ފިރިމީހާ ޖިމާޢުވާން އެދިއްޖެ ޙާލަތުގައި އެކަމަށް އިންކާރު ކުރުމަކީ އަނބިމީހާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, އެކަމަނާގެ ބަލި ޙާލަތެއް ނެތްނަމަ, ނުވަތަ އަދާކުރަން ޖެހޭ ވަޖިބަކަށް ހުރަސް ނޭޅޭނަމަ, ފިރމީހާގެ އެދުމަށް އިޖާބަ ދިނުމަކީ ވާޖިބު ކަމެކެވެ.

އިމާމް ބުޚާރީ އާއި މުސްލިމް ރަޙިމަހުމަالله އަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުالله ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. (إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ ) މާނައަކީ: “ފިރމީހާ އޭނާގެ އަނބިމީހާ އަށް ތަންމައްޗަށް ގޮވާލާހިނދު އެކަމަށް އިންކާރުކޮށްފި އަންހެނާއަށް ލަޢްނަތްލެއްވުން އެދި ހެނދުނުވަންދެން މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަތެވެ.”

ޢުޛުރެއްނެތި އެކަމުން މަނާވެގެންފިނަމަ އެކަމަނާވާނީ ނުކިޔަމަންތެރި އަންބަކަށެވެ. މިކަމުގެ ސަބަބުން އެކަމަނާގެ ޙައްގުގައި ފިރިމީހާގެ މައްޗަށް ޙައްގުވެގެންވާ ނަފަގާ ނުވަތަ ޚަރަދު ކުރުމުގެ ޙައްގު ގެއްލިގެންދާނެއެވެ.

ފިރިމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ އެކަމަނާ އަށް ނަޞޭޙަތް ދިނުމެވެ. އަދި اللهގެ ޢުގޫބާތުގެ ބިރުވެރިކަމުގެ ވާހަކަ ކިޔައިދިނުމެވެ. އަދި ތަންމަތިން އެކަމަނާ ވަކި ކުރުމެވެ. އަދި އަނިޔާ ނުވާ ގޮތަށް ޖެހިވެސްދާނެއެވެ. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. (وَاللاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا) މާނައަކީ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަނަމަ, ފަހެ އެކަނބަލުންނަށް ނަޞޭޙަތްދޭށެވެ. އަދި އެކަނބަލުން ތަންމަތިން ވަކިކޮށްލާށެވެ. އަދި އެކަނބަލުންގެ ގައިގާ އަނިޔާނުވާނެ ގޮތަށް ޖަހާށެވެ. ފަހެ ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ, އެކަނބަލުންގެ މައްޗަށް އަނިޔާވެރި މަގަކަށް ނޭދޭށެވެ. ހަމަކަށަވަރުން, اللهއީ އެންމެ މަތިވެރި އެންމެ ބޮޑު އިލާހެވެ.”

އަނބިމީހާ އެއްދާން ކުރަން ދެކޮޅު ހަދައިފި ޙާލަތުގައި ކަންތައް ކުރާނެ ގޮތަކީ ކޮބައިތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުالله އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. “ނުކިޔަމަންތެރިވުމަކީ އަނބިމީހާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ފިރިމީހާ އާއި އެކު އެއްދާންކުރުން މަނާވެގަތުމަކީވެސް އަނބިމީހާ އަށް ލިބިގެންވާ ޙައްގެއް ނޫނެވެ. އަދިކިއެއްތަ, އެކަމަށް މަނާވެގަނެ, އެގޮތުގައި ދެމިހުރެއްޖެނަމަ އަނިޔާ ނުވާނެ ގޮތަކަށް އެކަމަނާގައިގާ ޖެހުން ފިރިމީހާ އަށް ހުއްދަވެގެންވެއެވެ. އަދި އެފަދަ އަންހެނަކަށް ޚަރަދު ކުރުމެއް އަދި އެހެން އަނބިން ތިބިނަމަ ރޭތައް ބެހުމުގައި ހަމަހަމަ ކުރުމެއްވެސް ނެތެވެ.” (މަޖްމޫޢުލް ފަތާވާ 32/279)

