16
11:13
ފަނޑިޔާރު މަހާޒް: ޑޮލަރުން ޔާމީން ޖޫރިމަނާ ކުރުން ގަވައިދާއި ހިލާފު ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވޭ. މަނިޓަރީ ގަވައިދުގައި ކޯޓުތަކުގެ ޖޫރިމަނާގެ ވާހަކައެއް ނެތް. އެހެންކަމުން މަނީ ލޯންޑްރިން ގާނޫނަށް ބަލާއިރު މިނިންމުން ގާނޫނާއި ހިލާފު ކަމަށް އަހަރެން ނުދެކެން.
11:04
ފަނޑިޔާރު މަހާޒް ވަނީ އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން 13 ނުކުތާއަކަށް ރައުޔު އިއްވާފައި. އެހުރިހާ ރައުޔެއް ވެސް އިއްވީ ޔާމީނާއި އިދިކޮޅަށް.
11:03
ފަނޑިޔާރު މަހާޒް: ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންކަން ސާބިތު ކުރުމަށް ހެކި ބޭނުން ކޮށްފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވޭ. މިކަން ހައިކޯޓުގައި ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައެއް ނުވޭ. އެހެންކަމުން މިކަން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަކަށް އަހުރެން ގަބޫލެއް ނުކުރަން.
10:55
ފަނޑިޔާރު މަހާޒް: ގާޒީންގެ މަޖިލިސް އެކުލަވާލާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވެސް ފާހަގަ ކޮށްފައިވޭ. ނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ފަނޑިޔާރުން ނެގުމުގެ އުސޫލުގެ ވާހަކަ ފާހަގައެއް ނުކުރޭ. ކްރިމިނަލް ކޯޓަށް ޔާމީންގެ ފަރާތުން ސިޓީއެއް ފޮނުވީ ޝަރީއަތް ނިމުނު ފަހުން. މިނުކުތާގައި ހައިކޯޓުގެ ނިންމުން ގާނޫނާއި ހިލާފު ކަމަކަށް އަހަރެން ނުދެކެން.
10:40
ފަނޑިޔާރު މަހާޒް: ދެލިޔުމެއް ނުލިބޭ ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވޭ. އެއީ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓާއި އޭސީސީގެ ރިޕޯޓެއް. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓް ހާމަ ނުކުރަން ދާއިމީ އަމުރެއް ނެރުނުކަން އެނގޭކަށް ނެތް. ފަހުން އެކައުންޓް ސްޓޭޓްމަންޓް ދޫކުރެވުނު. އޭސީސީގެ ރިޕޯޓް ހަވާލު ނުކުރެވޭކަން ކްރިމިނަލް ކޯޓަށް ފާހަގަ ކުރެވުމުން ރިޕޯޓް ފޯރުކޮށްދީ ޖަވާބުދާރީ ކޮށްދީފައިވޭ. ހައިކޯޓުން ނިންމީ މިކަމުން މައްސަލައިގެ ނަތީޖާއަށް އަސަރެއް ނުކުރާކަމަށް. މިނުކުތާގައި ހައިކޯޓުގެ ނިންމުން ގާނޫނާއި ހިލާފު ކަމަކަށް އަހުރެން ނުދެކެން.
10:34
ފަނޑިޔާރު މަހާޒް: ދައުވާގައި ތަފްސީލްތައް ބަޔާން ކޮށްފައި ނުވާކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވޭ. ސުވާލަކީ ދައުވާގައި ވޮޑަމުލާގެ ވާހަކަ ނެތުމުން ޖަވާބުދާރީވާން ދަތިކަމަކަށް ވާނެ ހެއްޔެވެ؟ ކުށުގެ އަމަލު ކުރި ވަގުތު ދައުވާގައި ބަޔާންކޮށްފައެއް ނެތް. ދައުވާ ފޯމްގައި ކުއްކުރި ވަގުތު ނުލިޔެވިދާނެ. ދައުވާ ސާފުނުވާ ނަމަ އެކަން ފާހަގަ ކުރަން ޖެހޭނީ ދައުވާ ސާފުކޮށްދިނުމުގެ މަރުހަލާގައި. މިމައްސަލައިގައި ދައުލަތުން ހުށަހެޅި ދައުވާގެ ތަފްސީލްގައި މައުލޫމާތުތައް ހިމަނާފައިވޭ. އެހެންކަމުން ހައިކޯޓުގެ ނިންމުން ރަނގަޅު.
