ދޮގު މައުލޫމާތު ފަތުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.

ފަލާހް އެގޮތަށް ވިދާޅުވެފައި މިވަނީ މިހާރު ދައުރު ކުރަމުން އަންނަ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި ފަލާހް ބަރަހަނާވެގެން ފިރިހެނެއްގެ ގައިގައި ތެޔޮ ދަމާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާތީއެވެ. އެ ހަބަރު ގެނެސްދިން މީޑިއާގެ ތެރޭގައި އޮންލައިން ނޫސް "ދުވަސް" ހިމެނެއެވެ.

ފަލާހް "ވަގުތަށް" މިއަދު ވިދާޅުވީ "ދުވަސް" ނޫހުން ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ އެ ނޫހާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ނޫހާ ދެކޮޅަށް ދައުވާ ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މީހެއްގެ ދޮގު ފޮޓޯއެއް އާންމު ކުރީމަ މީހުންނަށް ވާނެ ގޮތް ނޫސްވެރިން ވެސް ވިސްނާލަން ވާނެ." ފަލާހް ވިދާޅުވިއެވެ.

ފަލާހް ދަންނަ ބައެއް މީހުން ބުނި ގޮތުގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ފަލާހެއް ނޫނެވެ. އަދި އެ ވީޑިއޯގައި ފެންނަނީ ފަލާހްއާ ވައްތަރު މީހެއް ވެސް ނޫން ކަމަށް އެމީހުން ބުނެފައިވެއެވެ.

"އެއްވެސް ވަރަކަށް ގަބޫލު ނުކުރެވޭ ފަލާހް އެގޮތަށް އުޅެފާނެ ކަމަކަށް. ފަލާހްއަކީ ފަސް ވަގުތު ނަމާދު ކުރާ އާއިލާއާ އެކުގައި ވަގުތު ހޭދަކުރާ މީހެއް،" ފަލާހްގެ ގާތް މީހަކު ބުންޏެވެ.

މިހާރު ދައުރު ކުރަމުން އަންނަ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ފެންނަ ކަމަށް ބުނެ އަޑު ފެތުރެން ފެށުމާ ގުޅިގެން ސަލީމް ވެސް ވަނީ އެކަމަށް ރައްދު ދެއްވައިފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް ފޮނުއްވި ސިޓީއެއްގައި ސަލީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަން ކަނޑައަޅާފައިވާ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއާ ގުޅިގެން ނާޒިމް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން ނާޒިމް ބުނެފައިވާ ގޮތުގައި އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަނީ އޭނާއެއް ނޫނެވެ.

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއަން ޝަހީމް (އަނދުން ހުސެއިން) އިތުރު މީހަކާއި އަންހެނަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ފޮޓޯ އެއްވެސް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ މައްސަލައިގައި އަނދުން ހުސެއިން ވަކި އެއްޗެއް އަދި ވިދާޅެއް ނުވެއެވެ.

ފުލުހުން ވަނީ ނާޒިމް އާއި އަނދުން ހުސެއިންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒުވާރި ޒަރީރު

    ޖަރީމާ ހިންގާފަ އެންމެން ވެސް "މިކޔަނީ މަށެއް" ނޫން ލަވަ،

    30
    • ބަކުރު

      އާނ، ނަންވާނީ ޔާމީނު، އޭނަވެސް ރައްޔިތުންގެ ތިޖޫރި ދޮވެލާފަ ބުނީ ދެނަވެސްހުރި ކަމެއް ނޫނޯ. އެގޮތަަށް މިމީހުންވެސް…..

  2. ލިޖި

    ފަލާހު ކޮންއިރަކުބާ ހުދު ފޮތިކޮޅަކައްވީ ރައްޔިތުންގެ މަޖިލީހުގާ ހުރި ދުވަސްތައް ހަދާން ނެތުނީތޯ ކޮބާތޯ ކަރަޕްސަން ފައިސާ

    29
    5
  3. ޕޮގުބާ

    ފައިސާ ހުންނާނެ ގޭގަ ބަލާ އާދޭ

    7
    1
  4. މުހައްމަދު

    ޕޮޓޯ ތަކާއި ވީޑިއޯތަތް ލީކް ކުރާމީހުންނަ ރުފިޔާގަނޑެއްދީ އެކަން ހުޓުވީ ނޫންބާ.. މާކެރިގެން ތިމަނައެްނޫނޭ އެބުނަނީ..

    9
    1
  5. ލަބަރި

    މިރާއްޖޭގަ މުޅިންވެސް މިފެންނަނީ ހުސް ސައްކުކުރެވޭ މީހުންނާ އެއްޗެހި އަދި އެއްފަހަރުވެސް ޔަގީންވާ އެއްޗެއް ނުފެނޭ.

    12
  6. ކެހުރި

    ހުދުޖަނގިޔާ ކިޔާފަ މީހަކަށް ނުކުރާވަރެއްނެތް. އެމްޑީޕީ މީހަކު ލިވާތުކުރިޔަސް އޭނާ ހުންނާނީ ޤާނޫނުން މަތީގަ. ގްރޫޕް ސެކްސްހެދިޔަސްއޯކޭ. ކިހިނެއްމިވަނީ. ޢިއްޒަތެއް އޮންނަނީ ކެނެރީގޭގަ އެކަނިތަ.