އެސްޓީއޯއިން މުވައްޒަފުންނަށް އިމާރަތް ކުރަމުންދާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފައިސާދެއްކުމުގައި ލުއިތަކެއް ދިނުމުގެ ގޮތުން އެ ކުންފުނިން ހައުސިންގ ސްކީމެއް ތައާރަފްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިރޭ އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިހް މުހައްމަދުއެވެ.
މި ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު 4 ފައިނޭންސިންގ އޮޕްޝަނެއް ވަނީ ތައާރަފްކޮށްފައެވެ. މި އޮޕްޝަންތަކާއި ގުޅޭގޮތުން މުވައްޒަފުންނާއި ބައްދަލުކޮށްގެން ވާހަކަދައްކާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް އޮފަރ ކުރާ ހައުސިންގ ސްކީމަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން އޮޮފަރ ނުކުރާވަރުގެ ސްޓާފުންވެސް ބޭނުންވާފަދަ އެފޯޑް ކުރެވޭ ވަރުގެ ހައުސިންގ ސްކީމެއް ކަމަށެވެ.
"އެވްރޭޖްކޮށް ބަލާއިރު، އަޅުގަނޑުމެން 2 ރޫމްގެ އެޕާޓްމެންޓެއްް މި ދެނީ 1.3 މިލިއަންއަށް. މިއީ ރާއްޖޭގެ މާކެޓްގައި މިހާރު ހުރި އަގުތަކާއި އަޅާބަލާއިރު، ވަރަށް އެކަށީގެންވާ އަގެއް.". ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ، މި އެޕާޓްމެންޓްތަކަށް ފައިސާ ދައްކަން ޖެހެނީވެސް ވަރަށް ފަސޭހަގޮތަަކަށް ކަމަށެވެ.
"އެގޮތުން އާއްމުކޮށް ހައުސިންގއަށް މި އޮންނަނީ ބޮޑެތި ލޯންތައް ނަގަމުން. އަޅުގަނޑުމެން ހަމަޖައްސާފައި ވާނީ މިނިމަމް 10 ޕަސެންޓް ބަހާލައިގެން ދެ އަހަރު ތެރޭ ދެއްކޭ ކަހަލަ ސްކީމެއް". ޝަހީރު ވިދާޅުވިއެވެ.
އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރަތް ކުރާ މި ފްލެޓްތައް ހިމެނޭ ދެ ޓަވަރު އަޅަނީ ޓަވަރެއް 15 ބުރިއަށެވެ.
ދެ ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ އެމްސީޖީ ޗައިނާ-މިލީނިއަމް ޑިވްލޮޕްމަންޓް ގްރޫޕުންނެވެ. މި މަސައްކަތައް ފަންޑް ހަމަޖެހި، މިހާރު އެ އިމާރަތް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ވަނީ ގެނެސްފައެވެ.
މި ފްލެޓުތަކުގައި 304 އެޕާޓްމަންޓް ހުންނާނެއެވެ.
1 ރޫމް އެޕާޓްމެންޓުގެ 68 އެޕާޓްމެންޓް(އެއް އެޕާޓްމެންޓްގެ އަގު ގާތްގަނޑަކަށް ނުވަލައްކަ ހަތްދިޔަ ހާސް ރުފިޔާ)
2 ރޫމް އެޕާޓްމެންޓްގެ 36 އެޕާޓްމެންޓް (އެއް އެޕާޓްމެންޓްގެ އަގު 1.3 މިލިއަން ރުފިޔާ)
3 ރޫމް އެޕާޓްމެންޓުގެ 144 އެޕާޓްމެންޓް (އެއް އެޕާޓްމެންޓްގެ އަގު 1.6 މިލިއަން ރުފިޔާ)
3 ރޫމް ޕްރިމިއަމް އެޕާޓްމެންޓުގެ 56 އެޕާޓްމެންޓް (އެއް އެޕާޓްމެންޓްގެ އަގު 1.7 މިލިއަން ރުފިޔާ)
"މި އަގުތަކަށް ބަދަލު އައިކަމުގައި ވީނަމަވެސް %5 އަށްވުރެ ބޮޑު ބަދަލެއް ނާންނާނެ". މި ސްކީމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެސްޓީއޯ ސީނިއާ ޖެނެރަލް މެނޭޖަރ އާޝާން ވިދާޅުވިއެވެ.
އާޝާން ވިދާޅުވީ، އެސްޓީއޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެ ކުންފުނީގައި 3 އަހަރުވެފައިވާ މުވައްޒަފުންނަށް އެއް ކޮޓަރީގެ އެޕާޓްމެންޓްތަކަށް ކުރިމަތިލެވޭނެކަމަށާއި، އެ ކުންފުނީގެ 5 އަހަރު ވެފައިވާ މުވައްޒަފުންނަށް އެހެން ކެޓަގަރީތަކުގެ ކުރިމަތިލެވޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ، މި ސްކީމްތަކަށް ފޯމް ހުށަހެޅުން މާދަމާއިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށެވެ،
ތިޔައީ ތިޔަ ތާނގެ މުވައްޒަފުންގެ ލާރިއެއް ނޫނޭ.ރައްޔިތުންގެ ފައިސާއޭ.. ފުލެޓާ ހަޓާއަޅާ ހިތުހުރިގޮތަކަށް ތިޔަ ދުއްވަނީ..
ޢެއްކޮޓަރީގަ އަޅަނީ ކީއްކުރަން. 3 އަހަރު ވިޔަސް 10 އަހަރުވިޔަސް ދަރިޔެއް ހުރިއްޔާ ހަމަ އެއްކޮޓަރީގަ ދޯ ނިދަންވީ އެކުއްޖާ މީހަކާއިނދެ އޭނަޔަށް ތަނެއް ލިބެންދެން.
ޝުކުރިއްޔާ އެސްޓީއޯ އަދި ރަޢީސް ޔާމީން. ޥަރަށް އުފާވެއްޖެ ސްޓާފެއްގެ ހައިސިއްޔަތުން.
ރައްޔިތުން ފެލާފަ ކިހާތާހިރު ކޮބާ ރިސޯޓު މުވައްޒަފުންނައް އެސްޓީއޯ ހިންގޭބާ ފަތުރުވެރިން ނާންނަނަމަ
2ކޮޓަރި އެޕާރޓެއް 1.3 މިލިއަން ، ބުނެލަން ހާދަފަސޭހައޭ, އުމުރުދުވަހު ކުލީއަޅުންގެ ގޮތުގަ, ޝުކުރިޔާ އެސްޓީއޯ ރ.ޔާމީނު
ޢެސްޓިއޯގަ އުޅެނީ ދިވެހިރައްޔިތުންނެއް ނޫންތޯ
ފުލެޓު ރާއްޖެ
ބޭކާރު 1ކޮޓަރި
ލިބޭނެބާ
ޝުކުރިއްޔާ އެސްޓީއޯ އަދި ރަޢީސް ޔާމީން. ޥަރަށް އުފާވެއްޖެ ސްޓާފެއްގެ ހައިސިއްޔަތުން.
އެސްޓިއޯ ވަރެއް ނެއް
1 އަހަރު ނުވާ މީހުންނަށް ކުރިމަތި ލުމުގެ ހައްގެއްވެސް ނެތްތަ