ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ބައްދަލުކުރެއްވިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު އެއްބަސްވެއްޖެއެވެ.

މެންބަރު ފަލާހްގެ ދަރިފުޅު އަހްމަދު ތޮއިބާން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ނަމަވެސް އޭނާގެ ބަންދަށް އެންމެ ތިން ދުވަސް ޖެހުމާއި، އަދި ތިން ދުވަހަށް ފަހު ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލުމުން ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޕީޖީ ޝަމީމް، ފަލާހް އާއި ބައްދަލުކުރިކަމަށް އެއްބަސްވި ނަމަވެސް އެބައްދަލުވުމާއި ގުޅޭ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހް އާއި ބައްދަލު ކުރިންތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ފަލާހް އާއި ބައްދަލު ކުރިން ކަމަށާއި އެކަން ކުރީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.

ޝަމީމް ވިދާޅުވީ އެއްވެސް ފަރާތަކުން އޭނާ އާއި ބައްދަލު ކުރަން ބޭނުންވެއްޖެނަމަ އެކަމަށް ހާއްސަކޮށްފައި އޮންނަ ފޯމް ހުށަހެޅުމުން ބައްދަލު ކުރައްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އެ ފޯމުގައި ލިޔެފައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މީހަކާއި ބައްދަލުކުރި ނަމަވެސް އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ދައުވާ ކުރަން ނިންމިއަސް، އަދި ނުކުރަން ނިންމިއަސް އެކަން ލިޔުމުން ފެންނަން އޮންނާނެ ކަމަށެވެ.

ފަލާހްގެ ދަރިފުޅު ތޮއިބާން މިދިޔަ އަހަރު ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރިއެވެ. އެފަހަރު އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ވެސް ނުހައެވެ. އެފަހަރު ތޮއިބާން ދޫކޮށްލީ ވެސް ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަޙުމަދު

    ތިމަންނާއަށް ނުފޫޒު ފޯރުވި ވާހަކަ ފޯމުގައި ނުލިޔުނަސް މައްސަލަ ތަކުގެ އާއްމު އުސޫލުން ކަމެއް ހިނގައި ފިނަމަ އެކަން އެ އޮތީ ޔަޤީން ވެފައި. އެއް މައްސަލަ އެއްގައި އެކައްޗެއް ޕޮޒިޓިވް އެކަމަކު އެކަކު 15 ދުވަހަށް އަނެކަކަށް 3 ދުވަސް 4 ވަނަ ދުވަހު މިނިވަން ކަންމަތީ ގޭގައި މިކަމަށް ކިޔާނެ އިތުރު ނަމެއް ނޭގޭ، ނުފޫޒު ފޯރެވުނު ކަމަށް ގަބޫލު ކުރާނީ ކިހާވަރެއްވިމާތޯ ސާފުވާންޖެހޭ ނޫންތޯއެވެ.

    49
    • ފީޖީ

      މަ ނުފޯޒު ފޯރުވިއްޔާ ގިޔާމަތްދުވަހުން އެނގޭނެ.

      24
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      ރައްޔަތުން ނިކުމެ އެސޮރު ހަވަރަށް ދެމާ ބަހީ!

  2. ސަލާމް

    އަމިއްލަ ދަރިން ނުބެލެހެއްޓި ޕާޓޭވާން ދުކޮށްލާފައި ތިބޭފެންވަރު މީހުން މަޖިލިހުގައި ކިހިނެއް ރައްޔިތުންނަށްޓަކައި ވަކާލާތުކުރާނީ.

    67
  3. ހުސޭނުބޭ

    އުންސަރުތައް ހަމަކުރަން ބައްދަލުކުރީ. ޕީޖީއަކީވެސް ހަމަ ފައްކާ ވަގެއް.

    49
  4. ނަނަނަ

    ބުލްޝިޓް.. ދެޓް އިޒް ޖުޑިޝަލް ރޭޕް..

    42
  5. ޖަވާދު

    ޝަމީމް ދައްކާ ވާހަކަ ދިމައެއް ނުވޭ! އެއީ ތިިޔަ ބައްދަލު ކުރާފޯމް ފުރައިގެން ބައްދަލުވާން އެތައް ދުވަހެއް ނަގާ! އެކަމު މިދިޔަ 3 ދުވަސް ތެރޭގައި ތިޔަބައްދަލުވުމެއް ބޭއްވިއްޖެ! އެވެސް ވީކް އެންޑްގައި! އެހެންވީމާ ތިޔަގޮތަށް ބަންދު ދުވަހު އޮފީސް ހުޅުވައިގެން ޢާއްމު މީހާއަށް ބައްދަލު ކުރެވޭގޮތެއް އޮވޭތަ؟ އަދި ޢާއްމު މީހާގެ ދަރި ބަންދު ކުރާއިރު އެދުވަހު ފޯމް ލައިގެން 3 ދުވަސްތެރޭގައި ބައްދަލުވާނެތަ؟ އެހެނެއްނުވާކަން އެންމެނަށްވެސް އެގޭ! އެހެންވިމާ ފުރަތަމަ ބައްދަލުވުމަށްވެސް އެއޮތީ ނުފޫޒު ފޯރާފަ! ދެން ކޮންދިވެއްސެއްބާ ޤަބޫލުކުރާނީ ތިޔަ މައްސަލައަށް ނުފޫޒު ނުފޯރާކަން!

