ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި ހިޔާ ފްލެޓްތައް ލިބުނު ގިނަ މީހުންނަކީ މުއްސަނދިން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވުމުން އާއްމުންގެ ޖަމިއްޔާ އިން ރައްދުދީފިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އަޑުއުފުލާ އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ "މިހާރު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ހިޔާ އިންޓީރިއާ މަސައްކަތް ކުރަން ލައްކައިން މީހުން ހަރަދު ކޮށްފައިވާކަމަށާއި ވަރަށް ކެރިފޯރުންތެރިކަން ހުރި މީހުންނަށް ފްލެޓު ލިބުނު ކަމަށް ވިދާޅުވެ 7000 އާއިލާގެ ތެރެއިން "ގިނަ މީހުންނަކީ" މުއްސަނދިން ކަމަށް އަކްރަމް ވަނީ ކަނޑައަޅާފައި ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުނެއެވެ.
އެޖަމިއްޔާގެ ބަޔާނުގައި ބުނީ މިހާރު ފްލެޓު ދީފައި ތިބީ އަކްރަމް މެންގެ ސަރުކާރުން ހެދި ލިސްޓުގައި ތިބި މީހުން ކަމަށާއި ވީމާ އެ ލިސްޓުގައި ފްލެޓު ދޭން ކަނޑައެޅި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މުއްސަނދިންނަމަ އޭގެ ޒިންމާ ނަގަން ޖެހެނީ އަކްރަމް ތަމްސީލް ކުރާ ވުޒާރާ އަދި ސަރުކާރުން ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޖަމިއްޔާ އިން ފާހަގަކުރީ ފިނިޝިން އެއީ ސަރުކާރުން ނިންމަން ޖެހޭ މަސައްކަތެއް ކަމެވެ. ސަރުކާރުން އެކަން ނުކުރީމައި މީހުން އަމިއްލަޔަށް އެކަން ކުރީ ކަމަށާއި ގިނަ މީހުން ފިނިޝިން ނިންމީ ބޭންކާއި އާއިލާ މީހުން އަތުން އަނބުރާ ދައްކާގޮތަށް ފައިސާ ހޯދައިގެން ކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ." އެގޮތަށް އާންމު އާއިލާތަކުން ފައިސާ ހޯދައިގެން އެމީހުންގެ ގެ ހަދަން ލައްކައެއް ކީކުރަންތޯ މިލިއަނެއް ހޭދަ ކުރިއަސް އެއީ އަކްރަމާއި އަދި ސަރުކާރާއި ބެހޭ ކަމެއް ނޫނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
"އަކްރަމް އަދި ސަރުކާރުގެ ޒިންމާ އަކީ ހައްގުވެރިންނަށް ފްލެޓު ދިނުން ކަމަށާއި އެކަން ކުރަން ދެއަހަރު ހޭދަކޮށް އަމިއްލައަށް ނެރުނު ލިސްޓަކަށް ދިން ފްލެޓުތައް ވަގުތައް ހަވާލު ނުވެވި، ތަނުގެ ފިނިޝިން ނުނިންމާ އެސަރަހައްދުގެ އަސާސީ ހިދުމަތް ގާއިމު ނުކޮށް، ހަމަ މުސާރަ ނަގަނަގާ ހުރެ އަދިވެސް މިކިޔަނީ ފްލެޓު ލިބުނު ގިނަ މީހުންނަކީ މުއްސަނދިންނޭއެވެ." ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
ގަވައިދުން މުސާރަ ނަގަމުން ޒިންމާ އަދާ ނުކުރެވޭތާ އާންމުންނަށް ކުދިނުގޮވާ ހަނުހުރުން މާއައުލާކަން ބޮޑުވާނެ ކަމަށް ވެސް ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަކްރަމަށް ފާޑުކިޔައި މީސް މީޑިއާގައި ކޮމެންޓް ކުރި ގިނަ މީހުން ބުނެފައި ވަނީ ފްލެޓް ލިބުނު ގިނަ މީހުންނަށް ތިން މަސް ދުވަސް ވީއިރުވެސް ފިނިޝިން ނިންމިފައި ނުވާ ކަމަށާއި ފިނިޝިން ނިންމި ގިނަ މީހުންނަށް ވެސް ފްލެޓްގެ ދޮރުތަކުގައި ދަމާލާނެ ދޮރުފޮތި ގަނެވޭނެ ފަދައެއް ނެތް ކަމަށެވެ.
އެހެންކަމުން އަކްރަމް ޒިންމާދާރުކަމާއިއެކު ވާހަކަ ދައްކަން ގިނަ ބަޔަކު ގޮވާލާފައި ވެއެވެ.