ނުކިޔަމަންތެރި އަންބަކު ހުރި ފިރިހެނަކު އޭނާގެ އަނބިމީހާ އަށް ޚަރަދު ކުރުން ހުއްޓާލެވިދާނެތޯ އަދި އެކަމަނާ އާއި މެދު ކަންތައް ކުރަންވީ ކޮންގޮތަކަށްތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުالله އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. “ފިރމީހާ އަށް ނުކިޔަމަންތެރިވުމުގައި ދެމިހުރެއްޖެހާ ހިނދަކު އެކަމަނާގެ ނަފަގާ (ޚަރަދު) ވެއްޓިގެންދާނެއެވެ. ނުވަތަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ. އަދި އެގޮތުގައި ދެމިހުރެއްޖެނަމަ އަނިޔާ ނުވާ ގޮތަށް ޖެހުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވެއެވެ. ފިރިމީހާ އެދިއްޖެ ޙާލަތުގައި މަނާވެގަތުމަކީ އެކަމަނާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, މިޙާލަތުގައި އެކަމަނާ އަކީ الله އަށާއި ރަސޫލާ ﷺ އަށް ނުކިޔަމަންތެރިވެފައިވާ އަންހެނެކެވެ. އިމާމް މުސްލިމް ރަޙިމަހުالله އަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (ما مِن رَجُلٍ يَدْعُو امْرَأَتَهُ إلى فِرَاشِهَا، فَتَأْبَى عليه، إِلَّا كانَ الذي في السَّمَاءِ سَاخِطًا عَلَيْهَا حتَّى يَرْضَى عَنْهَا) މާނައަކީ: “ފިރިޔަކު އޭނާގެ އަނބިމީހާ އަށް ތަންމައްޗަށް ގޮވާލާ ހިނދު އެކަމަށް މަނާވެގެންފިނަމަ, ފިރިމީހާ އެކަމަނާދެކެ ރުހިއްޖެއުމަށް ދާންދެން އުޑުގައި ތިއްބަވާ ބޭކަލުން އެކަމަނާދެކެ ކޯފާވެގެންވެއެވެ.” (މަޖްމޫޢުލް ފަތާވާ 32/278)

އެހެންކަމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަނބިމީހަ އަށް ނަޞޭޙަތްތެރިވުމެވެ. އަދި ނުކިޔަމަންތެރިވެއްޖެނަމަ اللهގެ ކޯފާ އާއި މަލާއިކަތް ބޭކަލުންގެ ލަޢްނަތްލެއްވުމާއި އެބޭކަލުންގެ ނުރުހުން އެކަމަނާ އަށް ލިބިގެންވާ ކަމުގެ ވާހަކަތައް ހަނދާންކޮށްދިނުމެވެ. އެގޮތުންވެސް އެކަމަނާ އިޖާބަ ނުދީފިނަމަ ތަންމަތިން ވަކިކުރާނީއެވެ. އެގޮތުންވެސް އިޖާބަ ނުދީފިނަމަ އަނިޔާ ނުވާގޮތަށް ޖަހާނީއެވެ. އެގޮތުންވެސް ކިޔަމަންތެރި ނުވެއްޖެނަމަ ޚަރަދު ކުރުން ހުއްޓާލާނީއެވެ. ދެންވެސް ރަގަޅު ނުވެއްޖެނަމަ ވަރި ކުރާނީއެވެ. ނުވަތަ ޚުލްޢުވަރިއަކުން ވަރިވުމަށް އަނބިމީހާ އަށް އިޚްތިޔާރު ދެވިދާނެއެވެ. والله أعلم.

ނޯޓް: މިލިޔުމަކީ. މިލިންކު ގައިވާ ލިއުން އަސްލެއް ކަމުގައި ބަލައިގެން ކުދިކުދި ބަދަލުތަކާއި އެކު ލިޔެފައިވާ ލިޔުމެކެވެ. وبالله التوفيق والسداد.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބުއްޅަބޭ

    މީ އިލާހީގާނޫނުގަ ވާގޮތް ދެން ޖަނަވާރުކޮށިން މީރޭޕު ކަމައް ކަނޑައެޅުމުގެ ކޮން ހައްގެއް އޮތީ
    ޙަމަ ލާދީނީ .

