"އިންޑިއާ އައުޓް" ޝިއާރާއެކު ނުކުންނަ މީހުންގެ "ކަންފަތް މަތީގައި ޖަހަން ޖެހޭ" ކަމަށް ވިދާޅުވެ ވަކި ޝިއާރެއް ފާޅުކުރާ ރައްޔިތުންނަށް ހަމަލާ ދޭން ހިތްވަރު ލިބޭ ގޮތަށް ރައްޔިތުންެގ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ވާހަކަ ދެއްކެވި މައްސަލާގައި ޖަވާބުދޭން ފުލުހުން ދެކޮޅު ހަދައިފިއެވެ.

ނޫސްވެރިންނަށް ޚާއްސަކޮށް އޮންނަ ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި "ވަގުތު" ހިމެނޭހެން ނޫސްވެރިން ދަނީ މިކަމާ ގުޅިގެން ސުވާލު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ އެއްވެސް ކަމެއް ބަލަމުންދާ ކަމެއް ނުވަތަ މައްސަލައެއް ނެތް ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

އާ އަހަރާ ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް "ވަގުތު" ގެ ފަރާތުން އާންމުންގެ މި ކަންބޮޑުވުން ފާހަގަކޮށް އެ މައްސަލަ ބަލަމުންދޭތޯ މިއަދު ސުވާލު ކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ވަކި އޮޕަރޭޝަނަކާ ގުޅޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ވިދާޅުވެ ފުލުހުން ޖަވާބެއް ނުދެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ނިމުމަމަށް ފަހު، ފުލުހުންގެ މީޑިއާގެ ފަރާތުން ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ އެ ސުވާލު ވަޓްސްއެޕް ގްރޫޕްގައި ކުރަމުންދާ ކަން ވެސް ފާހަގަވެފައިވާ ކަމަށާއި ވަކިން ރަސްމީ ކޮމެންޓެއް އެކަމުގައި ފަހުން ފުލުހުންގެ ފަރާތުން ދެއްވާނެ ކަމަށެވެ.

ފަލާހް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން މާލެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އެމްޑީޕީގެ މާލެ ސިޓީގެ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުއާ ވެސް އެކު، މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ހަރަކާތެއްގެ ތެރޭގައެވެ.

މި ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވި ގޮތަކީ، "އެ ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް، އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ، އެ ކުރަން ޖެހޭ ކަމެއް މިހާރު،" މިހެނެވެ.

މި ވާހަކަތަކާ ގުޅިގެން ފަލާހްއާ ވެސް "ވަގުތު" އިން ސުވާލު ކުރީމެވެ. ފަލާހް ދެން ވަނީ އޭނާގެ ވާހަކަތައް ސާފުކޮށްދެއްވައިފައެވެ. ސުވާލުތައް އަމާޒު ކުރުމުން އޭނާ ވިދާޅުވީ އޭނާ އެ ކަމެއް މާނަކުރީކީ "ޖިސްމާނީ ގޮތުން" މީހެއްގެ "ކަންފަތް މަތީ ޖެހުމަކަށް" ނޫން ކަމަށެވެ. އަދި މީހަކަށް އަނިޔާއެއް ދޭން ހިތްވަރު ދޭން އޭނާ ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ޝިއާރަކީ އިންޑިއާގެ އަސްކަރީ އެހީ ހޯދަން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތެކެވެ. ކެމްޕޭން ފުޅާ ވެގެން އައީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވި ފަހުންނެވެ. އެމަނިކުފާނު ގެންދަވަނީ އެ ޝިއާރުގެ ޓީޝާޓް ތުރު ކުރުއްވައިގެން ރަށްރަށަށް ދަތުރު ވެސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެކަމަކު އިންޑިޔާ އައުޓް ސައިކަލް ބުރުޖަހާ މީހުން ހަމަނުޖެހުން އުފައްދަން އުޅޭކަމަށް ކަހީނުންގެ ފަރާތުން އެމީހުންނަށް ޚަބަރުލިބުނޯ! ހަޤީޤީ ހަމަނުޖެހުން އުފައްދާ މީހުން ނުކެރޭ ހައްޔަރުކުރާކަށް

    19
  2. ހަގީގަތް

    އިދިކޮޅު މީހެއް ނަމަ މިހާރު ހައްޔަރުކޮއް ޖޫރި މަނާ ކުރީސް

    36
  3. ސަމާސާ

    އަހަރެން ވަރަށް ބޭނުން ފަލާހުގެ ކަންފަތްމައްޗަށް 5 އިނގިލި ދޮވެލަން.
    މިބުނީ ފެނުން ދޮންނަވާހަކަ

    10
    • ހުސް ވާ

      ދޮންކަލޯ މާދަމާ ކަންނޭގެ ކަލޯ ބުރިން ހަނދމާނީ މިހާރު ތިކޮމެންޓްކުރިފަރާތް ހޯދަން ފުލުނުންގެ 100 މީހުން ނުނިދާ ތަހުގީގުފަށާނެ އމޑޕ އަށް ނިސްބަތްވާ މީހަކުގެ މައްޗަށް މި ވެރިކަމެއްގަ ގާނުނެއް ނިހިނގާނެ ކޮބާ ރޯޔަލްރޭޕްކިހިނެއްވީ ހެޔޮ ކޮންމެފަދަ ޖަރީމައެއް ހިންގިޔަސް މީ ސަދޫމުގެ ރަސްކަން މިކުރަނީ ކޮބާ ކޮވިޑުގަ ކުރިވައްކަން މަހުލުފަށް ފިޔަވަޅު އަޅަން ކެރުނުތަ ސަރުކާރަށް ބިރުދައްކާލާއިރަށް އޮއްބަލަނީ މަހުލޫފް ބުނީ ސަރުކާރު އޮރިޔާން ކުރަނެ ވަހަކަ ހަމަ ބުނައިރަށް ޕިޖީއަށް ވާގޮތެއްނޭގެ އެކަހަލަގެ ރަސްކަމެއް މިކުރަނީ ވައްކަމާފަސާދަ ހައްދުފަނައަޅާފަ

  4. ޑައެލޯގް

    ތިޔައީވެސް ޔާމީނު ބުނިއެއްޗެއްނަމަ އުންސުރާއި ފަންސުރުހަމަވެ ޔާމީނު ޖަލަށްލާނެއެވެ.