    55
    1
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މާރިޔާ ގެ ފަހަރިދަރި-ފުޅު ސަލާމަތް ކުރަން އިބޫ އަންގައިގެން ތިޔަ ބައްދަލު ކުރަނީ. ފަލާޙް ގެ ދަރިއަކީ މާރިޔާ ގެ ދޮށީދަރިފުޅު ގެ ދެބެންގެ ދެދަރި ކޮއްކޮ. އިބޫ އާއި މާރިޔާ އާއި ފަލާޙް އަކީ އެއްގަލުން ފެހިކާ މަސްމަސް. ޤައުމެއް ނެތް ދަރިފުޅާ!

    32
  7. އަހްމަދު

    ތިޔައީ ޣައިބު އެނގޭ ފޯމެއްތާ؟ ފޯމުލަނީ ބައްދަލުވުމުގެ ކުރިން . އެކަމަކު އެބައްދަލުވުމުގައި ދައްކާ ހުރިހާ ވާހަކައެއް ފޯމުގައި އޮންނާނެޔޯ. ފައްކާ. މީ އެއްކަލަ އަދީބަށް 500 އަހަރުގެ ހުކުމް އަންނާނޭ ބުނިމީހާދޯ؟

    33
  8. ޢ

    މިއައްކިޔާނީ ދިއާސީ މީހުން ގުޅިގރން ޖުޑިސަރީ ރޭޕްކުރުން

    27
  9. އަހްމަދު

    ހަމަޔަޤީން ނުފޫޒު ފޯރުވާފައި ތިއޮތީ! ވަގަކު ދަުވަހަކުވެސް ބުނިތަ ވައްކަންކޮށްވީމޭ އަތް ބުރިކޮށްދޭށޭ!

    28
    2
  10. ޢަޒީމާ

    ޝަމީމްއަކީ ނުފޫޒުގެ މުށު ތެރޭގައި ބަދެވިފައިވާ މީހެއް، އެކަން ސާބިތު ކުރަން މި ޕޮއިންޓް ފުދޭނެ. ޤައުުގައި ޖިނާޢީ ކުށެއް ހިގައިފިނަމަ އެކަން ތަޙްޤީޤް ކުރުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޝަމީމްއަށް ލިބިގެންވޭ! އަނދުން ޙުސައިން ކިޔާ މީހަކު ގްރޫޕްސެކްސް ހެދި ފޮޓޯތައް ލީކުވެ އެނުބައި ޢަމަލު އަދި އަދަށްވެސް ތަޙްޤީގް ކުރަން ފުލުހުންނަށް ޝަމީމް ނާންގަ، އެއީ ނުފޫޒުގެ ދަށުގައި ހުރީމަ. ފުލުހުންވެސް މިމައްސަލަ ނުބަލަ. އެއީ ފުލހުންވެސް ނުފޫޒުގަ ދަށުވެފަ ހުރީމަ. ރައީސްމީހާވެސް މިހުސައިން ގޮވައިގެން ކެމްޕޭންގަ، ރައީސްމީހާވެސް ނުފޫޒުދަށުވެފަ،

    28
  11. ބަފާކަލޭގެ2

    މިމީހާގެ ވާހަކަ ޤަބޫލުކުރާނީ ކާކުތަ

    20
  12. ރަބަރޭ

    ތިޔައޮތީ ފީޖީ ސަމީމު ފަލާހު އަތުން ރިސްވަތު ނަގާފައި ފަލާހުގެ ފަތްބޯދަރި ސަލާމަތް ކުރަން

    11
  13. Anonymous

    ޝަމީމަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތީމަ މިނިވަންކަމާއެކު ފަލާހު އާއި ބައްދަލުކުރުމަށްފަހު ފުލުހުންނަށް އެންގީ ފަލާހުގެ ދަރިފުޅު ބަންދުގައި ބަހައްޓާނެ ކަމެއް ނެތޭ ދޫކޮށްލާފަ ތަހުގީގު ނިންމާފަ ފޮނުވާށޭ. އަދި ފަލާހުއަށް އެންގީ ދަރިފުޅު ދޫކޮށް ލުމުން ގައުމުން ފޮނުވާލާށޭ އޭރުން ތިމައްސަލަ ޕީޖީއަށް ފޮނުވީމަ ތިމަންނަ ނިންމާނަމޭ އޭނާ ގައުމުގައި ނެތީމަ ދައުވާ ކުރެވެން ނެތްކަމަށް.
    މައްސަލަ ނިމުނީ.

  14. ރާއްޖެތެރެ

    އެމްޑީޕީ ވެރިކަމައް އަރާފަ ރާއްޖެ ފުންޑާލަނީ

  15. Anonymous

    ވިކިފަ ތިބެނީ.

  16. ވދފވރ

    މިމީހުން ގޭންގު މީހުނާ ބައްދަކުކުރާ ވާހަކަ ވެސް ޖެހޭ ދައްކާލަން

  17. ރަން ރީނދޫ

    ކޮބާ އިންސާފުގެ ދަތުރު ގޮސް މި ނިމުނީ ސަދޫމް އިންސާފަށް ވުރެވެސް ނުބައިކޮއް. އިންތިޚާބަށް ކުރިމަތިލުމުގެ ބޭނުމެއް ނެތް ޗޯރުން ގެ ސަރުދާރު ޗޯރު އިބްރާހިމް.