    24
    4
    • ދޮންދީދީ

      އިލާހީ ޤާނޫނުގަ ވަނީ އަނބިމީހާއަށް އޯގާރެތިވުމަށް. ގަދަކަމުން ގުޅުމެއް ނުހިންގޭނެ އަދި ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް އަނބިމީހާއަށް ދިނުމަށް އިލާހީ ޤާނޫނުގަވަނީ. އެކަންކަން ނުކޮށް އެއްދާންކުރުމަށް ގޮވާލުމެއް އިލާހީ ޤާނޫނުގަ ނުވޭ.

      22
      6
  2. މުސްލިމް

    ހައްގު ތެދު. މާތްﷲ މި އުއްމަތަށް ބާވައިލެއްވި މާތްވެގެންވާ ކީރިތި ގުރުއާނާއި މާތްނަބިއްޔާގެ ސުންނަތާއި ޚިލާފު ކިތަންމެ މޮޅު ޤާނޫނެއް ކިތަންމެ ގިނަބަޔަކުވެގެން ހެދިއަސް އެވާނީ ހަމަ ބާތިލު އެއްޗަކަތް.

    28
    2
  3. ކޭ

    އަނބިމީހާ ބޭނުންވާ ހިނދެއްގައި އެއްވެސް އުޒުރެއްނެތި ފިރިމީހާ އިންކާރު ކުރުން އެއީ ކޮންކަހަލަ ކަމެއް އަދި މިސާލަކަށް ހަރަދުނުކުރާ ފިރިޔަކަށް އެއްދާން ނުކުރުމުގެ ހައްގު އަނބިމީހާއަށް ވޭތަ؟

    14
    2
  4. ދެބޯގެރި

    މި ސަރުކާރަށް ދީނުގަ ކަން އޮންނަގޮތް މުހިންމެއްނޫން ސަރުކާރުގެ ބާރު މަޖިލީހުގަ އޮވެފަ ޝަރުޢީ ދާއިރާ ސަރޔކާރުގެ ބާރުގެ ދަށުގަ އޮތީމަ ޙުކުމްތައްކުރުމާ ޤާނޫނުތަް ބޭޏުން ގޮތަކަށް މޮޑެ ފާސްކޮށް ތަސްދީޤުކުރަމުންދަނީ މުސްލިމުންނޭކިޔައިގެންތިބެ އިސްލާމްދީނުގަ ކަން އޮތްގޮތަކަށް ކުޑަކޮށްވެސް ބެލުމެއްނެތި އެހެންތާވާނީ މަޖިލީހަށް ދީނީ ޢިލްމު އުނގެނިފަވާ މީހަކަށް ނުވަދެވޭ އެތަނަށް ވަދެވެނީ ޑުރަގު ޑީލަރޔބްބާ ޕާޓޭންނާ ގޭންގުސްޓާރުންނާ މަގުމަތީ ލަޓިބުރި ހިފައިގެން ޕާޓީގެ މުޒާހަރާތަކުގަ އިސްކޮށްހަރަކާތްތެރިވާފަރާޓްތައް މެޖިސްޓްރޭތްކަމާ ޤާޟީކަމާ ފަނޑިޔާރުކަން ދެނީ ޔޫރަޕުޤައުމުތަކުން ކިޔަވާފަރާޓްތަކަށް އިސްލާމީ ޝަރީޢަތުގެ ކަންފުޅެއްވެސް އެނގޭ މީހަކު ކޯޓުތަކާ ގާތްނުކުރޭ މިފެންނަނީ ލާދީނީ ހަރަކާތްތައް

    3
    1
  5. ގަމާރު

    އަނބި މީހާ ބޭނުން ވާ އިރު ފިރިމީހާ އެކަމަށް އުޒުރުވެރި ވިއްޔާ ހުކުމަކީ ކޮބާތޯ؟

    18
  6. Anonymous

    ކުދިކުދި ބަދަލޭ، އެއްވެސް ބަދަލެއް ގެނެސްގެންނުވާނެ. ބަދަލު ގެނައިމާ ދީނުގެ ޙުކުމް އޮންނާނީ އޮޅިފަ. ބަދަލު ނުގެނެސް ލިޔެދީބަ.

  7. މޯޑު

    ހެޑްލައިންއާ އެއްވެސް ގުޅުމެއް ނެތް ލިޔުމެއް.