10:29
ފަނޑިޔާރު މަހާޒް: މިމައްސަލައިގައި ތަފާތު ކޮށްފައިވާ ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވޭ. ޔާމީނާއި އެއްހާލަތެއްގައި ހުރި މީހެއްގެ ދައުވާ ނުކޮށް ދޫކޮށްލިކަން ހައިކޯޓުގައި ފާހަގަކޮށްފައެއް ނެތް. މިނުކުތާގައި ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ ހައިކޯޓުން މާނަ ކޮށްފައެއް ނުވޭ. ކްރިމިނަލް ކޯޓުގައި ޔާމީންގެ ފަރާތުން ވަނީ ތަފާތު ކުރިކަން ފާހަގަ ކޮށްފައިވޭ. މިމާއްދާގައި ހައިކޯޓުގެ ނިންމުމަށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަކަށް އަހަރެން ނުދެކެން.
10:25
ފަނޑިޔާރު މަހާޒް: މަނީ ލޯންޑްރިންގެ ކުށުގެ އިންޒާރު މިމައްސަލައިގައި ފުލުހުން ދީފައިވޭ. އަދި ތަހްގީގު ބަޔާނުން އެނގޭ މަނީ ލޯންޑްރިންގެ ސުވާލު ނުކުރާކަމަށް. ނަމަވެސް ތަހްގީގު ބަޔާނުން އެނގޭ ގޮތުގައި މަނީ ލޯންޑްރިންގެ ސުވާލު ކޮށްފައިވޭ. އެކަން ނަފީވާނެ ހެއްކެއް ނެތް.
10:22
ފަނޑިޔާރު މަހާޒް: ތަހްގީގް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ނުކުތާ. މިމައްސަލައިގައި ހިންގަން ޖެހޭނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވޭ. މިމައްސަލަ އެގޮތައް ހިންގަން ޖެހޭނީ އޭސީސީ އަށް މަނީލޯންޑްރިން ތަހްގީގު ކުރުމުގެ ބާރު އޮންނަނަމަ. އެބާރު އޭސީސީއަކަށް ނެތް.
10:15
ފަނޑިޔާރު މަހާޒް: އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ ޝަރީއަތުގެ ކުރިން އަންނަ އިޖުރާއީ ކަންކަމަށް. އެހެންކަމުން އެއްވަނަ ނުކުތާ އިން ފަސްވަނަ ނުކުތާ އާއި އަދި އެއަށްފަހު ހަތްވަނަ ނުކުތާ އަށް އަހުރެން ގޮތެއް ފުރަތަމަ ކަނޑައަޅާނަން.
09:53
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި މެދު ފަނޑިޔާރު މަހާޒްގެ ރައުޔު އިއުލާން ކުރަން ފަށައިފި.
09:39
ފަނޑިޔާރު މަހާޒް: އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް އަށް ޖަމާވެފައިވާ ކަމާއި އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން 2018 ގައި އަންގާފައިވޭ.
09:33
ފަނޑިޔާރު މަހާޒް: އަދީބު އަތުގައި ހުރީ ޔާމީންގެ ފައިސާ ކަމަށް ޔާމީން ބުނުން ފިޔަވައި އެފައިސާ ލިބުނު ކަމުގެ ހެއްކެއް ނެތް. ނަމަވެސް އައްލާމް ފުލުހުންނަށް ދިން ބަޔާނުން މިކަމަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭ.
