މިއަދު ރާއްޖެ އިން އިތުރު 127 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 89 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު 12 މީހުން ފައްސިވިއެވެ.

މިއަދު 4110 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %3.09 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 104 މީހުންނެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ރާއްޖޭގައި 1947 ކޮވިޑް ބަލިމީހުން އެބަތިއްބެވެ. އޭގެތެރެއިން 17 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ވެސް ރާއްޖެ އިން މީހަކު ނިޔާވިއެވެ. އެއާއިއެކު ރާއްޖެ އިން ނިޔާވި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު