ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފިއެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލަން ފެށުމަށް ކ. ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އެ ޓާސްކް ފޯސްގެ އެއް ބޭނުމަކީ މަސްތުވާތަކެތީގައި ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުން ކަމަށާއި އަންނަ އަހަރު އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ފެށި އިރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އަދަދު މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރެވެ. މަސްތުވާތަކެތި ބޭނުން ކުރާ ގިނަ ތަންތަން ބަންދު ކުރުމާ އެކު، ގިނަ ޒުވާނުން މަގުމައްޗާއި އެކި ތަންތަނުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން "ބިތް"ޖެހިފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލެއް ވެސް އޮވެއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ޗެއާ ކުރައްވާ އެ ކައުންސިލްގައި ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ކަމާގުޅޭ މުއައްސަސާތަކުގެ ވެރިން ތިއްބަވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުގުރި

    ކިތަންމެ ޓާސްކް ފޯސްއެއް ހެދިޔަސް އިހުލާސްތެރިކަމެއް ނެތިޔާ ކުރާނެ ކަމެއްނެތް. މިހާރު ވެސް މިގައުމުގައި އެބަތިބި ކެރޭ ފުލުހުން އެމީހުންނަށް އެމީހުންގެ ބާރުތައް ދޭންވީނު، ޓާސްކް ފޯސް ޓާސްކް ފޯސް ބަލަގަ އެމީހުން ނަކީ ބޮޑުތި ޓާސްކް ފޯސް ތަކެކެވެ.

  2. ރާސިނު

    ތިކަމެއް ނުވަާނެ!!!!! މިހާރު ރަށްފުށުން މާފަސޭހައިން ލިބޭ.. ވިޔަފާރިކުރާ ފިހާރަތަކުން ތަކެތި ލިބޭހާ ފަސޭހައިން ހާމަކޮށް ލިބޭ.ފުލުހުން މިހާރުވެސް އެބަތިބި.އަޅާވެސް ނުލާ އެމީހުންނަށްވެސް އެނގޭ ވިއްކާ މީހުންނާއި އެއްޗެހި ފޮރުވާފައި ހުންނަ ތަންތަންވެސް ބޯމީހުންވެސް މުޅި މަގުތަކުގައި ފުލުހުންނަށްވުރެ އެމީހުން ޕެޓްރޯލް ކުރާ ގަޑިގިނަ. ކޮންޓްރޯލް އޮތީ ވިއްކާމީހުން އަތުގައި.

  3. ޙަސަނާ

    އަނެއްކާ އަނެއް ކޮމިސަން ބަޔަކައްމުސާރަދޭނެ ކޮންމެސް އުކުޅެއްރާވާލީ ނޫނޭވާ ސޯލިހު ގެ ބޯވަރުގަދަ

    4
    1
  4. ނަން

    ކޮންމެވެސް ބަޔަކަށް ވެފައޮތް ވައުދެއް ފުއްދާލީ. މަރު ތަހުގީގު ކަމިޝަން، ސަރުކާރުން ވައްކަންކުރި މީހުން ހޯދާ ކަމިޝަން. އެކި ނަމުގަ ރައްޔަތުންގެ ލާރި ތަޅާ ހުސްކުރަނީ.

  5. އަލީ ބުނީ

    ހަގީގަތް ބަލައިފިނަމަ ތިޓާސްފޯސް ވާނީ މަސްތުވާތަކެތީގެ ބޮޑުންނައް ހިމާޔަތް ދޭން ހެދިޓާސް ފޯހަކައް.

    • ހަހަހަހާ

      ވަރަށް މަޖާ ކޮމެންޓެއް