މިމީހުނައްނޭގޭބާ ދެއަހަރު ބައިވަންދެން ހުރިނުލަފާކަމަކުން ރައްޔިތުންނައްބިކަހާލުޖައްސަންވެގެން ގެދޮރުރުކުއްޔައްދޭ މޑޕ ބޮޑުންގެ އެދުމައް ފުލޭޓުތައްނުނިންމާ ނިކަމެތިރައްޔިތުންއަތުންފޭރި ހިތްރުހޭމޫނައްފުލެޓް ދިނަސް ތިޔަތަންތަން ފިނިސިންނިންމަމުންއެދަނީ ކުރިއައްއޮތް 5 އަހަރައްދަރަނިވެރިވެގެންކަން އަކުރަމްކާރީ އަހާލަބަލަ ކޮބާތޯ އިބުރާހިމް މި5 އަހަރު ނިންމަން ވައުދުވި 20000 ފުލެޓު މުޅިދައުލަތް ހުސްކުރަނީ އެކުޓިވިސްޓުންނައް މުސާރަދީގެން ދެންކޮބާތަ މުއްސަދިބައެއް ...
އަޅުގަނޑުވެސް މިއުޅެނީ 150،000 ރުފިޔާގެ ލޯނެއް ނަގައިގެން
ކަލޭމެން ބާޒާރުގަ ހެސްކިޔާފަ ތަކެތި އަގުބޮޑުކުރީމަ ލައްކައެއްނޫން ދެލައްކަވެސް ޚަރަދުުރަން މަޖުބޫރުވާނެ..ސިޔާސީ މަގާމެއް ލިބުނީމަ އަނގަނާރުވާ އެތަނަށް ގޮސް މީހުންނާ ބައްދަލުކޮށް ތިމާގެ ލޮލުން އެތަންތަން ބަލާފަ ދެން ގޮވެލިފަތި ދަމާބަލަ..ފިނިކޮޓަރީގަ އިނދެގެން ހަޅެއްލެވިއަކަސް ކަމަކު ނުދާނެ..ބިރުން ފިލާއިދެ.ރައްޔިތުން ދެކެލޯބިވާނަމަ ކުރިމައްޗަށް އާދެބަލަ
ނުބައިކަން ބޮޑު އަނިޔާވެރިއެއް. 30 ނުވަތަ 60 ފަހަރު އަކްރަމް ކަމާލުއްދީނަށް ތައްބައްލަކަ
ހައްގުވެރީން ހޮދަން އައްފުނާއެޅީމަ ދެވުނީ 2ގެހުރި މީހުންނަ ނިކަމެތިމީހާ އަތުން ފުލެޓުނަގާފަ މަގުމަތިކޮއްލީ މިހާރު އަމިއްލައށް ތިބުނެވުނީ..
އޭނަ ބުނީ ހަގީގަތެއް. ލިބުނީ މުއްސަނދިންނަށް ކަން ޕްލޭނިން މިނިސްޓްރީ ޓާސްކް ފޯސްއިން ޔަގީންކުރި. ސަބަބަކީ މާލޭ ކުލި ދައްވިޔަ ނުދިނުން. ގަވައިދުން ކުލި ދައްކައިގެން އުޅޭ މަދު މީހަކަށް ދިނީ.
މުއްސަދިން ނަށް ހިޔާފުލެޓްތައް ދިނީ ޔާމީނު.
ފްލެޓްތައް ދިނީ ޔާމީނު ހެދި ލިސްޓަކަށް ޔާމީނުތަ، ބީތާޔާ؟
މިރާއްޖޭގައި ފަޤީރުން ނުވެސް އުޅޭ، މުޅިންވެސް ތިބީ އަކުރަމް މެންކަހަލަ މުއްސަދިން !
އަކުރަމް އުޅެނީ މާލޭގައި ކުއްޔަށް ދީފައިވާ ތަންތަން ހުސްވާތީ ކަންބޮޑުވަނީ ތޯ ؟ ހުޅުމާލެ ތަރައްޤީ ވާތީ އަކުރަމް މެންކަހަލަ ގެދޮރު ކުއްޔަށްދޭ ގެދޮރުވެރިން ވަރަށް ކަންބޮޑުވެ ޖެލެސްވާނެތާ ؟
ތަނަވަސްކަން ހުރި މީހުނަށް ލިބުނު ފްލެޓްތައް ނިކަމެތިންނަށް ދުކުރަންވީ ނޫންތޯ
އަކްރަމް އަށް ވެސް އަނެންކާ ހިޔާ ފްލެޓް އެށް ލިބުނީބާ