އަމިއްލައަށް ނަބީ ކަމަށް ދަޢުވާކޮށް އިސްލާމް ދީނާއި، ނަޞާރާ ދީނާއި، ޔަހޫދީ ދީނާއި ސޫފީ ދީން މަސްހުނިކޮށްގެން އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކާތީ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅީ މަދަނީ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުންނެވެ.
އާއްމުންގެ އިއްތިހާދުގެ ސިޓީގައި ވިދާޅުވީ އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކަން ހުރި މައްސަލައެއް މީސްމީޑިއާ އިން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަންކަމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނުގެ ދަށުން އެޤާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ޤަވާޢިދު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދުގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުކުތާ (ދިވެއްސަކު ކަމުގައި ވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ވަޙްދަތު ދެމެހެއްޓުމާއި އެކުގައެވެ) އާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ 4 ވަނަ މާއްދާ އާއި ވެސް ޚިލާފު ބޮޑުވެގެންވާ ކުށެއް ކަމަށެވެ.
އެހެންކަމުން މިކަން ތަޙްޤީޤުކޮށް، ބައްލަވައި ދެއްވައި އެކަމުގައި ޤާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާއި އިހްމާލުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސިޓީގައި އެދިފައި ވެއެވެ.
ފަހަކަށް އައިސް އިސްލާމްދީނާއި ހިލާފު އަމަލުތައް ރާއްޖޭގައި ހިންގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ ގިނަ މައްސަލަތަކެއް އާއްމުންގެ އިއްތިހާދުން ފުލުހުންނަށް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް ގިނަ މައްސަލަތަކުގެ ތަހްގީގު ވެސް ކުރިއަކަށް ނުދެއެވެ.
ކޮބާބާ އިޔާޒު މިއީވެސް ޔާމީނު އަޑީގައި ހުރެގެން ކުރާކަމެއް.
ބަލަ އިޔާޒުމެންނަކީ ގައުމުފަސާދަކުރާ ތަންދޮރުނޭގޭއިލްމުވެރިން ބައިއެޅިކޮޅަކައް ސަނާ ހަކުރުދެއްޏާ ބޮޑުބެ ވަކިން ވަކިމީހަކާއަޅާގެން ނެއްޓެންނޭގޭ ނުބައިހަސަދަވެރިކަމަން އުޅޭމީހެއް؟؟
އެތެރެ ކޮށް ވިއްކުން މަނަލީ ފަޓާސް އެކަނިބާ
ސޫފީ ދީން ކިޔާ ދީނެއް އޮވޭތަ؟ އެހެންވިއްޔާ ވައްހާބީ ދީންވެސް ސަލަފީ ދީންވެސް އެބޮތް