09:27
ފަނޑިޔާރު މަހާޒް ފުރަތަމަ އިއުލާން ކުރައްވަނީ މައްސަލައިގެ ތައާރަފް. އެއަށްފަހު މައްސަލައިގެ ކަން ހިނގާފައިވާ ގޮތް އިއުލާން ކުރައްވާނެ.
09:26
ޝަރީއަތް ފަށައިފި. ފަނޑިޔާރު މަހާޒް ވިދާޅުވީ އަޑުއެހުން ލަސްވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް.
09:13
ސުޕްރީމް ކޯޓުގައި ޝަރީޢަތް ފެށުން ލަސްވަމުންދާ ސަބަބެއް އަދި ސާފެއް ނުވޭ. ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ 09:00 ގެ ކުރިން ސުޕްރީމް ކޯޓަށް ހާޒިރުވެފައި.
09:01
ހުކުމް ކުރުމުގެ ޝަރީއަތް ފެށުމަށް ތާވަލް ކޮށްފައި ވަނީ 09:00 ގައި. ނަމަވެސް އަދި ޝަރީއަތުގެ މަޖިލިސް ފަށާފައެއް ނުވޭ.
08:44
ޔާމީން ވަނީ މިހާރު ސުޕްރީމް ކޯޓަށް ހާޒިރުވެވަޑައިގެންފައި.
08:40
ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު ކޯޓަށް ގެންދާ ވަގުތާއި ދިމާކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ޖަމާވެފައި.
އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ބުނެ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ.
އެހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަހަރުގެ ޖަނަވަރީ މަހު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދު ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި ޔާމީންގެ އިސްތިއުނާފު މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަލްއުސްތާޛް މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމްއެވެ. ބެންޗްގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވުމުގެ ޝަރީއަތް ފަށަން ތާވަލް ކޮށްފައި ވަނީ ހެނދުނު 09:00 ގައެވެ.
މީ އާ ލައިވް އަޕްޑޭޓް އެއް......
އެމްޑީޕީ މީހުން މަޑުން އެތިބީ އެމީހުންއަށް އިގޭ ހުކުމް އަންނާނެ ގޮތް އަޅުގަނޑަށް ޔަގީންވެއްޖެ މިހާރު
ޔަގީން ވާ އެއްކަމަކީ ހުކުމް އަންނާނީ ސަރުކާރު ބޭނުންވާ ގޮތައް ކަން މިހާ ސުމޫތުކޮށް ދާތީ
ސާބަހޭ . ބޮޑު ވަގު . އުމުރައް .
ޔާމީން ދޫނުކޮށޤލާނެ
ކިތައްމެ ސާފުކޮށް އެގުނަސް ކަމެއް ދަމަހައްޓާ ބަޔަކަށް ޙުއްޖަތެއް ހޯދިދާނެ. އެގޮތުން ޔާމީންގެ މައްސަލަވެސް ދަނީ. ސަރުކާރު ނޭދޭ ގޮތަކަށް ސިޔާސީ މީހެއްގެ ޙުކުމެއް ކުރުމަކީ ކޯޓަކަށްވެސް ދަތިކަމެއް. އެކަން އެބަސާފުވޭ.
" އެބާރު އޭސީސީއަކަށް ނެތް." "ނަފީވާނެ ހެއްކެއް ނެތް." "ކަމަކަށް އަހަރެން ނުދެކެން."
" ދައުވާގައި ބަޔާންކޮށްފައެއް ނެތް." "ހިލާފު ކަމަކަށް އަހުރެން ނުދެކެން." "ނެރުނުކަން އެނގޭކަށް ނެތް." "ވާހަކަ ފާހަގައެއް ނުކުރޭ." "އަހުރެން ގަބޫލެއް ނުކުރަން."
މީގައި ނެތް އާވާހަކައެއް. މީ އެއްމެ ކުޑަކުއްޖާވެސް ދަނެހުރި ވާހަކަ.! ސަލާމް