ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހުގެ ނަން އިއްވާ ނެރެން ޖެހުނު ހިސާބަށް ދިޔައީ ސަރުކާރުން ތަންތަން ކުއްޔަށް ހިފުމާ ބެހޭ ގޮތުން ހުށަހެޅި ގަރާރަށް މިއަދު ކުރި ބަހުސްގެ ތެރެއިން އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު ވަނީ ކަމާ ނުގުޅޭ ވާހަކަ ދައްކަވައި ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ފައްޓަވައިފަ އެވެ.

އެގޮތުން އިންތިހާބުން ބަލިވުމުން ދެން މޮޅުވި ފަރާތާއެކު ކުރިއަށް ދާާން ޖެހޭ ކަމަށް ވިދާޅުވެ ދިޔައީ އިންތިހާބުން ބަލިވެ ވަޑައިގަންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރުންނަށް ގަފޫރު ދިޔައީ ބަހުގެ ހަމަލާ ދެއްވަމުން ނެވެ.

އެ ވަގުތު ރައްޔިތުންގެ މަޖިލީހުހެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

ގަފޫރު އެފަދައިން ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެމުން އަފީފް ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަމުންދާ މައުލޫގެ ތެރެއިން ވާހަކަ ދެއްކެވުމަށެެވެ. އަދި އެގޮތަށް ބޭފުޅުންނާ ދިމާކޮށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

އެއާއެކު މަޖިލިސް ހޫނުވެ ފަލާހު ވެސް އަޑު ގަދަކުރައްވަން ފެއްޓެވުމުން ހަސަން އަފީފް ވަނީ ފަލާހު އަޑުމަޑު ކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އަޑުމަޑުނުކުރުމުން ވަނީ ފަލާހުގެ ނަން އިއްވައި އޭނާ މަޖިލީހުން ނެެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާގައި

    ކުރިޔަށް އޮތީ ނަން އިއްވާ ބޭރަށް ލުމުގެ ރޯގާ. މިވެސް ވަކި ސަހަލު ރޯގާއަކަށްނުވެ ދާނެބާ!

  2. Anonymous

    މާކުންބޭގެ ފަލާހު ވަރަށް މޮޅުވާނެ ލޅބަހުން ވާހަކަދައްކަން.

    11
  3. ޑައެލޯގް

    ތިޔަ ފަހާލަކީ އެފްޕީއައިޑީގެ ވަގުފައިސާއިން ކާންދީފަހުރިމީހެކެވެ. އެކަންކުރީ އޭނާގެ ބޭބެ ސަޓޯއެވެ.

  4. ހަސަން

    ފަލާހު މެނަށް މަޖްލިހަކަށް ދެނެއްނުހޮވޭނެ ނަޝީދު އާއި ދެކޮޅު ވެގެނެއް.