    8
    2
  8. Anonymous

    އުޒުރަކާއި ނުލައި އިންކާރު ކުރުމަކީ 2 މީހުންނަށްވެސް ލިބޭ ހައްގެެއް ނޫން. މި ހާލަތުގައި އަނބިމީހާއާއި މެދު ކަންތައްކުރާނެ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފި. އޭގެން ނުރުހުމުގައި ޖިމާއުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަން ދޭހަވެ. ނަމަވެސް ނުރުހުމުގައި ޖިމާއު ވުމުގެ ހުކުމް ސާފުކޮށް ބަޔާންކޮށްދީ އެއީ ދެވޭ ނުހައްގު އަނިޔާ އެއް ކަމާއި އެއީ ކިހާ ވަރެއްގެ ކަމެއްކަން ކިޔައިދިންނަމަ ބޮޑަށް ފުރިހަމަވީސް. އެއީ ޓޮޕިކަށް ވާއިރު އެކަންތައްތަކަށް އަލި އަޅުވާލުން މުހިންމު.

    12
  9. ދޮންދީދީ

    ފުރަތަމަ ކުރަންޖެހޭނެކަމަކީ އަނބިމީހާއަށް ފިރިއެެއްގެ ވާޖިބު އަދާކޮށްދިނުން. ވާޖިބު އަދާކޮށްނުދީ އެއްދާންކުރުމަށް ގޮވުމުގެ ހުކުމްވެސް ލިޔެލަންފެނޭ. ފިރިއެއްގެ ވާޖިބަކީ ހަމައެކަނި އެއްދާންކުރުމަށް ގޮވާލުމެއްނޫން.

    17
    1
  10. ހޫ

    ސުރުހީއަކާ އެއްވެސް ގުޅުމެއްނެތް. އަނބިމީހާގެ އުޒުރެއް އޮތަސް ނެތަސް ގަދަކަމުން އަރައިގަތުމުގެ ހުކުމަކީ ކޮބައިތޯ ހަމަހުރެފަ ސޭހަކު ބުނެލާ އެއްޗެއް ލިޔެލަނީދޯ.

    9
    1
  11. ރަން ރީނދޫ

    ބަކަރި ކޮށިން،ރައްޔިތުމީހާ އެއްދާން ވާނޭގޮތުގެ ގާނޫނު ހަދާފައި މި ކިޔަނީ ޑީމޮކްރަސީއޭ.ނިކަން ރައްޔިތުންގެ ވޯޓަކަށް ގާނޫނު އަސާސީ ހުށަހަޅާލަބަލަ. ޔަގީން ބޮޑުތަތަނުން ތިޔަ ގާނޫނު އަސާސީ ގަނޑަކަށް ރައްޔިތުން ނޯ ބުނާނެ.

  12. ކޮރަލް

    އަނބިންތައް ދަނީ ވަޒީފާ އަށެވެ. ގިނަ ވަގުތު ވަޒީފާ ގައެވެ. ފިރިމީހާ އަށް ގެއިން ކާކަށް ނުލިބެ އެވެ. ދަރީން ބަލަނީ ފިރި ނޫނީ އަނބި މީހާގެ އާއިލާ މީހެކެވެ. ނޫނީ ބިދޭސީ އެކެވެ. ދެން އަނބި މީހާ ގިނަ ވަގުތު ހުންނަނީ މަސައްކަތް ގިނަ ކަމުން ވަރު ބަލި ވެފަ އެވެ. ފިރިމީހާ ޖެހެނީ އަނބި މީހާ އަށް ވަގުތެއް ވަންދެން އިންތިޒާރު ކުރާ ށެވެ. މިއީ ދީނުގަ މިކަން އޮންނަ ގޮތެއް ނޫނެވެ. ބަޔަކު ހަދައިގެން އުޅޭ ގޮތެކެވެ.

    1
    6
  13. ގަލަން ތުނޑު

    މީސަރުކާރާބެހޭ ކަމެއްނޫން

  14. އެމީހަކު

    މި ލިޔުމުުގައިވާ ސުރުހީ ކިޔާފަ، މި ހަބަރު ކިޔާލީމަ އެބަފެނޭ ނޫސްވެރިކަން ކުރިއަރާފަ އޮތް ވަރު، ވަގުތު ކަލޭމެން މި ކޮމެންޓް ނުހިމަނާނެކަންވެސް އެނގޭ، އެކަމްވެސް ބުނެލީ